13 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މީހަކު މިއަދު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ، ނޯތް ސެންޓްރަލް ޕޮލިސް ޑިވިޝަން (ކ، އއ، އދ، ވ. އަތޮޅު ހިމެނޭ ޑިވިޝަން) ގެ ރަށެއްގައި 13 އަހަރުގެ އަނަހެން ކުއްޖަކަށް ޖންސީ ގޯނާ ކުރި މައްސަލައެއް މި މމިއަދު ހުށަހެޅިފައިވާ ކަމަށެވެ. އަދި މި މައްސަލާގައި 21 އަހަރުގެ ފިރިހެނަކު ހައްޔަރު ކުރެވިފައިވާ ކަމަސް ފުލުހުން މައުލޫމާތު ދެއެވެ.

ކުޑަކުދިންނަށް ކުރާ އަނިޔާއަކީ ފުލުހުން ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުންދާ މައްސަލައެއް ކަމަށާއި ވިކްޓިމް އައިޑެންޓިޓީ ރައްކާތެރި ކުރުރމުގެ ގޮތުން ކުއްޖާގެ އަތޮޅާއި ރަށް ހާމަ ނުކުރާނެ ކަމަށް ފުލުހުން ބުނެއެވެ.

މިގެ އިތުރުން މިދިޔަ މަހުގެ 24 ވަނަ ދުވަހު ހަވީރުގެ ވަގުތެއްގައި ނޯތު ސެންޓަރަލް ޕޮލިސް ޑިވިޝަން (ކ، އއ، އދ އަދި ވ. އަތޮޅު ހިމެނޭ ޑިވިޝަން) އަށް ނިސްބަތްވާ ރަށެއްގައި އުމުރުން 2 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ވެސް ފުލުހުންނަށް ހުށަހަޅާފައި ވެއެވެ.