ވީޑިއޯ ސްޓްރީމިންގްގެ ތާރީޚު ދުށް އެންމެ ކާމިޔާބު އެއް ސީރީޒްގެ ޝަރަފު ހޯދާފައިވާ މަޝްހޫރު ސްޕެނިޝް ޑްރާމާ ސީރީޒް "ލަ ކާސާ ދެ ޕަޕޭލް" ނުވަތަ މަނީ ހައިސްޓްގެ 4 ވަނަ ސީޒަން ރިލީޒްކޮށްފިއެވެ.
ދިވެހިންގެ މެދުގައިވެސް ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ސްޓްރީމިންގް ޕްލެޓްފޯމް ނެޓްލްފްލިކްސްގައި "މަނީ ހައިސްޓް"ގެ 4 ވަނަ ސީޒަން ރީލީޒްކޮށްފައިވަނީ މިއަދުއެވެ.
ކޮވިޑް-19ގެ ބަލިމަޑުކަމާއެކު ދުނިޔޭގެ އެކި ކަންކޮޅުތަކުން 3 ބިލިއަނެއްހާ މީހުން ގެތަކުގައި ބަންދުވެފައިވާއިރު، ކުޑަ ވަގުތު ކޮޅެއްގެ ތެރޭގައި އާ ސީޒަންގެ ބޮޑު ބައެއް ބަލާ ނިންމާލި މީހުންވެސް މަދެއް ނޫނެވެ. ސަބަބެއް ނެތިއެއްވެސް ނޫނެވެ. "މަނީ ހައިސްޓް"ގެ 3 ވަނަ ސީޒަން ނިންމާލާފައިވަނީ ފޭނުންނަށް ނޭވާ ހިފަހައްޓާލަން މަޖުބޫރު ކުރުވަމުންނެވެ.
3 ވަނަ ސީޒަން ނިންމާލާފައިވަނީ ސީރީޒް މައި ކެރެކްޓަރެއް ކަމަށްވާ 'ނައިރޯބީ'އަށް ބަޑީގެ ވަރުގަދަ ހަމަލާއެއް އަމާޒުވެފައިވަނިކޮށެވެ. އޭރު، 'ނައިރޯބީ'ގެ ފިރިހެން ދަރިއެއް ހުންނަކަން، ޕޮލިސް ޑިޓެކްޓިވް އެލީޝާ ސިއެރާއަށް އޮންނަނީ އެނގިފައެވެ.
4 ވަނަ ސީޒަން ފަށަނީ މިހާ ހިސާބުންނެވެ. ސީރީޒްގައިވާ ގޮތް ކިޔައިދޭކަށް ނެތީމެވެ. ނައިރޯބީގެ ކެރެކްޓަރަށް ވީ ގޮތެއް ކިޔައިދިނުމަކީ "މަނީ ހައިސްޓް"ގެ ފޭނުން އެތައް ދުވަހަކަށް ކުރި ފޮނި އިންތިޒާރު ވިއްސިވިހާލި ކޮށްލުން ފަދަކަމަކަށް ކަމުން، 'ނައިރޯބީ'އަށް ވީ ގޮތެއް ހޯދުމަށް ފޭނުންނަށް ދޫކޮށްލާނަމެވެ.
"މަނީ ހައިސްޓް" ފްރެންޗައިޒް ނެޓްފްލިކްސް އިން ބައިނަލްއަގުވާމީ ޕްލެޓްފޯމަށް ދޫކޮށްލިފަހުން ބޮޑު މަގުބޫލުކަމެއް ހޯދާފައިވާއިރު ދުނިޔޭގެ ހުރިހާ ހިސާބެއްގައި މިއަދު ނެޓްފްލިކްސް ޕްލެޓްފޯމުގެ އެންމެ މަގުބޫލު އައިޓަމަކަށް ވެފައިވަނީވެސް "ލަ ކާސާ ދެ ޕަޕޭލް"ގެ 4 ވަނަ ސީޒަންއެވެ.
ބަލަން ފަށައިފިން ވ އިންޓްރަސްޓިންގ. ސީރީސް ރިލީޒް އާއި ކަރފިއު މޫޑް ވެސް ހަމައަކަށް އެޅިއްޖެ. ޢެކަމު ފުޑް ސްޓޮކް ދަށަށް ދާތީ އެ ހާސް ކަން ބޮލުގަ އެބައޮތް. ﷲ އަހަރުމެން މ ބަލާއާފާތުން ސަލާމަތް ކުރައްވާތޯ ދުއާ ކުރުން އޮތީ