ހަށިގަނޑު ބަރުހެލިވެ ފަލަވުމަކީ އެނޫން މީހުންނަށް ޖޯކެކެވެ. ފަލަ މީހަކީ އެހެން މީހުންގެ ކުރިމަތީގައި ބައެއް ފަހަރު ޖޯކަރެކެވެ. އެމީހަކު ކުރަނީ ކިތަންމެ އާދައިގެ ކަމަކަށް ވީ ނަމަވެސް، އެފަދަ މީހަކު ކުރާ ކަމެއް ސަމާލުކަމަށް އަންނަލެއް އަވަހެވެ. މިފަދަ ކަމެއް ތަހަމައްލު ކުރި އެކަކީ އުމުރުން 27 އަހަރުގެ އިންޑިއާ ޒުވާނެއް ކަމަށްވާ ޝުބާމް ގޯޝްއެވެ.

ރައްޓެހިންނާއެކު ޝުބާމް ސިނަމާއަށް ވަދެގެން ދިޔައީ ސަލްމާންގެ ފިލްމެއް ބަލާށެވެ. ނަމަވެސް ސިނަމާއިން ނިކުމެގެން އައި އެހެން މީހެކެވެ. އޭރު އެއީ އެއީ ޝުބާމްގެ ހިޔާލުގައި ދައުރުވަމުންދިޔަ މީހެކެވެ. ނަމަވެސް މިއަދު ޝުބާމްގެ ހަށިގަނޑުން 41 ކިލޯ ހިއްކާލީ އެކަންޏެއް ނޫނެވެ. މިހާރު އޭނާއަކީ ސަބް-އިންސްޕެކްޓާ ޝުބާމްއެވެ.

ބަރުދަނުގައި 116 ކިލޯ ހުރި ޝުބާމް، 18 މަސްދުވަހުގެ ތެރޭގައި 41 ކިލޯ ހިއްކާލީ ގަދަ ހިތްވަރުންނެވެ. ކޮލެޖުގައިވެސް ވެފައި އޮތީ ޖޯކަކަށެވެ. ކުޅިވަރަށް ކިތަންމެ މޮޅުކަމުގައި ވީ ނަމަވެސް އެންމެނަށް އެކަން ވެފައި އޮތީ ޖޯކަކަށެވެ.

ސަލްމާންގެ "ވޯންޓަޑް" ބަލާ ނިމުނުއިރު ބޮޑު ބަދަލެއް ބޭނުންވާކަން ޝުބާމްއަށް ކިތަންމެ ރަނގަޅަށް ގަބޫލުކުރެވުނެވެ. މާ ގިނަ ވަގުތު މަޑުކުރަން ނުހަދާ ޖެހިގެން އައި ދުވަހު ހެނދުނުން ފެށިގެން ހަށިގަނޑު ބަދަލުކުރަން ޝުބާމް އަމާޒު ހިފިއެވެ. ހެނދުނާ ހަވީރުގެ މަސައްކަތުން ހަށިގަނޑުން އެނގުން ވެލައިފިއެވެ. ދުވާލަކު 100 ޕުޝްއަޕްސް ހަދާލެވޭ ވަރުވިއެވެ.

މިއަދު ފިޓް އިންސްޕެކްޓަރެއްގެ ގޮތުގައި ހުރި ޝުބާމް ބުނާ ގޮތުގައި އެ ދުވަހު ސިނަމާއިން ނިކުމެ، އޭނާ ނިންމި ނިންމުމާ މެދު މިހާރު ފަޚްރުވެރިވެއެވެ.

ފިޓް މީހަކަށްވުމަށް ކުރި ދަތުރުގައި އެއީ އެއް ދުވަހުން ހާސިލުވާނެ ކަމެއް ނޫންކަން ކިތަންމެ ހާވެސް ރަނގަޅަކަށް ގަބޫލުކުރެވުނު ކަމަށް ޝުބާމް ބުނެއެވެ. އެހެންކަމުން، މިހާރުވެސް އޭނާއަކީ އެކަންކަމަށް ހާއްސަ ސަމާލުކަމެއް ދޭ މީހެކެވެ. ގަޑިން ގަޑިއަށް ކެއުމަކީ އޭނާ އެންމެ ސަމާލުކަން ދޭ އެއް ކަމެވެ. މީގެ އިތުރުން އަދިވެސް ގަވައިދުން ކަސްރަތު ކުރުން ހުއްޓައެއް ނުލައެވެ.

އިންސްޕެކްޓަރެއްގެ ޔުނީފޯމުގައި ސަލްމާން ހާން ހުއްޓާ ފެނުނު ފަހުން އަމިއްލަ މީހާވެސް އެ އަމާޒަށް ވާސިލުމަށްފެށި ބުރަ ދަތުރުގައި ޝުބާމްއަށް ލިބޭ އެންމެ ބޮޑު އުފަލަކީ، އޭނާ ދެކެމުން އައި ފަދަ ޔުނީފޯމެއް ލައިގެން، ފިޓު މީހެއްގެ ގޮތުގައި މަސައްކަތުގައި އުޅެވުން ކަމަށް އޭނާ ބުނެއެވެ. ފަލަ ހަށިގަނޑެއްގެ ފަހަތުގައި އޮތީ ބަދިގެއެއް ކަމަށް ބުނާއިރު، ފިޓް މީހަކީވެސް ބަދިގެއަކުން ނިކުންނަ މީހެއްކަން ޝުބާމް ފާހަގަކުރެއެވެ. ތަފާތަކީ އެ ބަދިގޭގައި ބޭނުންކުރާ ސަމާނާ، އެއަށްފަހު ދެން ކަންތައް ކުރާ ގޮތެވެ.

ޝުބާމް އަމާޒު ހިފާފައި ހުރީ އިހު ހުރި މީހާއަށް ބަދަލު ނުވެވޭތޯ ކުރެވެން ހުރި ހުރިހާ ކަމެއް ކުރުމަށެވެ.