ސިޓީ ކައުންސިލްގެ ތައްގަނޑު ނުޖަހާ، އިމާރާތެއް ބަލައި ފާސްކުރުމަށް ނޯޓިސްއެއް އިމާރާތެއްގައި ހަރުކޮށްފައި ނުވާނޭ ކަމަށް މާލެ ސިޓީ ކައުންސިލުން ބުނެފިއެވެ.

މާލެ ސިޓީ ކައުންސިލުން މިހެން ބުނެފައި ވަނީ މާލޭގެ އިމާރާތެއްގެ ބޭރުގައި ތަތްކޮށްފައިވާ ނޯޓިސްއެއްގެ ފޮޓޯއަކާއެކު އާންމުންގެ މީހަކު ކުރި ޓްވީޓަކަށް ރައްދު ދެމުންނެވެ.

ފާރެއްގައި ހަރުކޮށްފައިވާ ނޯޓިސްގައިިވާ ލިޔުމުގައި ވަނީ އަންނަ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 ކުން މެންދުރު 12:00 އާ ދެމެދުގެ ވަގުތެއްގައި މާލޭ ސިޓީ ކައުންސިލުން އެ އިމާރާތް އިންސްޕެކްޓް ކުރަން ހަމަޖެހިފައިވާ ކަމަަށެވެ. އަދި އެ ވަގުތުތަކުގައި އެ އިމާރާތުގެ ހުރިހާ އެޕާޓްމެންޓްތަކެއް ހުޅުވާފައި ބެހެއްޓުމަށް އެދިފައި ވެއެވެ. މީގެ އިތުރުން އެ އިމާރާތުގެ އެއްވެސް އެޕާޓްމެންޓެއް ލައްޕާފައި ހުންނަ ނަމަ ހުޅުވުމަށް ގުޅަންޖެހޭނެ ނަމްބަރު ފޮނުވުމަށް ވަކި ފަރާތެއްގެ ނަމާއި ނަންބަރު ވެސް އެ ނޯޓީސްގައި ވެއެވެ.

މިކަމާ ގުޅިގެން ސިޓީ ކައުންސިލުން ބުނެފައި ވަނީ އެ ކައުންސިލުން ދޭ ނޯޓިސްއެއް ނަމަ އެ ނޯޓިސްގައި ސިތީކައުންސިލުގެ ތައްގަނޑު ޖަހާފައި އޮންނާނެ ކަމަށެވެ. އަދި އެ ބުނާ ނޯޓިސް އަކީ ސިޓީ ކައުންސިލުން ދީފައިވާ ނޯޓިސްއެއް ނޫން ކަމަށާއި، އެ މައްސަލަ ކައުންސިލުގެ ބަލާނެ ކަމަށް ބުނެފައި ވެއެވެ.