މަސްވެރިކަން ކުރަން އުޅުނު 27 އަހަރުގެ ޒުވާނަކު ފީނަން އުޅުމުގެ ތެރޭގައި ޑިކޯވެގެން ފަރިވާ ދޭން ފަށައިފިއެވެ.

އެމްއެންޑީއެފުން ބުނީ، "މީރާ" ނަމަކަށް ކިޔާ ދޯންޏަކުން ފުޅި އަޅައިގެން ފީނަން ފޭބި 27 އަހަރުގެ ދިވެއްސަކު ޑިކޯވެގެން އުޅޭ ކަމުގެ މިއަދު ހެނދުނު 9:20 ހާއިރު އެމްއެންޑީއެފަށް ލިބިފައިވާ ކަމަށެވެ.

އެގޮތުން އެމީހާއަށް އަވަސް ފަރުވާ ދިނުމަށް އެމްއެންޑީއެފްގެ ސަދަން އޭރިއާގެ އެހީތެރިކަމާއެކު ގދ. ތިނަދޫއަށް މިއަދު ހެނދުނު 10: 50 ހާއިރު ގެންގޮސްފައިވާ ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

މަސްވެރިކަމުގައި އުޅޭ ޒުވާނުން ފީނަން ގޮސް ޑިކޯ ވުމަކީ މިހާރު ވަރަށް އާންމުކޮށް ފެންނަ ކަމެކެވެ. އެގޮތުން މިދިޔަ މަހުގެ 4 ވަނަ ދުވަހުވެސް ވަނީ އެފަދަ ހާދިސާއެއް ހިނގާފައެވެ. އެގޮތުން ގދ. ކޮނޮއްޓާ މޯލްޑިވްސް ރިސޯޓު ކައިރީގައި މަސްވެރިކަން ކުރަން އުޅުނު "ހުދު ހުދު" ނަމަކަށް ކިޔާ ދޯނިން ފީނަން ފޭބި 26 އަހަރުގެ ދިވެއްސެއް ޑިކޯ ވެގެން ގދ. ތިނަދޫއަށް ވަނީ ގެންގޮސްފައެވެ.