60 އަހަރުގެ ދިގު ތާރީހެއްގައި ހޮލީވުޑް ސިނަމާތައް ފަތަހަ ކުރަމުން ދިޔަ ކުޅަދާނަ ބަތޮލް ކާކް ޑަގްލަސް، އުމުރުން 103 އަހަރުގައި މަރުވެއްޖެއެވެ.

ސްޓޭޖް ޑްރާމާތަކާ ހޮލީވުޑް ސްކްރީން ފިލްމުތަކުން ގިނަ ބައެއްގެ ސަމާލުކަން ހޯދި ކާކް ޑަގްލަސްގެ މަސައްކަތްތަކަށް ބަލާއިރު، 1960 ގެ ސުޕާ ކްލެސިކް "ސްޕާޓަކަސް" ފާހަގަކުރެވެއެވެ.

1916 ވަނަ އަހަރު ދުނިޔޭގެ އަލިކަން ދުށް ކާކް ޑަގްލަސް، ހޮލީވުޑް ސިނަމާއަށް ތައާރަފުވެގެން އައީ ހޮލީވުޑް "ރަންޒަމާނުގަ" އެވެ. އޭގެ ފަހުން 1949 ވަނަ އަހަރު ކާކް ޑަގްލަސް އޭނާގެ ފުރަތަމަ އޮސްކާ އެވޯޑް ހާސިލުކުރިއެވެ. އެއީ ފިލްމް "ޗެމްޕިއަން" އިންނެވެ. ކާކް ޑަގްލަސްއަކީ އޮސްކާ އެވޯޑް ހާސިލުކޮށްފައިވާ ކުޅަދާނަ ބަތޮލް މައިކަލް ޑަގްލަސްގެ ބައްޕައެވެ.

ކާކް ޑަގްލަސް ވަނީ ހޮލީވުޑް ސިނާއަތަށް 50 އަހަރު ހިދުމަތްކޮށްފައިވާ ފަރާތްތަކަށްދޭ "އޮނަރަރީ އެވޯޑް"ވެސް 1996 އަހަރު ހާސިލުކޮށްފައެވެ.