އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަން، ޕީއެންސީގެ ރައީސް އަދި ފޮނަދޫ ދާއިރާގެ ކުރީގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ)ގެ އަނގަ މުއްދަތެއް ނެތް ގޮތަށް ލައްޕަން ޖެހޭ ކަމަށް ވިދާޅުވެ ކުރީގެ ބަންޑާރަ ނާއިބު ފާތިމަތު ދިޔާނާ ސައީދު އަދުރޭއަށް ފާޑު ވިދާޅުވެއްޖެއެވެ.
ދިޔާނާ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ "އަބްދުއްރަހީމުގެ އަނގަ ލައްޕަން ޖެހޭނީ މުއްދަތެއް ނެތް ގޮތަށް" ކަމަށެވެ. ދިޔާނާ މިފަދައިން ޓްވީޓު ކުރެއްވީ އިންތިހާބު ފަސް ކުރަން ޖެހޭނީ މުއްދަތެއް ނެތް ގޮތަށް ކަމަށް ރޭ ޕްރޮގްރެސިވް ކޯލިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަދުރޭ ވިދާޅުވުމާ ގުޅިގެންނެވެ.
ބެލެވޭ ގޮތުގައި ދިޔާނާ މިފަދައިން ވިދާޅުވެފައި މިވަނީ އިންތިހާބާއި ގުޅިގެން އަދުރޭ ތަފާތު އެކި ގޮތް ގޮތަށް ވާހަކަ ދައްކަވާތީ ކަމަށް ވެދާނެއެވެ. އެގޮތުން އަދުރޭ ވަނީ ޕީޕީއެމްގެ އޮފީހުގައި ބޭއްވި ޖަލްސާއެއްގައި އިންތިހާބު ފަސް ކުރުމަކީ އެ ކޯލިޝަނުން ބޭނުންވާ ކަމެއް ނޫން ކަމަށާއި އިންތިހާބު ފަސް ކުރުމަށް ތާއީދު ނުކުރައްވާނެ ކަމަށް ވިދާޅުވެފައެވެ. އަދި އިންތިހާބު މިހާރު އޮތް ތާރީހުގައި ބޭއްވުމަށް އޭނާ ގޮވާލެއްވިއެވެ.
ނަމަވެސް އޭގެ އެއް ދުވަސް ފަހުން އަދުރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ހާލަތަށް ބަލާ އިންތިހާބު ފަސް ކުރަން ޖެހިއްޖެ ނަމަ އިދިކޮޅުގެ ތާއީދު ލިބިގެންދާނެ ކަމަށެވެ. އަދި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އަދުރޭ ވަނީ ކައުންސިލް އިންތިޚާބު ފަސްކުރަން ޖެހޭނީ ވަކި މުއްދަތެއް ނެތް ގޮތަށް ކަމަށާއި މުއްދަތު އިޢުލާން ކުރަންޖެހޭނީ އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އުވާލުމުން ކަމަށެވެ. އަދި އަދުރޭ ވަނީ ވިދާޅުވީ އިންތިޚާބުގައި ކެމްޕެއިން ކުރުމުގެ ފުރުސަތު ޕާޓީ ތަކަށް ދޭން ޖެހޭ ކަމަށާއި އަދި އިންތިޚާބު ބާއްވަން ޖެހޭނީ އެއްވެސް ބިރުވެރިކަމެއް، ނެތް މާހައުލެއްގެ ތެރެއިން ކަމަށް ވިދާޅުވެފައެވެ.
އިލެކްޝަންސް ކޮމިޝަނުން މިހާރު ވަނީ ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިހާބު ފަސް ކުރުމަށް ނިންމާފައެވެ. އެގޮތުން އަންނަ މަހުގެ ހަތަރުވަނަ ދުވަހު ބޭއްވުމަށް ނިންމާފައި އޮތް ކައުންސިލް އިންތިހާބު މިހާރު ބޭއްވުމަށް ނިންމާފައިވަނީ އަންނަ މަހުގެ 18ވަނަ ދުވަހަށެވެ.
