ކ. އާރަށް ކަރަންޓީނު ފެސިލިޓީއެއްގެ ގޮތުގައި ހަދަން ސަރުކާރުން ނިންމައިފިއެވެ.

މިހާރު ރައީސް އޮފީހުގައި ބާއްވާ ނޫޗްވެރިންގެ ބައްދަލުވުުގައި ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ، އާރަށް ކަރަންޓީނު ފެސިލިޓީއެއްގެ ގޮތުގައި ބޭނުން ކުރުމަށް، ހުށަހެޅުއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަމިއްލަފުޅަށް ކަމަށެވެ. އަދި އާރަށް ހުރީ ކަރަންޓީނު ފެސިލިޓީއެއްގެ ގޮތުގައި ބޭނުންކުރަން ޖެހިއްޖެ ހާލަތެއްގައި ބޭނުންކުރެވޭ ވަރުގައި ކަމަށް އަލީ ވަހީދު ވިދާޅުވިއެވެ.

މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ، ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބޭނުންވެއްޖެ ކޮންމެ ގަޑިއެއްގައި މީހުން ކަރަންޓީނު ކުރުމަށް ކަރަންޓީން ފެސިލިޓީއެއްގެ ގޮތުގައި އާރަށް އޮންނާނެ ކަމަށެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޓުއަރިޒަމް މިނިސްޓަރު ވިދާޅުވީ، އިތުރު ކަރަންޓީން ފެސިލިޓީސްތަކާއި ގުޅޭގޮތުން އިސްނަންގަވާ ރައީސް ވަނީ އާރަށް ބޭނުން ކުރުމަށް އެދިލައްވާފައި ކަމަށެވެ. އަދި ކޮރޯނާ ވައިރަހާއި ގުޅިގެން ދިވެހި ރައްޔިތުންވެސް އަދި ފަތުރުވެރިން ވިޔަސް ކޮންމެ މީހަކު ވިޔަސް ކަރަންޓީން ކުރަން ޖެހިއްޖެއްޔާމު އެންމެ ފުރަތަމަވެސް ކަރަންޓީން ކުރުމަށް އާރަށް ބޭނުން ކުރެވޭނެ ކަމަށް އަލީ ވަހީދު ވިދާޅުވިއެވެ.

ކަރަންޓީން ފެސިލިޓީއެއްގެ ގޮތުގައި އާރަށް ބޭނުން ކުރުމުގެ ހުއްދަ ސަރުކާރުން ދީފައިވާއިރު، މި ބޭނުމަށް މިހާރު ދަނީ ފަރުކޮޅު ފުށި އަދި ކ. ފޮނަދޫ ވެސް ބޭނުން ކުރަމުންނެވެ. މިހާތަނަށް ފޮނަދޫގައި ކަރަންޓީނު ކޮށްފައި ވަނީ 3 މީހެކެވެ.