ހޮލީވުޑްގެ މަޝްހޫރުތަރި ޓޮމް ކުރޫޒްގެ ކުޅަދާނަ އެކްޓިންގް ފެނިގެންދާ ފިލްމް "ޓޮޕް ގަން"ގެ ދެވަނަ ފިލްމް "ޓޮޕް ގަން: މޭވްރިކް" ރިލީޒްކުރާ ތާރީޚު އަވަސްކޮށްފިއެވެ.

ހޮލީވުޑް މަސްރަހުން ލިބެމުންދާ އެންމެ ފަހުގެ ޚަބަރުތަކަށް ބަލާއިރު "ޓޮޕް ގަން: މޭވްރިކް" މިހާރު ރިލީޒް ކުރަން ހަމަޖެހިފައިވަނީ، ކުރިން ކަނޑައަޅާފައި އޮތް ތާރީޚަށްވުރެ 48 ގަޑިއިރު ކުރިން، ޖުލައި މަހުގެ 24 ވަނަ ދުވަހުއެވެ. ފިލްމް ރިލީޒްކުރާ ތާރީޚު އަވަސް ކުރި ސަބަބެއް އަދި ކަށަވަރެއް ނުވެއެވެ.

"މޭވްރިކް"ގެ ކެރެކްޓަރުގައި އެމެރިކާގެ ވައިގެ އަސްކަރިއްޔާގެ އާ ރެކްރޫޓުންނަށް ތަމްރީނުދޭ މީހެއްގެ ގޮތުގައި ޓޮމް ކުރޫޒް ފެނިގެންދާނެ ފިލްމް "ޓޮޕް ގަން:މޭވްރިކް" ޑައިރެކްޓަކުރަނީ 'އޮބްލިވިއަން'ގެ ޑައިރެކްޓަރު ޖޯސެފް ކޮޒީންސްކީއެވެ. މި ފިލްމުގެ ވާހަކަ ލިޔެފައިވަނީ 'ޓްރާންސްފޯމާޒް'ގެ ވާހަކަ ލިޔުނު އެރެން ކްރޫގާ، 'އެމެރިކަން ހަސަލް'ގެ ލިޔުންތެރިޔާ އެރިކް ވޮރަން ސިނގާ އަދި 'މިޝަން:އިމްޕޮސިބަލް' ގެ ލިޔުންތެރިޔާ ކްރިސްޓަފާ މެކްކުއޭރީއެވެ.