ރާއްޖޭގައި ތައުލީމު ދޭ އެންމެހައި ތަންތަނުގައި ކިޔަވައިދިނުން ވަގުތީގޮތުން މެދުކަނޑައިލުމަށް އަންގާފައިވާ އެންގުމުގެ މުއްދަތު އިތުރުކޮށްފިއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ، މާދަމާއިން ފެށިގެން އެެއް ހަފްތާގެ މުއްދަތަށް ދިވެހިރާއްޖޭގައި ތައުލީމު ދޭ އެންމެހައި ތަންތަނުގައި ކިޔަވައިދިނުން ވަގުތީގޮތުން މެދުކަނޑައިލުމަށް އަންގާ ކަމަށެވެ. އެގޮތުން ރާއްޖޭގައި ހިންގާ ހުރިހާ ސުކޫލްތަކާއި، ތައުލީމުދޭ މަރުކަޒުތަކާއި، ޔުނިވާސިޓީތަކާއި، ކޮލެޖްތަކާއި ތަމްރީންދޭ މަރުކަޒުތަކުގައި ކިޔަވައިދިނުން ވަގުތީ ގޮތުން މެދުކަނޑާލުމަށް ވަނީ އަންގާފައެވެ ހަމައެއާއެކު ރާއްޖޭގައި ހިންގާ ޓިއުޝަން ސެންޓަރުތަކާއި ގޭގޭގައި ހިންގާ ޓިއުޝަން ކްލާސް އަދި ގުރުއާން ކްލާސްތަކާއި، އެހެނިހެން ތައުލީމުދޭ ކުލާސްތައް ވެސް ވަގުތީގޮތުން މެދުކަނޑާލުމަށް ވަނީ އަންގާފައެވެ.

މީގެ ކުރިން ތައުލީމް ދޭ ތަނަތަން ބަންދުކުރުމަށް އެންގި އެނގުމުގެ މުއްދަތު ހަމަވަނީ މާދަމާއަށް ކަމަށް ވާތީ މި އެންގުން ވަނީ އާކޮށް އެ ހަފްތާ އިތުރުކޮށްފައެވެ. ސަރުކާރުން ވަނީ މި ހަފްތާވެސް ބަންދުކޮށްފައެވެ. މިއީ ސަރުކާރުން މި ފިޔަވަޅު އެޅި ތިންވަނަ ހަފްތާއެވެ.

ކޮވިޑް19 އިން ރައްކާތެރިވުމަށް ސަރުކާރުން އަޅާމުންދާ ފިޔަވަޅުތަކުގެ ތެރެއިން މި މަހުގެ 2 ވަނަ ދުވަހުން ފެށިގެން ކޮންމެ ދުވަހަކު ތިން ގަޑިއިރަށް މާލެ، ވިލިމާލެ އަދި ހުޅުމާލޭގައި ކާފިއުވެސް ދަނީ ހިންގަމުންނެވެ. އެއީ ހަވީރު 5:00 އިން 8:00 އާ ދެމެދުގެ ވަގުތަކަށެވެ.