ހިމަބިއްސަށް 7 ވަނަަ މީހަކު ޕޮސިޓިވް ވެއްޖެއެވެ.

ހެލްތު މިނިސްޓްރީން މިއަދު އާންމުކުރި 'ޑެއިލީ މީސްލްސް އަޕްޑޭޓް' ރިޕޯޓުން ދައްކާ ގޮތުގައި އިއްޔެގެ ނިޔަލަށް 113 މީހުން އެ ބައްޔަށް ވަނީ ތަހުލީލުކޮށްފައެވެ. އޭގެ ތެރެއިން ފާއިތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި އެކަކު އެ ބައްޔަށް ޕޮޒިޓިވް ވެފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ. އެހެންކަމުން މި ނބައްޔަށް ޕޮސިޓިވް މީހުން މިވަނީ 7 އަށް އަރާފައެވެ.

ރާއްޖޭގައި ހިމަބިހި ފެތުރުން ކޮންޓްރޯލް ކުރުމަށް ސަރުކާރުން ދަނީ ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މިބަލި ޖެހުމުގެ ފުރުސަތު ބޮޑީ ވެކްސިން ނުޖަހާ ފަރާތްތައް ކަމަށް ވުމާއެކު، ވެކްސިން ނުޖަހާ ތިިބި ފަރާތްތަކަށް ވެކްސިން ދިނުމުގެ ބޮޑު ކެމްޕޭނެއް ވަނީ ފަށައިފައެވެ.އަދި ހިމަބިއްސަށް ސްކްރީން ކުރެވޭނެ އިންތިޒާމްތައް ވެސް ވަނީ ހަމަޖައްސައިފައެވެ.

މިހާތަނަށް 4050 މީހުންނަށް ވެކްސިން ދީފައިވާނެ ކަމަށާއި، 113 މީހަކު ބައްޔަށް ޓެސްޓުކޮށްފައިވާ ކަމަށް ހެލްތު މިނިސްޓްރީން ބުނެއެވެ.