ގައުމާ މުހާތަބް ކުރައްވާ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ކީރިތި ކުރައްވައިފިއެވެ.
މިއަދު ގައުމާ މުހާތަބް ކުރައްވައި ރައީސް ދެއްކެވި ވާހަކަފުޅުގައި މިފަދަ ދަނޑިވަޅެއްގައި އެކަކު އަނެކަކަށް އޯގާތެރުވުމާއި، އެކަވެރިކަމާއެކު މުއާމަލަތް ކުރުމަށާއި، ކެތްތެރިކަން އިސްކުރައްވައި އިސްލާމްދީނުގެ މަތިވެރި އުސޫލުތަކުގެ ތެރެއިން އެކަކު އަނެކަކަށް އެހީތެރިވުމަށް ވަނީ ގޮވަލއްވާފައެވެ. އެމަނިކުފާނު ވާހަހަފުޅު ދައްކަވަމުން ރައީސް ކީރިތި ކުރައްވާފައި ވަނީ މިހާތަނަށް އެއްވެސް ބޭހެއް އަދި ވެކްސިނެއް މި ބައްޔަށް ހޯދިފައި ނެތް ވާހަކަ ދައްކަވަމުންނެވެ.
"މިހާތަނަށް އެއްވެސް ބޭހެއް އަދި ވެކްސިނެއް މި ބައްޔަށް ހޯދިފައި ނެތް މި ބަލިން ރައްކާތެރިވުމަށް އެޅެން އޮތް އެންމެ މުހިއްމު ފިޔަވަޅަކީ ބޭރުތެރެއަށް ނުނިކުންނަވާ ގޭގައި މަޑުކުރެއްވުން ކަމަށެވެ." މި ވާހަކަފުޅު ރައީސް ދެއްކެ ވިއިރު ރައީސް ވަނީ ކީރިތި ކުރައްވާފައެވެ.
ސިއްހީ ހިދުމަތްތެރިން ދެއްވާ ލަފަޔާއި އިރުޝާދާއި އެއްގޮތައް އަމަލު ކުރުމަށާއި، ސާފު ތާހިރުކަމުގެ މިންގަނޑުތަކާ އެއްގޮތަށް އަމަލު ކުރުމަށް ރައީސް އިރުޝާދު ދެއްވިއެވެ. އަދި މި ބަލިން ރައްޔިތުން ރައްކާތެރި ކުރުމުގައި އެއްވެސް ވަރުބަލިކަމެއް ނެތި އެންމެ ފުރަތަމަ ދުވަހުން ފެށިގެން ކުރީ ސަފުގައި މަސައްކަތް ކުރަމުން ގެންދާ ހުރިހާ ސިއްހީ ހިދުމަތްތެރިންނަށާއި، ހުރިހާ ފަރާތްތަކަށް ރައީސް ވަނީ ޝުކުރު އަދާކުރައްވާފައެވެ.
އެމަނިކުފާނު ވިދާޅުވީ ދުއާއަކީ މި ބަލިން މުޅި ރާއްޖެ ސަލާމަތް ކުރައްވާ އާންމު ދިރިއުޅުމުގެ ހާލަތަށް ދެވޭނެ އަވަސް މަގެއް މިންވަރު ކުރެއްވުން ކަމަށެވެ. އެގޮތުން ރައީސް ވަނީ މުޅި މުޖުތަމައުގެ ރައްކާތެރި ކަމަށް އެންމެން އެކުގައި މަސައްކަތް ކުރުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށާއި، ކެތްތެރިކަމާއި ހިކުމަތް ތެރިކަމާއެކުގައި މަސައްކަތް ކުރުމުން މިކަމުން އަރައިގަނެވޭނެ ކަމަށް ވިދާޅުވެފައެވެ.
އިބޫ އަކީ ރަނގަޅު މީހެއް. ނަޝީދު މީ ބަލާއެއް