މިއަދު ކާފިއު ހިންގި 3 ގަޑިއިރު ތެރޭގައި 141 ފަރާތަކަށް ފުލުހުން ނަސޭހަތް ދީފައިވާ ކަމަށް ބުނެފިއެވެ.

ފުލުހުން ބުނީ، މިއަދު ކާފިއު ހިންގި ވަގުތުގައި ފުރަތަމަ ފަހަަރަށް ނަސޭހަތް ދެވިފައިވަނީ 141 ފަރާތަކަށް ކަމަށާއި، އަދި ދެވަނަ ފަހަރަށް ނަސޭހަތް ދެވިފައި ވާ 9 ފަރާތެއް ހިމެނޭ ކަމަށެވެ. ފުރަތަމަ ނަސޭހަތް ދެވުނު 141 މީހުންގެ ތެރޭގައި ހިމެނެނީ 119 ދިވެހިންނާއި 22 ބިދޭސީން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

ދެވަނަ ފަހަރަށް އަދި ތިންވަނަ ފަހަަރަށް ދޭ ނަސޭހަތާއި އިންޒާރު ގުނަނީ މި މަހުގެ ދެވަނަ ދުވަހުން ފެށިގެން ފުލުހުން ރިކޯޑްކޮށްފަިއވާ މައުލޫމާތަށް ބަލާފައި ކަމަށް އެފަރާތުން ބުނެއެވެ.

މިއަދު 141 ފަރާތަކަށް ފުލުހުން ނަސޭހަތް ދީފައިވާއިރު، އަދި އެއްވެސް ފަރާތެއް ޖޫރިމަނާ ކޮށްފައެއް ނުވެއެވެ.

މިއަދަކީ ކަފިއު ހިންގި ތިންވަނަ ދުވަހެވެ. ފުރަތަމަ ދުވަހު 95 މީހަކަށް ނަސޭހަތްދީފައި ވާއިރު، ދެވަނަ ދުވަހު 284 މީހަކަށް ވަނީ ނަސޭހަތް ދީފައެވެ. އެހެންކަމުން މިއަދާ ހަަމައަށް ޖުމްލަ 520 މީހަކަށް މި ވަނީ ނަސޭހަތްދެވިފައެވެ.