ގއ. ދާންދޫގައި ދެ މީހެއްގެ ދެމެދުގައި ހިނގި ޒުވާބެއްގައި ތޫނު އެއްޗަކުން ހަމަލާދީ މާރާމާރީ ހިންގައިފިއެވެ.

ފުލުހުން ބުނީ ރޭ 21:50 އެހާކަށްހާއިރު ދާންދޫ ހޮޓަލެއްގެ ތެރޭގައި ދެ މީހަކު ޒުވާބުކޮށް ތޫނު އެއްޗަކުން ހަމަލާ ދީފައިވާ ކަމުގެ ރިޕޯޓެއް ލިބިފައިވާ ކަމަށެވެ.

އަދި ފުލުހުން އެ ސަރަހައްދަށް ދިޔައިރު އަނިޔާ ލިބިފައިވާ 31 އަހަރުގެ ބަންގްލަދޭޝް ފިރިހެނަކު ދާންދޫ ހެލްތު ސެންޓަރަށް ގެންގޮސްފައިވާ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަދި މައްސަލާގައި ތުހުމަތު ކުރެވޭ ދެވަނަ މީހާ ވެސް ފުލުހުންގެ އެހީތެރިިކަމާއި އެކުގައި ޑޮކްޓަރަށް ދައްކާފައިވާ ކަމަށާއި އެ މަރާމާރީ ދެ މީހުންނަށް ވެސް އެކިވަރުގެ އަނިޔާ ލިބިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލަ ފުލުހުން އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.