އިންޑިއާ އިން ފޮނުވި ކާޑުގެ ފުރަތަމަ ޝިޕްމަންޓުގެ ތެރެއިން 500 ޓަނުގެ ހަކުރާއި 993 ޓަނުގެ ހަނޑޫ ރާއްޖެ ގެނެސްފިއެވެ.

ރާއްޖޭގައި ހުންނަ އިންޑިއަން ހައިކޮމިޝަނުން ބުނީ އެތަކެތި މާލެ ގެނެސްފައިވަނީ އިންޑިއާގެ ޓުޓިކޮރިން ބަނދަރުން ކަމަށާއި އިތުރު 1500 ޓަނުގެ ހަނޑުލާއި، 500 ޓަނުގެ ހަކުރު ރާއްޖެ ގެނައުމުގެ މަގުމަތީގައި ވާ ކަމަށެވެ.

މީގެ އިތުރުން ރާއްޖޭގެ ކޮންސްޓްރަކްޝަން އިންޑަސްޓްރީގެ މަސައްކަތް ހުއްޓުނަ ނުދީ ކުރިޔަށް ގެންދިއުމަށް ބޭނުންވާ 5000 ޓަނުގެ ސިމެންތި، ރާއްޖެއަށް ގެނައުމަށް މަސައްކަތް ކުރަމުންދާ ކަމަށް ބުނެފައިވެއެވެ.

އިންޑިއާ އިން ރާއްޖެ އަށް އެހީގެ ތަކެތި ފޮނުވަމުންދާއިރު، ކޮވިޑް-19 އާއި ގުޅިގެން އެގައުމުގެ މެޑިކަލް ޓީމެއް ދާދިފަހުން ވަނީ ރާއްޖެ އައިސްފައެވެ. އަދި އިންޑިއާ އިން ވަނީ ތިން މަހަށްވާ ވަރަށް ރާއްޖެ އަށް ބޭހުގެ ސާމާނު ވެސް ފޯރުކޮށްދީފައެވެ.