މިހާރުވެސް ކުނިއުކާ ދޯނީގަ ދަތުރު ކުރަން ޖެހޭތަ؟ ހަނދާންވޭތަ ރިޒޯޓް ސުޓާފުންގެ ކުރިމަތީގައި ކަމަނާ ބަރަހަނާ ކޮއްފައި ލަދުގަންނަވާލި ދުވަސްމަތިން؟ފައިސާގެ ދަހިވެތި ކަމުގާ ކެތް ކުރީ ދޯ
އައްދެ.ފިރިމީހާއަށް ރަށެއް ދިނީމަ ހާދަ އަނގަ ފުޅާވީ ކުއްލިއަ ކަށް. ކަލެއަށް ދެން ނުވާނެ. ތީ ހައުސް ވައިފެއް. ދެން އެ ކަން ވޭތޯ ބަލާ
ކަމަނާއަކީ އެމްޑީޕީ ބޮޑުތަނުން ނޫނެކެ ބުނެ ސަރުކާރުގެ ވަޒީފާގަނޑެންހާ މިންވަރުވެސް ނުލިބުނު މީހެއް. ޖާބިރު ލައްވާ ސަރުކާރަށާއި ސިޔާސީ ބޭފުޅުންނަށް ހެއްދެވި ނެހެއްދެވި އަށް ގޮވީވެސް ސުޕްރީމް ކޯޓުގެ ވަޒީފާ ލިބޭތޯ.. އެހެން ވީމާ މުއްދަތެއް ނެތްގޮތައް ކަމަނާގެ އަނގަ ބަންދުކުރޭ... އަދި މުއްދަތެއްނެތް ގޮތައް ކަމަނާ ތިޔަ ގެންގުޅޭ ތައްޓައް ތިޔަ އެއްޗެން އެޅުއްވުން ހުއްޓާލާ...
މުއްދަތެއް ނެތްގުތުގަ ޖާބިރު ރާބުއިން ހުއްޓާލަން ގޮވާލިނަމަ މާރީތިވެފަ ހެޔޮކަން ބޮޑުވޯސް
ކަމަނާ ކުރަންވީ ކަމަކޫ ފިރިކަލުންގެ އަނގަމަތީ ކަމަނާގެ ބާ ޖަންގިޔަލެއް އަޅައިގެންވިޔަސް އަނގަ މައިތިކުރެވޭތޯ ބައްލަވަންވީ.
މީހަކައި ދިމާއަށް ތިމާގެ އިނގިލި ދިއްކުރާނަމަ، ތިމާގެ ބާކީ ހުރި އިނގިލިތައް ހުރީ ކޮންދިމާ އަކަށްތޯ ބަލައިލުން ބުއްދިވެރިކަމެއް. އަދުރޭ އަކީ ސިޔާސީ ގޮތުން ބަސް ބުނަންޖެހޭ މަގާމެއްގަ ހުރި މީހެއް. ދިޔާނާ އަށް އޮތީ ކޮން މަގާމެއްބާ؟
އަނެއް ވައިރަސް ދިޔާނާއެއިީ ބޮޑުވައިސް އިދެގެން އުޅެނީ ބަގުރަލުގެ ވައިރަސްއަ ކާ. ހުރި ހިތާމައެއްގެ ބޮޑު ކަމާއެވެ. މި ކަބުލޭގެ ޓެސްޓުހަދާށެވެ. ބަގުރަލަށް ޕޮޒިޓިއު ވާނެއެވެ.
ފުރަތަމަ ތިމާގެ ޢައުރަ ނިވާކުރޭ. މީހާ ހެދުން އަޅާފައި ތިޔަހުރީ އިސްލާމީ ޝަރީޢަތާ ޚިލާފަށް.
ކަލޭގެ ބުރާންތި ފިރިމީހާގެ އަނގަ ފުރަތަމަ ލައްޕަންވީ. ގިނައިރު މީހާ ހުންނަނީ ކިޔޭ ނުލިޔޭ އެއްޗެއް ނޭނގޭ ހާލުގައި ބުއްދިފިލައި ގޮސްފައި.
އެޔޮަަައް ހުރިހާ މޮޔައެއް އެ އަންނި ގޮވިއިރު ދިޔާނާ ހުރީ ބީރުވެ މަަނމަންވެފަތަ؟ އަޅެފަހެ މީހަ ކު އަޖައިބުން އަންތަރީހެއް ނުވާނެތަ
ތަޅުވެސް ލާންވީ
އަދުރޭ އަކީ މިޤައުގެ ހަލާކު އެއީ ފރޭތައެއްކަހަލަ....