ނޭވާ ހިފަހައްޓާލަންޖެހޭ އާދަޔާ ހިލާފު ސްޓަންޓްތައް ހެދުމުގައި ދުނިޔޭގެ އެކިކަންކޮޅުތަކުން ގިނަ ބައެއްގެ ސަމާލުކަން ހޯދާފައިވާ އެމެރިކާގެ ޑެއާޑެވިލް ޕައިލެޓް "މޭޑް" މައިކް ހިއުސް މަރުވެއްޖެއެވެ.

މޭޑް މައިކްގެ ނަމުން މީޑިއާގައި މަޝްހޫރުކަން ހޯދާފައިވާ މައިކް، އުމުރުން 64 އަހަރުގައި މަރުވީ، އޭނާ އަމިއްލައަށް އީޖާދުކުރި ރޮކެޓެއްގައި ޖައްވަންދާން ކުރި ތަހުލީލުތަކެއްގެ ތެރޭގައި ކެލިފޯނިއާ ޑެޒާޓަށް އެ ރޮކެޓް ވެއްޓިގެން ހިނގި ހާދިސާގައެވެ.

އަމިއްލައަށް އީޖާދުކުރި ރޮކެޓްގައި "މޭޑަމައިކް" ޖައްވަށް އުދުއްސާލާ މަންޒަރާ، މާ ގިނައިރުތަކެއް ނުވެ އެ ރޮކެޓް، އޭނާއާއިއެކު ބިމަށް ވެއްޓޭ މަންޒަރު ސޯޝަލް މީޑިއާގައި ވަނީ އާންމުކޮށްފައެވެ. މި މަންޒަރުތައް ވީޑިއޯކުރެވިފައިވަނީ، އޭނާ މަސައްކަތް ކުރަމުންދިޔަ ޔޫއެސް ސައިންސް ޗެނަލްގެ "ހޯމްމޭޑް އެސްޓްރޮނޯޓްސް" ޕްރޮގްރާމަށް މަންޒަރުތައް ޝޫޓުކުރުމުގެ ތެރޭގައެވެ.

ސްޕޭސް ޑޮޓް ކޮމްއިން ހާމަކޮށްފައިވާ ގޮތުގައި މިހާދިސާ ހިނގިއިރު މައިކް ހިއުޒް މަސައްކަތްކޮށްފައިވަނީ ސްޓީމް-ރޮކެޓެއްގައި ޖައްވުގެ ތެރެއަށް 5000 ކިލޯމީތަރު އުސްމިނަށް ދަތުރުކުރުމަށެވެ.

މައިކް ހިއުޒްއަކީ ދުނިޔެއަކީ ފަތާކޮށް، ނަވަތަ ހަތަރެސްކަން ހަމަވާ ބައްޓަމަކަށް އޮންނަ ތަނެއް ކަމަށް ވަކާލާތު ކުރާ މީހެކެވެ. އޭނާ ޖައްވަށް ދާން އުޅުނީވެސް އެކަން ސާބިތުކޮށްދޭން ކަމަށް ބައިނަލްއަގުވާމީ މީޑިއާއިން ރިޕޯޓްކުރެއެވެ.

"މޭޑް މައިކް"އާއި އޭނާގެ އެހީތެރިން ވެގެން މި ރޮކެޓް އީޖާދުކުރުމަށް ގާތްގަނޑަކަށް 18000 އެއްހާ ޑޮލަރު ޚަރަދު ކުރިއެވެ.