ސަރުކާރު ހިންގާ މައިޕާޓީ އެމްޑީޕީގެ ޓިކެޓުގައި ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަ ކުރުމަށް ބޭއްވި އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރި މާފުށި ކައުންސިލްގެ މިހާރުގެ ރައީސް އުސްމާން ރަޝީދު ޕްރައިމަރީން ބަލިވުމާ ގުޅިގެން މާފުށީ ޑޮލަރު ޖަގަހައިގެ ކުލަ އިދިކޮޅު ޕީޕީއެމް ކުލަ ފިޔާތޮށި ކުލައަށް ބަދަލުކޮށްފިއެވެ.
ސޯޝަލް މީޑިއާގައި މިހާރު އަންނަނީ މި ވީޑިއޯ ދައުރުވަމުންނެވެ. އެ ވީޑިއޯއިން ފެންނަނީ ކުރިން ރީނދޫ ކުލަ ލާފައިވާ ފާރެއްގައި ފިޔާތޮށި ކުލަ މީހަކު ލަމުންދާ މަންޒަރެވެ. ސޯޝަލް މީޑިއާގައި ބައެއް މީހުން ވަނީ އެއީ މާފުށީ ކައުންސިލްގެ ރައީސް އުސްމާންގެ ބޮޑުބޭބެއާ އުސްމާނަށް ތާއީދު ކުރާ ބައެއް ފަރާތްތައް އެކުވެ ކުރަމުން އަންނަ ކަމެއް ކަމަށް ބުނެފައެވެ.
އަދި އެކަން އެގޮތަށް ކުރަނީ އެމްޑީޕީ ޕްރައިމަރީން އުސްމާން ބަލިވުމާއި ގުޅިގެން އުފެދުނު ނުތަނަވަސް ކަމެއްގެ ތެރެއިން ކަމަށްވެސް ބައެއް ފަރާތްތަކުން ސޯޝަލް މީޑިއާގައި އަންނަނީ ބުނަމުންނެވެ.
އެމްޑީޕީގެ ޕްރައިމަރީގައި މިފަދަ އެތައް ބަޔަކާއި ނާކާމިޔާބީއާ ކުރިމަތިލާން ޖެހުނެވެ. ހާއްސަ ގޮތެއްގައި މިހާރުގެ ކައުންސިލަރުންނަށެވެ. އަދި ސިޓީތަކުގެ މޭޔަރުންނާއި ޑެޕިއުޓީ މޭޔަރުންނަށްވެސް ކުރިމަތިލާން ޖެހުނީ ނާކާމިޔާބީއާއެވެ. އެގޮތުން މާލެ ސިޓީ ކައުންސިލާއި އައްޑޫ ސިޓީ ކައުންސިލާއި ފުވައްމުލަކު ސިޓީ ކައުންސިލްގެ މިހާރުގެ މޭޔަރުން ވަނީ އެމްޑީޕީގެ ޕްރައިމަރީން ބަލިވެފައެވެ. އިންތިހާބު ކާމިޔާބު ކުރައްވާ އެމްޑީޕީގެ ޓިކެޓު ކަށަވަރު ކުރައްވާފައި ވަނީ މުޅިންގެސް އާ މޫނުތަކެކެވެ.
އެމްޑީޕީން މިއަދު ވަނީ ކައުންސިލް އިންތިހާބުގެ ޕްރައިމަރީ ކާމިޔާބު ކުރައްވާފައިވާ ހުރިހާ ބޭފުޅުންވެސް ވީ އެންމެ އަވަހަކަށް ކައުންސިލް އިންތިހާބުގައި ވާދަކުރާ ފޯމު ފުރުމަށްފަހު ހުށަހެޅުމަށް އެދިފައެވެ.
އިޚްލާސްތެރިކަން ފެނިއްޖެ..ނަސީބެއް މީނާ ނުހޮވުނުކަން
ރަގަލު. ތި ޕްރަމަރީ ގައި ވޯޓްލީ ޕީޕީއެމް މީހުން. އޭގެތެރޭގަ ހިމެނޭ ޕީޕީއެމް ޓިކެޓްގަ ވާދަކުރަން ކުރިމަތިލާފަ ތިބި މީހުންވެސް.
އެއީ ހަމަތެދެއް
ކަލެއަށް މާބޮޑަށް އެނގެނީ