ސިފައިންގެ ތަމްރީންތަކެއްގައި ހުޅުލޭ އިރުން 07 މޭލު ބޭރުގައި މިއަދުން ފެށިގެން 4 ދުވަހަށް ބަޑިޖަހާނެ ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ބުނީ، މިއަދުން ފެށިގެން ހަތަރު ދުވަހުގެ މުއްދަށް އެމްއެންޑީއެފުން ބާއްވާ ހާއްސަ އަސްކަރީ ތަމްރީނުތަކެއް ކުރިއަށް ދާނެކަމަށެވެ. މިއަދުން ފެށިގެން އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ހިންގަން ހަމަޖެހިފައިވާ އެ ތަމްރީން ކުރިއަށް ދާނީ ކޮންމެ ދުވަހެއްގެ ހެނދުނު 6:00 އިން އިރުއޮއްސި 6:00 އަށް، ހުޅުލޭގެ އިރުމަތީ ފަރާތުން 07 ނޯޓިކަލް މޭލު ބޭރުގައި ގައި ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

މި ތަމްރީނުތަކުގައި ވައިގެ ސަރަހައްދު ބޭނުންކޮށްގެން ބަޑިޖެހުމަށް ހަމަޖެހިފައިވާ ކަމަށް އެމްޑީއެފުން ބުނެއެވެ. އެގޮތުން ބޭނުންކުރާ ހަތިޔާރަކީ މެޝިން ގަން ކަމަށާއި، ވައިގެ ސަރަހައްދު ބޭނުންކުރާނެ އެންމެ ދުރުމިނަކީ 5000 މީޓަރު ކަމަށް އެމްއެންޑީޢެފުން ބުނެއެވެ. އަދި ވައިގެ ސަރަހައްދު ބޭނުންކުރާނެ އެންމެ އުސްމިނަކީ 100 މީޓަރު ކަމަށާއި ވައިގެ ސަރަހައްދު ބޭނުންކުރާނެ އެންމެ ތިރިމިނަކީ ސީ-ލެވެލް ކަމަށް އެފަރާތުން ބުނެއެވެ.

ސިފައިންގެ އަސަކަރީ ތަމްރީން ހިންގުމުގެ ގޮތުން މިފަދަ އެކިކަހަލަ ތަމްރީން ޕްރޮގްރާމްތައް އަންނަނީ ހިންގަމުންނެވެ. އެގޮތުން މިދިޔަ ޑިސެންބަރު މަހުގެ 4 ވަނަ ދުވަހު ހަވީރު 4:00 އިން 5:00 އަށް ކަޅުތުއްކަލާ ކޮށީގައި ބަޑިޖެހުމުގެ ހަރަކާތްތަކެއް ވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ.