އެއްވެސް ހުއްދައެއް ނުނަގާ ދީނާ ހިލާފް ވޯކްޝޮޕްތައް ހިންގުމުގެ ފުރުސަތު އޮންނާތީ ދީނީ ބައެއް އިލްމުވެރިން އެކަމާ ކަންބޮޑުވުން ފާޅުކޮށްފިއެވެ.
އިލްމުވެރިން މިކަމާ ކަންބޮޑުވުން ފާލުކޮށްފައި ވަނީ އިސްލާމިކް މިނިސްތްރީން ކުރި ޓްވީޓަކާ ގުޅިގެންނެވެ.
އިސްލާމިކް މިނިސްޓރީން ބުނީ، ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރުމުގެ ގާނޫނާ ހިލާފު ވޯކްޝޮޕްތަކެއް ރާއްޖޭގެ އެކި ރަށްރަށުގައި ހިންގަމުން ދާކަމުގެ ޝަކުވާ ލިބެމުންދާ ކަމަށެވެ. އެހެންކަމުން އެ މިނިސްޓްރީން އެކަންކަން ބަލަމުންދާ ކަމަށް ބުނެއެވެ.
މިކަމަށް ރައްދު ދެއްވަމުން ދީނި އިލްމުވެރިއާ ޑރ. މުހައްމަދު އިޔާޒް ވިދާޅުވީ، ދީނީ އިލުމުވެރިން ދަރުސް ދޭން ވީމައި އެތައް ހުއްދަތަކެއް ނަގަންޖެހޭ ކަމަށާއި ނަމަވެސް ދީނާ ހިލާފް ވޯކްޝޮޕްތައް ބާއްވަން ވީމައި އެއްވެސް ތަނަކުން ހުއްދަ ނަގަން ނުޖެހޭކަމަށެވެ. އިސްލާމިކް މިނިސްޓްރީއާއި ކަމާ ބެހޭ ފަރާތްތަކުން މިފަދަ މައްސަލަތައް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަންޖެހޭ ކަމަށް އިޔާޒް ވިދާޅުވިއެވެ.
މިކަމާ ގުޅިގެން ދީނީ އިލްމުވެރިޔާ އަލީ ޒައިދު ވިދާޅުވީ، އެ ވޯކްޝޮޕްތައް ހިންގީ ރަށްރަށުގެ ކައުންސިލުތައް މެދުވެރިކޮށް ކަމުގައި ވިޔަސް، އަދި އެ ދާއިރާގެ މެންބަރުން މެދުވެރިކޮށް ކަމުގައި ވިޔަސް އެކަމެއް ރަނގަޅަށް ބެލެންޖެހޭ ކަމަށެވެ. މިއީ މުޅިން ޣައިރު ގާނޫނީ އަމަލެއް ކަމުގައި އަލީ ޒައިދު ސިފަކުރައްވާފައި ވެއެވެ.
'ދަ ޕްރެސް' އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މި ވޯކްޝޮޕްތައް ހިންގަމުންދާތާ އަހަރަކާ ގާތްވަނީއެވެ. އެގޮތުން މި ވޯކްޝޮޕްތައް ރާއްޖޭގެ އުތުރާއި ދެކުނުގެ ރަށްރަށުގައި ހިންގާފައި ވެއެވެ.
ބައެއް މިޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި މިފަދަ ވޯކްޝޮޕްތައް ރާއްޖޭގައި ހިންގަމުން ދަނީ، ދީނީ ހައްދު ފަހަނައަޅާދިއުމާ ދެކޮޅަށް އިނގިރޭސިވިލާތުގައި މަސައްކަތްކުރާ ޖަމިއްޔާއެއް ކަަމަށްވާ ކުއިލިއަމް ފައުންޑޭޝަންގެ ފަރާތުންނެވެ. އެ ޖަމިއްޔާއަކީ ކުރިން ހައްދު ފަހަނަ އަޅާދިއުމުގެ ވިސްނުން ގެންގުޅުނު އިނގިރޭސިވިލާތުގެ މުސްލިމެއް ކަަމަށްވާ މާޖިދު ނަވާޒް އުފެއްދި ޖަމިއްޔާއެކެވެ. ނަމަވެސް އެ ޖަމިއްޔާއަކީ ސެކިއުލާ ވިސްނުން ގެންގުޅޭ މުސްލިމުންނާ ދެކޮޅު ޖަމިއްޔާއެއް ކަަމަށް ބުނެ އިނގިރޭސިވިލާތުގެ ގިނަ މުސްލިމުން ވެސް ވަރަށް ބޮޑަށް އެ ޖަމިއްޔާއަށް ނަފްރަތުކުރާ ކަމަށް މައުލޫމާތު ލިބެއެވެ.
ރާއްޖެގައި އެންމެ ފަހުން ދީނާ ހިލާފަށް ނުވަތަ ދީނުގެ ކަންކަމާ ދެކޮޅަށް އަޑުއުފުލި ޖަމިއްޔާއަކީ އެމްޑީއެންއެވެ. އެ ޖަމިއްޔާއިން ނެރުނު ރިޕޯޓުގައި ދީނާ ހިލާފް ވާހަތަކެއް ހުރުމުން އެތައް ބަޔަކު ނުކުމެ ވަނީ މުޒާހަރާކޮށްފައެވެ. އަދި މި ސަރުކާރުންވަނީ އެމްޑީއެން އުވާލާފައެވެ.
ޑޜ އިޔާޒު މިހާރު މާލަސްވެއްޖެ ހުރިހާ މީހުން ނުކުމެ މިސަ ރުކާރު ހަމަމަގަށް އަޅުވަން ވެއްޖެ އެހެން ނޫނީ މިގައުމު އަހަރުމެން ނަކަށް އަތަކުނުޖެހޭނެ މިމީހުންނަކީ މިދިވެހި ރާއްޖެ ހަލާކުކުރާނެބައެއް