އިންޑިއާގައިތިބި 144 އާއިލާ އަކަށް ކެއާ ޕެކޭޖު ފޮނުވުމަށް ހަވާލުކޮށްފިއެވެ.

ފޮރިން މިނިސްޓްރީން ބުނީ އިންޑިއާގެ ޓްރިވެންޑްރަމާއި ކޮޗިންގައި ދިރިއުޅޭ ދިވެހިންނަށް ކެއާ ޕެކޭޖު ފޮނުވުމަށް ހުޅުވާލި ފުރުސަތުގައި 154 ފޯމެއް އެޕްރޫވް ކުރެވިފައިވާ ކަމަށާއި 144 އާއިލާ އަކަށް ފޮނުވުމަށް ކެއާ ޕެކޭޖު ހަވާލުކުރެވިފައިވާ ކަމަށެވެ.

ކެއާ ޕެކޭޖުގެ ގޮތުގައި ކޮންމެ އާއިލާ އަކަށްވެސް ފޮނުވޭނީ 15 ކިލޯއެވެ.

ކެއާޕެކޭޖުގެ ގޮތުގައި ފޮނުވެނީ ޓްރިވެންޑްރަމްއާއި ކޮޗިންގައި ލިބެން ނެތް ބޭހެއް ނުވަތަ އެހެނިހެން ޒަރޫރީ ކަމެއްގައި ފޮނުވާ ތަކެއްޗެވެ.

އިންޑިއާ އަށް ފޮނުވާ ކެއާޕެކޭޖުތައް އެއާޕޯޓަށް ގެންގޮސް ހަވާލުކުރަނީ / ފޮޓޯ: ފޮރިން މިނިސްޓްރީ

ކާގޯގެ ގޮތުގައި ފޮނުވާނެ ތަކެތީގެ ތެރޭގައި ހިމެނެނީ:

  • ޑަކްޓަރީ ބޭސް (ޑޮކްޓަަރުގެ ބޭސްސިޓީ އޮންނަންވާނެ)
  • މަސްދަޅު ކޭސްނޫޑްލްސް ކޭސްރިހާކުރު (ހަމައެކަނި މިފްކޯ ނުވަތަ އެންޒީ އޮރިޖިނަލް ޕެކިންގައި ހުންނަ ފުޅި)
  • މަސްޕެކެޓް/ފަތް ޕެކެޓް/ފިހާރަތަކުން ވިއްކާ ޕެކްކޮށްފައި ހުންނަ
  • ކާބޯތަކެތި

އިންޑިއާ އަށް ފޮނުވާ ކެއާ ޕެކެޖްތައް އިންޑިއާއަށް ގެންދާ ގޮތަށް ހަމަޖެހިފައިވަނީ މާދަމާ ޓްރިވެންޑްރަމްއަށްދާ މޯލްޑިވިއަންގެ ކާގޯ ފްލައިޓްގައި ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.

ކޮވިޑް-19އާ ގުޅިގެން ޓްރިވެންޑްރަމްއާއި ކޮޗިންގައި ދިރިއުޅޭ ދިވެހިންގެ ގިނަ އަދަދެއްގެ ބަޔަކަށް ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ބައެއް ތަކެތި ހޯދުމަށް ދަތިތަކެއް ވަނީ ކުރިމަތިވެފައެވެ. އެފަދަ ފަރާތްތަކަށް ސަރުކާރުން އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން މާދަމަ ޓްރިވިންޑްރަމް އަށް ބާއްވާ ފްލައިޓުގައި ކެއާ ޕެކޭޖު ފޮނުމުގެ ފުރުސަތު ހުޅުވާލައިފައި ވަނީ އިއްޔެއެވެ.