ބިލްބޯޑް ހޮޓް 200 ލިސްޓުގެ ނަމްބަރ 1 އަލްމަބްގެ މަގާމު 7 ފަހަރު ދިފާއުކުރި އެންމެ ހަގު އާޓިސްޓްގެ ޝަރަފާއެކު، ޕޮޕް ލަވައިގެ "ޒުވާން އަމީރު" ޖަސްޓިން ބީބާ އަނެއްކާވެސް މިއުޒިކީ ދުނިޔޭގެ ޚަބަރުތަކުގެ ފަލަ ސުރުހީތަކުން ޖާގަ ހޯދައިފިއެވެ.

އޭނާގެ އެންމެ ފަހުގެ އަލްބަމް "ޗޭންޖަޒް" އާ އެކު ބީބާ މި ޓައިޓްލް ހޯދާފައި މިވަނީ އުމުރުން އެންމެ 25 އަހަރުގައެވެ. 1961 ވަނަ އަހަރުގެ އަލްބަމް "ބްލޫ ހަވާއީ" އާ އެކު އެލްވިސް ޕްރިސްލީ މި ޓައިޓްލް ގެންދިޔައީ އޭނާގެ އުމުރުން 26 އަހަރުގައެވެ. އެހެންކަމުން ބީބާ މި ޓައިޓްލް ހޯދާފައި މިވަނީ އެލްވިސް ޕްރިސްލީ އަށް ވުރެވެސް 1 އަހަރު ހަގުކޮށެވެ.

މިހިނގާ ފެބުރުވަރީ މަހުގެ މެދަކާ ހިސާބުގައި ބީބާ ރިލީޒްކުރި "ޗޭންޖަޒް" މި އަލްބަމްގެ ދެލައްކައަށްވުރެ ގިނަ ކޮޕީ މިހާރު ވަނީ ވިކިފައެވެ.