ކޮވިޑް-19 އާ ގުޅިގެން ދޮގު ހަބަރު ފަތުރާ ފަރާތްތަކާމެދު ގާނޫނީ ފިޔަވަޅުތައް އަޅުއްވަމުން ގެންދަވާނެ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.
ހަމީދު ވިދާޅުވީ އާންމުންގެ މެދުގައި ބިރުވެރިކަމާއި ޕެނިކް އުފެދޭ ގޮތަށް ރާއްޖޭގައި ކޮވިޑް-19 އާ ގުޅުވައި ދޮގު ވާހަކަ ފަތުރަމުންދާ ވަކިވަކި މީހުންނާ މެދު ފުލުހުން ގާނޫނީ ފިޔަވަޅުތައް އަޅުއްވަމުން ގެންދަވާނެ ކަމަށެވެ. އަދި އާންމުންގެ ތެރޭގައާއި ސޯޝަލް މީޑިއާގައި އެއްވެސް މީހަކަށް ފުރައްސާކޮށް ނުވަތަ މީހަކާ ގުޅޭ ގޮތުން ދޮގު ތުހުމަތުތަކާއި މައުލޫމާތުތައް ފަތުރާ މީހުންނާ މެދު ވެސް ގާނޫނީ ފިޔަވަޅުތައް ފުލުހުން އަޅާނެ ކަމަށް ސީޕީ ހަމީދު ވިދާޅުވިއެވެ.
ސީޕީ ހަމީދު ވަނީ، މި ފަދަ ދަނޑިވަޅެއްގައި އެއްވެސް ރައްޔިތަކު ބިރުވެރިކަމާއި ހާސްކަން އުފެދޭ ފަދަ ދޮގު ވާހަކަ ދެއްކުމާއި އެފަދަ އަމަލުތައް ނުހިންގުމަށް އިލްތިމާސް ކުރައްވާފައެވެ
ރާއްޖޭން މިއަދު އެކަނިވެސް ވަނީ ކޮވިޑް-19 އަށް 15 މީހަކު ވަނީ ޕޮޒިޓިވް ވެފައެވެ. މިހާރު މާލެއިން މި ބައްޔަށް ޕޮޒިޓިވްވެފައިވާ މީހުންގެ އަދަދު ވަނީ ޖުމްލަ 47 އަކަށް އަރާފައެވެ.
ޕޮޒިޓިވްވި މީހުންގެ ވަނަވަރާއި ފޮޓޯ ސޯޝަލް މިޑިއާގައި ބައެއް ފަރާތްތަކުން އާންމު ކުރަމުން ދާތީ އެކަމާ ގުޅިގެން ގިނަ ބަޔަކު އަންނަނީ ޝަކުވާ ކުރަމުންނެވެ. ހަމައެއާއެކު އެޗްޕީއޭއަށް މައުލޫމާތު ނުދީ އެއްބާރުލުން ނުދޭ މީހަކު އުޅޭ ކަމަށް ނޫސްވެރިންގެ ބައްދަލުވުމެއްގައި އެޗްޕީއޭގެ ފަރާތުން ބުނުމާއެކު އެއީ ކާކުކަން ދެނެގަންނަން ހަގީގަތާ ހިލާފު ވާހަތައްވެސް ސޯޝަލް މިޑިއާގައި ބައެއް ފަރާތްތަކުން ވަނީ އާންމު ކޮށްފައެވެ. ނަމަވެސް ފަހުން މައުލޫމާތު ނުދޭން ބުނި ފަރާތްތ ވަނީ އެޗްޕީއޭއަށް އެއަބާރުލުން ދީފައި ކަމަށް ޜޭގައި ބޭއްވި ނޫށްވެރިންގެ ބައްދަލުވުމުގައި ބުނެފައި ވެއެވެ.
މީޙުންގެ ވަނަވަރު ހާމަކުރަމުންދާތީ މީގެ ކުރިންވެސް ކަމާ ބެހޭ ފަރާތްތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.