ދިރާގުގެ ހޯމް ފިކްސްޑް ބްރޯޑްބޭންޑްގެ އެޑް-އޮންތަކުން އަންނަ މަހުގެ ނިޔަލަށް 50 ޕަސެންޓުގެ ޑިސްކައުންޓެއް ދޭން ނިންމައިފިއެވެ.
ދިރާގުން ބުނީ، ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ސަބަބުން މި މަހުގެ ބާކީ އޮތް ދުވަސްތަކާއި އަންނަ އޭޕްރީލް މަހު އެކްޓިވޭޓްކުރާ ހޯމް ފިކްސްޑް ބްރޯޑްބޭންޑް އެޑް-އޮންތަކަށް 50 ޕަސެންޓުގެ ޑިސްކައުންޓް ލިބިގެންދާނެ ކަމަށެވެ. އެގޮތުން މިއީ ކޮވިޑް-19 އާ ގުޅިގެން ސްކޫލްތަކާއި ކޮލެޖްތައް ބަންދުކޮށް ގިނަ ބަޔަކު ގޭގައި ހުންނަން ޖެހުމުގެ ސަބަބުން އިންޓަނެޓްގެ ބޭނުން މުހިންމު ވެފައިވާ ދަނޑިވަޅަކަށް ވުމުން ކަސްޓަމަރުންނަށް ލުއި ފަސޭހަކޮށް ދިނުމަށް ނިންމި ނިންމުމެއް ކަމަށް ދިރާގުން ބުނެއެވެ.
ދިރާގުގެ މޯބައިލް އެޕްލިކޭޝަން އަދި ދިރާގު ވެބްސައިޓުގައިވާ "މައި އެކައުންޓް" ހިދުމަތް ވެދުވެރިކޮށް އެޑްއޮންތައް އެކްޓިވޭޓް ކުރެވޭނެއެވެ. އަދި ކަސްޓަމަރުން އިންޓަނެޓް ބޭނުންކުރެވޭ ވަރުގެ ނޮޓިފިކޭޝަން ހޯދުމަށް ފިކްސްޑް ބްރޯޑްބޭންޑް ޔޫސޭޖް ޕޯޓަލް މެދުވެރިކޮށް އެސްއެމްއެސް ނޮޓިފިކޭޝަން ވެސް އެކްޓިވޭޓް ކޮށްލެވޭނެއެވެ.
ކޮވިޑް19 އާ ގުޅިގެން ދިރާގުން މީގެ ކުރިން ވެސް ވަނީ ކަސްޓަމަރުންނަށް ލުއި ގޮތްތަކެއް ފަހިކޮށްދީފައެވެ. އެގޮތުން ރެސިޑެންޝަލް ފިކްސްޑް ބްރޯޑްބޭންޑް ކަސްޓަމަރުންނަށް 30 ޕަސެންޓު އިތުރު ޑޭޓާ މި މަހާއި މި އަންނަ މަހުގައި ވެސް ދިނުމަށް ދިރާގުން ވަނީ ނިންމާފައެވެ. ހަމައެއާއެކު ދިރާގުން ވަނީ މަމެން ކަސްޓަމަރުންނަށް ލުޔެއް ދިނުމުގެ ގޮތުން، މި ދުވަސްވަރު ޑޭޓާ ބޭނުންކުރުން އިތުރުވާނެތީވެ، މި މަހުގައި ނަގާ މަމެން ޑޭޓާ އެޑް-އޮން ތަކުން 50 ޕަސެންޓް ޑިސްކައުންޓް ދިނުމަށް ހަމަޖައްސާފައެވެ.
މީގެ އިތުރުން ބިޒްނަސް ފިކްސްޑް ބްރޯޑްބޭންޑް އަދި ގެސްޓްހައުސް އިންޓަނެޓް ޕެކޭޖްތަކުގެ މަހުފީ އިން 25 ޕަސެންޓުގެ ޑިސްކައުންޓެއް މި މަހާއި އެޕްރީލް މަހު ދިނުމަށް ވެސް ދިރާގުން ވަނީ ނިންމާފައެވެ.
މިފަދަ ދަނޑިވަޅުތަކުގައި ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށް ދިރާގުގެ ކަސްޓަމަރުންނަށާ މުޖުތަމައަށް ފޯރުކޮށް ދޭ ހިދުމަތްތަކަށް ލުއިފަސޭހަކޮށް ދިނުމަށް އެ ކުންފުނިން އަބަދުވެސް މަސައްކްތް ކުރެއެވެ.