ޝޭހް މުހައްމަދު ހަސަނާ އެކު އިންޑޮނޭޝިޔާއިން 3 ދިވެހިން ހައްޔަރު ކުރި ކަމަށް ފުލުހުން ބުނެފިއެވެ. ޢަދި މިހާރު މިހަތަރު މީހުން ވަނީ ރާއްޖެ އައިސްފައި ކަމަށްވެސް ފުލުހުން ބުނެއެވެ.
ފުލުހުން ބުނީ މިދިޔަ ބުރާސްފަތި ދުވަހު މެލޭޝިއާ މަގުން އިންޑޮނޭޝިއާއަށް ދިޔަ ހަތަރު ދިވެހިން ހައްޔަރު ކުރިކަމުގެ މައުލޫމާތު ލިބުނު ކަމަށާއި ނަމަވެސް މިހާރު އެ ހަތަރު މީހުން ދޫކޮށްލާފައިވާ ކަމަށެވެ.
އެ މީހުން ހައްޔަރު ކުރީ ކޮން މައްސަލައެއްގައި ކަމެއް އަދި އެކަމާ ބެހޭ އިތުރު އެއްވެސް ތަފްސީލެއް ފުލުހުން ނުދެއެވެ.
ނަމަވެސް ހައްޔަރުކޮށްފައި ވަނީ 46 އަހަރާއި، 39 އަހަރާއި، 36 އަހަރާއި އަދި 34 އަހަރުގެ ދިވެހި ފިރިހެނުން ކަމަށް ކަމާބެހޭ އިދާރާތަކުން ދިވެހި ފުލުހުންނަށް އަންގާފައިވާ ކަމަށާއި އެ މީހުން އިއްޔެ ރާއްޖެ އައިސްފައިވާ ކަމަށް ފުލުހުން ބުނެއެވެ. އެކަމާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށްވެސް ފުލުހުން ބުނެއެވެ.
ހައްޔަރުކުރި މީހުންގެ ތެރޭގައި ރާއްޖޭގައި ދީނީ ގޮތުން ހައްދު ފަހަނައަޅެމަށް ހިތްވަރު ލިބޭގޮތަށް ދީނީ ނަސޭހަތް ދިނުމާއި، ދީނީ ގޮތުން ހިޔާލު ތަފާތުވާ މައްސަލަތަކުގައި ވަކި ގޮތަކަށް ކަން ކުރަން ބާރު އަޅާ ކަމަށް ބުނެ އިސްލާމިކް މިނިސްޓްރީއިން ހުއްދަ ބާތިލް ކުރި އިލްމުވެރިޔާ، މުހައްމަދު ހަސަން ހިމެނޭކަމުގެ މައުލޫމާތު ވަނީ ލިބިފައިވެއެވެ.