ރީތި އިސްތަށިގަނޑެއްގެ ވެރިއަކަށް ވުމަކީ ވަކި ޖިންސަކަށް ހާއްސަ ކަމެއް ނޫނެވެ. ފިރިހެނުންނާ އަންހެނުންނަށް ބެލި ކަމުގައި ވީ ނަމަވެސް މިކަން އޮތީ މިހެނެވެ. ބުރުގާއާއި ނިގާބު އެޅި ކަމުގައިވިއަސްމެއެވެ. ކަންމިހެން އޮތް ނަމަވެސް އިސްތަށިގަނޑު ކިސުޅިވެ، ގޮށްޖެހޭތީ އުޅެންޖެހެނީ މަދު ބަޔަކަށް، މަދު ފަހަރަކު ނޫނެވެ.
ކިތަންމެ ރީތިކޮށް، ސާފުކޮށްގެން އިސްތަށިގަނޑު ގެންގުޅުނު ކަމުގައި ވީ ނަމަވެސް މިކަން މެދުވެރިވެއެވެ. ނުވިތަނަކަށް، އޮބިނޯވެ އެކި ދިމާލަށް ހޫރޭ އިސްތަށިތަކުގެ އުނދަގޫވެސް ބޮޑުވާ ފަހަރު އާދެއެވެ. ކިތަންމެ ފަނަސް، ބުޅިއަސް، ތުނިވިއަސް، ބޯވިއަސް، މިކަން އޮތީ މިހެންނެވެ. ނަމަވެސް މިއީ ހައްލު ނުހޯދޭނެ ވަރުގެ ކަމެއް ނޫނެވެ. މައްސަލައެއްވެސް ނޫނެވެ. ކޮންމެހެން ޖީބުން ބޮޑެތި ޚަރަދުތަކެއްވެސް ކުރަން ޖެހޭ ކަމެއް ނޫނެވެ.
އިސްތަށިގަނޑު ކިސުޅިވަނީ ކީއްވެ؟
މިކަމަށް ހައްލެއް ހޯދުމަށް އިސްތަށިގަނޑު ކިސުޅިވަނީ ކީއްވެތޯ ބަލަމާ ހިނގާށެވެ. މިކަން އެންމެ އާންމުކޮށް މެދުވެރިވަނީ އާދަޔާ ހިލާފަށް އިސްތަށިގަނޑު ހިކިގެންނެވެ. އެއްވެސް ވަރެއްގެ ތެތްކަމެއް އިސްތަށިތަކުގައި ނެތިގެންނެވެ. މިއާއެކު އިސްތަށިގަނޑުގެ ބުޑުން، އެންމެ ބޭރު ފަށަލައަށް އިސްތަށި ހިއްލާލައެވެ. އެއީ މުލުގައި ހުރި ތެތްކަން މުޅި އިސްތަށިގަނޑަށް ފޮނުވާލުމަށެވެ. ކިސުޅިކަމުގެ އިހުސާސް ކުރެވެނީ މިހާ ހިސާބުންނެވެ. ވައިގެ ތެރޭގައި ފެނުގެ އާވި ގިނަ ނުވަތަ ހިއުމިޑް ސަރަހައްދުތަކުގައި މިމައްސަލަ ވަކިން ބޮޑުވެއެވެ. ނުކިޔަމަންވެ އެތަން މިތަނަށް ހޫރެމުންދާ އިސްތަށިތައް ބޮލުން ކޮޅަށް ޖެހިފައި ހުންނަނީ މި ސަބަބާ ހެދިއެވެ.
ފެންމަދުވުމުގެ އިތުރުން އިސްތަށިގަނޑަށް ފެނާ ތެތްކަން މަދުވެދާނެ އިތުރު އެތައް ސަބަބެއް ހުރެދާނެއެވެ.
