ހުކުމް ތަންފީޒު ކުރަމުން ގެންދިޔަ 105 ގައިދީއެއްގެ އަދަބު ލުއި ކޮށްދެއްވައިފިއެވެ.

105 ގައިދީންގެ ހުކުމް ތަންފީޒު ކުރަމުން ގެންދިޔަ ގައިދީންތަކެއްގެ އަދަބު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ލުއި ކޮށްދެއްވާފައި ވަނީ، އެ ފަރާތްތަކުގެ ސިއްހީ ރައްކާތެރިކަމަށްޓަައެވެ.

އެ މީހުންގެ އަދަބު ލުއިކޮށް ދިނުމުގައި ބަލާފައިވަނީ ގާނޫނުގައި ބަޔާންކޮށްފައިވާ ހަމަތަކަށާއި، ހުކުމް ތަންފީޒުކުރަމުންދާ މީހުން ރިހިބިލިޓޭޓްކޮށް އަލުން މުޖްތަމައުއަށް ނެރުމަށް ކަރެކްޝަންގެ ފަރާތުން ހިންގާ ޕްރަގްރާމްތަކުގައި ބައިވެރިވެ އެ ޕްރަގްރާމްތަަކުން ނެރެފައިވާ ނަތީޖާއަށާއި ސިއްހީ ކުއްލި ނުރައްކަލުގެ މި ހާލަތުގައި، އަދަބު ލުއިކޮށްދެވުނު މީހުން ދިރިއުޅެން ހުރި ތަންތަނުގެ ހާލަތަށާއި، އެމީހުންގެ ފަރާތުން މުޖްތަމައުއަށް ނުރައްކާ އޮތް މިންވަރަށާއި އަދި އެ އެ ފަރާތްތަކުން ކޮށްފައިވާ ކުށުގެ ބާވަތަށް ކަމަށް ހޯމް މިނިސްޓްރީން ބުނެއެވެ.

ހޯމް މިނިސްޓްރީން ބުނީ ގައިދީންނާއި ބަންދު މީހުން ހިމެނޭހެން، ޖަލުތަކާއި ގުޅުންހުރި އެންމެހާ ފަރާތްތަކުގެ ސިއްހީ ރައްކާތެރިކަމަށްޓަކައި ޖަލުތަކުގެ އާބާދީ މަދުކޮށް ތޮއްޖެހުުން ކުޑަކުރުމަކީ ކޮންމެެހެން މުހިންމު ކަމެއް ކަމަށް ކަމާގުޅުންހުރި ފަންނީ މާހިރުން ލަފާ ދެމުން އަންނަ ކަމަށެވެ.