ދޯންޏެއްގައި ހުރި މީހަކުގެ މެޔަށް ތަދެއް އަރައިގެން އެމްއެންޑީއެފުން އެހީތެރިވާން ފަށައިފިއެވެ.

މި ހާދިސާއާ ގުޅިގެން އެމްއެންޑީއެފުން ބުނީ ހއ. އުލިގަމު އުތުރުން 70 ނޯޓިކަލް މޭލު ބޭރުގައި އޮތް 'ނުޖޫމް 2' ނަމަކަށް ކިޔާ ދޯންޏެއްގައި ހުރި މީހެއްގެ މެޔަށް ތަދެއް އަރައިގެން އުޅޭ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.

އެމްއެންޑީއެފުން ބުނީ މި ހާދިސާގެ ރިޕޯޓް ލިބިފައި ވަނީ މިއަދު 11:38 ހާއިރު ކަމަށެވެ. އަދި މި ކަމުގެ މައުލޫމާތު ލިބުމާ ގުޅިގެން ދޯނީގައި ހުރި މީހާއަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ކޯސްޓްގާޑުން ހަރަކާތްތެރިވަމުންދާ ކަމަށެވެ.

އެމްއެންޑީއެފުން މައުލޫމާތު ދީފައިވާ ގޮތުގައި މެޔަށް ތަދެއް އަރައިގެން ބަލި ވެގެން އުޅެނީ 44 އަހަރުގެ މީހެއް ކަމަށެވެ. އަދި އޭނާގެ މޭގައި ރިއްސަން ފެށީ ކުއްލިއަކަށް ކަމަށް އެމްއެންޑީއެފުން މައުލޫމާތުދެއެވެ.