އިސްތަށިގަނޑު ކިސުޅިވެ ގޮށްޖެހުމަށް މަގުފަހި ކުރާ ބައެއް ގޯސް އާދަ:
- ބޯ ދޮންނައިރު މާ ގަދައަށް އިސްތަށިގަނޑު އުނގުޅުން
- ޝޭމްޕުކޮށް ނިމިގެން، ހަރު ތުވާއްޔެއް ބޭނުންކޮށްގެން މާ ގަދައަށް އިސްތަށިގަނޑު ހިއްކުން
- ގަދައަށް ބޯދޮންނަން ހާއްސަކޮށްފައިވާ ޑީޕް-ކްލެންޒް ފަދަ ޝޭމްޕު ބޭނުންކޮށްގެން މާ ގިނަގިނައިން އިސްތަށިގަނޑު ދޮވުން
- ޝޭމްޕޫލައިގެން ބޯ ދޮންނަ ކޮންމެ ފަހަރަކު ކޮންޑިޝަނާ ބޭނުން ނުކުރުން
- ބޮލަށް ހޫނުކޮށްގެން ސްޓައިލްކުރާ އާލާތްތައް ބޭނުންކުރުން
- މާ ހޫނު ފެނުން އިސްތަށިގަނޑުން ދޮވުން
އިސްތަށިގަނޑު ކިސުޅިވެ ގޮށްޖެހުމުން ސަލާމަތްވާނެ ޓިޕްސް:
- ހަރު/ރާޅު ތުވާއްޔަކުން ގަދައަށް އިސްތަށިގަނޑުގައި ހާކައިގެން ހިއްކުމުގެ ބަދަލުގައި، އިސްތަށިގަނޑުން ފެން ފެލާލުމަށްފަހު ގުދުރަތީ ގޮތުން ހިކެން ދެން އިސްތަށިގަނޑު ދޫކޮށްލުން
- ޑިފިއުސަރެއްގެ އެހީގައި އިސްތަށިގަނޑޫ ހިއްކާލުން
- އަތުގެ އިނގިލިތައް ބޭނުންކޮށްގެން ގޮށް ފިލުވުން. ފުނަލާ ބުރުސް ބޭނުންކުރުމުގެ ސަބަބުން އިސްތަށިގަނޑު ހަލާކުވާ ގޮތް ވެދާނެ
- އިސްތަށިގަނޑު ސްޓައިލް ކުރުމުގެ ކުރިން ހެއާ ސީރަމްއެއް ބޭނުން ކުރުން. މިއީ އިސްތަށިގަނޑުގައި ތެތްކަން ހިފަހައްޓާދޭނެ މާއްދާއެއް. އަދި ގޮށްޖެހުމުންވެސް ދުރުކޮށްދޭނެ. ސީރަމް ހާކައިރުވެސް އިސްތަށިގަނޑުގެ ގުދުރަތީ ބައްޓަމަށް އަތުގެ ހަރަކާތް ގެންގުޅެން ސަމާލުކަން ދޭންވާނެ.
- އިސްތަށިގަނޑު ހިކިގެން ވީރާނާވުން ދުރުކުރުމަށް، މަދުވެގެން ހަފުތާއަކު 1 ފަހަރު ހެއާ މާސްކެއް ބޭނުންކުރުން.
- ނަރިޝިންގް ތެލެއް ބޭނުންކުރުން. މިއީ އޮމާންކަމާ ވިދުން ގެނެސްދޭނެ މާއްދާއެއް. މިފަދަ ތެލުގެ ދެތިން ތިކި ބޭނުންކޮށްގެން އިސްތަށިގަނޑު ބުޑުގައި ރަނގަޅަށް ހާކާލުމުން ކިޔަމަން ނުވެގެން އުޅޭ އިސްތަށިތައް ކޮންޓްރޯލް ކުރެވޭނެ.
ތިބާގެ އިސްތަށިގަނޑަކީ ފަސޭހައިން ކިސުޅިވެ ގޮށްޖެހޭ އިސްތަށިގަނޑެއް ނަމަ، ބޭނުންކުރާ ޕްރޮޑަކްޓްތަކަކީވެސް އިސްތަށިގަނޑާ ރައްޓެހި އުފެއްދުންތަކެއްތޯ ކަށަވަރުކުރަން ވާނެއެވެ. އެގޮތުން ސަލްފޭޓް އަދި އަލްކޮހޯލް އެކުލެވޭ އުފެއްދުންތަކާ ދުރުވުން އެދެވިގެންވެއެވެ. މިއީ އިސްތަށިގަނޑުގައި ގުދުރަތީ ގޮތުން އެކުލެވޭ ތެލުގެ މާއްދާ ނައްތާލާ، އިސްތަށިގަނޑަށް ހިކި، ކިސުޅި ކަމެއް ގެނެސްދޭ ބާވަތްތަކެއްވެސްމެއެވެ.
ފަސޭހައިން ގޮށްޖެހޭ އިސްތަށިގަނޑެއް ނަމަ، ރަނގަޅަށް ހިކުމުން ހުޅިއެއް ޖަހާފައި ބޭއްވުން ރަނގަޅެވެ.
ދަޕްރެސް ކުދިން ރަނގަޅަށް ދިވެހި ލިޔަން ވެއްޖެނުން..... އެެއްް އަ ކުރު އަނެއް އަ ކުރާއި ފުށުއަރާފަ، ފިލިތައްވެސް ފުށުއަރާފަ.....ދެން އެ ކަން ރަނގަޅު ކޮށްބަލަ.....????
ތި ފޯނު ބަދަލުކޮށްބަލަ. ފަޔާފޮކްސް އަޅަލީމާ ބަރާބަރުވާނެ. ހުރިހާ ސައިޓެއްގަ ވޭ އެބަ ތިހެން، އެހީ އެންދރޮއިޑް ކްރޯމްގެ މައްސަލައެއް ބްރޯ
އަހަރެމެން އަޑު އަހަނީ ކިސުޅިއޭ ކިޔާ އަޑު.
ކިސުޅި ކިޔާ އަޑެއް ނާހަން ، ކިފުޅި އެނގޭ އެކަމު.????????
އަހަރެން އަދި ދުނިޔޭގަ އެބަހުރިން
ތީ ކުރީގެ ވައްތަރު.. މަމީ ފަހުގެ ވައްތަރު