ޗައިނާއަށް ނިސްބަތްވާ ސުޕާސްޓާ ޖެކީ ޗޭން ހުރީ ކޮރޯނާވައިރަސް (ކޮވިޑް-19)އާ ގުޅިގެން ކަރަންޓީނުކޮށްފައި ކަމަށް ދެކެވޭ ވާހަކަތަކަށް އެނާ ރައްދު ދީފިއެވެ.

ސޯޝަލް މީޑިއާއަށް ދޫކޮށްލި ޕޯސްޓެއްގައި ޖެކީ ޗޭން ބުނީ ކޮވިޑް-19އަށް ފަރުވާ ހޯދަމުންދާ ކަމަށާ، ކަރަންޓީނުގައި އޭނާ ހުރިކަމަށް ދެކެވޭ ވާހަކަތަކުގައި ހަގީގަތެއް އެކުލެވިގެން ނުވާކަމަށެވެ. އޭނާ ހުރީ ދުޅަހެޔޮ، ސިއްހަތު ރަނގަޅު ހާލެއްގައި ކަމަށާ، އޭނާއާއި މެދު ފޭނުން ކަންބޮޑުވީތީ އެކަމަށް ޝުކުރު އަދާކުރާ ކަމަށެވެ.

ޖެކީ ޗޭން ކަރަންޓީނު ކުރި ވާހަކަ ފެންމަތިވީ ޗައިނާގެ އިދާރީ ދާއިރާއެއްގެ ގޮތުގައި ބަލަމުން އަންނަ ހޮންގްކޮންގްގެ 6000 އެއްހާ އިމާރާތް ކަރަންޓީނު ކުރި ޚަބަރު އާންމުވި ހިސާބުންނެވެ.

ޖެކީ ޗޭން ވަނީ ކޮވިޑް-19އިން ސަލާމަތްވެތިބުމަށް ދުރާލާ ފިޔަވަޅު އެޅުން މުހިންމުކަން އޭނާގެ ސަޕޯޓަރުންނަށް ހަނދާންކޮށްދީފައެވެ. އަދި އަވަސް މުސްތަގުބަލެއްގައި ފަރުވާއެއް ހޯދޭނެ ކަމަށް އުއްމީދުކުރާކަމަށާ، އެންމެ ފުރަތަމަ ކާމިޔާބު ފަރުވާއެއް ދެނެގަންނަ ފަރާތަކަށް ފައިސާގެ އިނާމެއް ދޭނެކަންވެސް ޖެކީ ޗޭންވަނީ އިއުލާންކޮށްފައެވެ.