އަންނަ އޭޕްރިލް މަހުގެ 4 ވަނަ ދުވަހު ބާއްވަން ތާވަލުކޮށްފައިވާ ލޯކަލް ކައުންސިލް އިންތިހާބު އޭޕްރިލް މަހުގެ 18 ވަނަ ދުވަހަށް ފަސްކޮށްފިއެވެ.
އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ އިންތިހާބު ފަސް ކުރަން ނިންމީ ކޮވިޑް 19 އާ ގުޅިގެން މިހާރު ގައުމުގައި އޮތް ހާލަތު ބެލުމަށް ފަހު ކަމަށެވެ.
ކައުންސިލް އިންތިހާބު ފަސްކޮށްފައިވާއިރު، ސަރުކާރު ހިންގާ ކޯލިޝަންގެ ޕާޓީ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާއި އެ ޕާޓީގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ވެސް ގެންދެވީ އިންތިހާބު ފަސްކުރުމާއި ދެކޮޅުހައްދަވައި، ރާއްޖެ އިން ވެސް އެ ބަލީގެ ބަޔަކު ފެނިފައިވާ ނަމަވެސް އެއީ އިންތިހާބު ނުބޭއްވޭ ވަރުގެ ނުރައްކާތެރި ކަމެއް ނޫން ކަމަށް ނަޝީދާއި އެމްޑީޕީގެ ބައެއް މެންބަރުން ބުނެފައިވާ ދަނޑިވަޅެއްގައެވެ.
އިލެކްޝަނުން މިއަދު އެގޮތަށް މިއަދު ނިންމި ނަމަވެސް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި ސިޔާސީ ބައެއް އެހެން ބޭފުޅުން ގެންދެވީ އިންތިހާބު ފަސްކުރުމަށް ބާރު ގޮވާލަމުންނެވެ. މީގެކުރިން އެ ކޮމިޝަނުންވެސް ބުނެފައި ވަނީ އިންތިހާބު ފަސް ކުރާނެ ހާލަތެއް އޮތް ކަމަށް ގަބޫލު ނުކުރާ ކަމަށެވެ. މިއަދު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ގައުމާ މުހާތަބު ކުރައްވާ، ގިނައިން މީހުން އެއް ތަނަކަށް އެއްވެ އުޅުން މަދު ކުރުމަށް ވަނީ އިލްތިމާސް ކުރައްވާފައެވެ.
މީގެ އިތުރުން ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުވެސް ވަނީ އިއުލާން ކޮށްފައެވެ. ކޮރޯނާވައިރަހަކީ މުޅި ދުނިޔޭގައި ފެތުރެމުންދާ ބަލިމަޑުކަމެއް ކަމަށް ޑަބްލިއުއެޗްއޯއިން ވަނީ އިއުލާންކޮށްފައެވެ. ސަބަބަކީ ދުނިޔޭގެ ގިނަ ސަރަހައްދު ތަކަކަށް ކޮވިޑް 19 ފެތިރިގެން ގޮސްފައިވުމެވެ. ކޮރޯނާވައިރަސް ޖެހިގެން 127748 މީހުން މިހާތަނަށް ވަނީ ރިޕޯޓު ކޮށްފައެވެ. ކޮވިޑް 19 ގައި 4718 މީހަކު މަރުވެފައި ވާއިރު ދުނިޔޭގެ 114 ގައުމަކަށް މި ބަލި މިހާރު ވަނީ ފެތުރިފައެވެ.
ރާއްޖެއިންވެސް ކޮވިޑް-19 ފެނި ބައްޔަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ދަނީ މަތިވަމުންނެވެ. މިހާރު ރާއްޖޭގައި 8 މީހަކަށް ކޮވިޑް 19 ޖެހިފައި ވާއިރު ފަރުކޮޅުފުށީގައި 15 މީހުން ވިލިވަރުގައި 10 މީހުން އެބަ ތިއްބެވެ.
ދޫނި ވިއްކާ ފިހާރަތައް ބަލާ އޭގެ އަސަރު ކުޑަކުދިންނަށް އަދި ބޮޑެތި މިހުނަށޤ ނުކުރަާގޮތައް ބެހެޓުން މިވެސް ވަރަށް އަވަހަށް ކުރަން ވި ކަމެއް މިހަާރުވެސް އެބަހުރި ބަައެއް ދޫނި ފިހަާރަ ވަނީމަ ވަގުތުން ބަލިވާނެ ދެރަކަމަކީ މިކަން ބަލާ ބަޔަކު ނެތީ. މިހާ ނުރައްކާ ބަލިތައް ފެތުރޭ އިރުވެސް މިކަންތައްތައް ނުބަލާ އަދިވެސް