އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާއި މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ބަލިކޮށްލެވޭނެ މީހަކު މި ރާއްޖޭގައި ނެތް ކަމަށް ރައީސް ނަޝީދު ވިދާޅުވެއްޖެއެވެ.
ކ. ގުރައިދޫއަށް ވަޑައިގެން އެރަށުގައި ގާއިމް ކޮށްފައިވާ އެމްޑީޕީގެ ހަރުގެ ހުޅުވި ރަސްމިއްޔާތުގައި ވަހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީން ތިބީ މޮޅުވާން ނުކުމެ ކަމަށާއި އެމްޑީޕީއާ ވާދަކުރެވޭނެ އެއްވެސް ސިޔާސީ ޕާޓީއެއްވެސް އަދި ސިޔާސީ ވެރިއެއްވެސް މި ރާއްޖޭގައި ނެތް ކަމަށެވެ.
އަދި ނަޝީދާއި ރައީސް ސޯލިހް ބަލިކޮށްލެވޭނެ މީހަކު ހުރެއްޖެނަމަ އެމީހަކު އައިސް ވާދަކުރެއްވި ނަމަވެސް ބޮޑުތަނުން ބަލިކޮށްލައްވާނެ ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.
މީގެ އިތުރުން ނަޝީދު ވިދާޅުވީ ޕީޕީއެމްއަކީ ލާމަރުކަޒީ ނިޒާމެއް ހިންގުމުގެ އެއްވެސް ވިސްނުމެއް ނެތް ބައެއް ކަމަށާއި އެކަމުގެ ގާބިލް ކަންވެސް ނެތް ބައެއް ކަމަށެވެ. އަދި އެކަން ކުރާ ގޮތަކީ ކޮބައިތޯ ދެނެގަންނަން ޕީޕީއެމްގެ ބޭފުޅުންނަށް އިނގެން ފަށައިގެންފާއިވެސް ނުވާކަމަށާއި އެއީ އެންމެންވެސް ގަބޫލު ކުރާނެ ހަގީގަތެއް ކަމަށް ވިދާޅުވެ ނަޝީދު ވަނީ ޕީޕީއެމްއަށްވެސް ފާޑުވިދާޅުވެފައެވެ.
ރަގަޅަށް ރާބޮއިގެން އަރައި ފިއްޔާ ދެންކިޔޭ ނުކިޔޭއެއް ވެސް ނޭގޭނެ އެއްނު ހަމަގަ ހުރެގެންތާ ރަގަޅު ވަހަކައެއް ދެއްކޭނީ ޤައުމުގަ ހުޅުޖަހާ އަންދާލުމާއި ލާދީނީ ކަންތަން އެމް ޑީ ޕީ އަށް އެގޭނީ ދެން ވޯޓް ފޮށިންނާއި ޤައުމުގެ ލާރިގަޑު ކާލައި ރައްޔިތުން ހަނާކުރަން އެގޭނީ !!!!
ބޮޑާ ބަސް ނުބުނޭ ތިކަން ނިމިދާނެ....
ހާމާނާ ފިރުއައުނު ވަކިވިތަ ؟؟؟
ގަދަބަސް ނުބުނޭ، 2008ގަ ވެރިކަން ލިބުނީމަ ބުނި 50 އަހަރު ވެރިކަން ކުރާނަމޭވެސް، އެކަމަކު ﷲ އެކަމެއް މިވަރެއް ނުކޮށްދެެއްވި. ބާކީ 48 އަހަރު އޮށްވަ ވެރިކަން ވެއްޓިއްޖެ. އީމާންތެރިކަން ނެތް ކޮންމެ މީހެއްގެ އަނގައިން ތިބާވަތުގެ ބަސްތައް ބޭރުވާނެ. އާހިރުގަ ހުރިހާ ގެއްލުމެއް ޕާޓީއަށްޓަކައި ގުރުބާންވި ނިކަމެތި ރައްޔިތުންނަށް.
އެހެންވެދޯ ވެރިކަމަށް ދެއަހަރުގަ ވެރިކަން ދޫކޮށް ފިލާ ރައްކާވީ.
ރާއްޖޭގައި އެކި ސިފާގައި ލާމަރުކަޒީ ނިޒާމް އޮންނަތާ އެތަށް ޒަމާނެއްވެއްޖެ. މިހާރުގެ ލާމަރުކަޒީ ނިޒާމް ފަށާގަތީ މަޢުމޫނުގެ ވެރިކަމުގަ. އަމަލީގޮތުން މިމަސައްކަތުގަ އެއްމެ ބޮޑަށް މަސައްކަތްލުރެއްވި އެއްބޭފުޅަކީ ވަހިއްދީން. ނަޝީދަކީ މި ނިޒާމް ހަލާކުކޮށްލި މީހާ އަތޮޅުތަކުގަހުރި ރައްޔަތުންއެއްކޮށްފަހިރި ލާރިކޮޅު މާލެ ގެނެސް އެފައިސާއަށް ހެދިގޮތެއްވެސް ނޭގެ. އިލްމީ ދިރާސާއެއްހަދާފިނަމަ ނަޝީދުގެ ފަރާތުން ދިވެހިންނަށް އަދި ދިވެހިރާއްޖެ އަށް ލިބެމުންދަނީ ބޮޑެތިގެއްލުންތަށްކަން ރާއްޖޭގެ ކޮށްމެ ރައްޔަތަކަށްވެސް އެގޭނެ. ބާރަކީ ﷲ ދެއްބާއެއްޗެއް.
ޙެހެހެހެ އަނގައިން މޮޅުވާނެ މަރުމޯލުން ވޯޓުވެސް ލާނެ ތިޔަވައްތަރު މުޅިރާއްޖޭގައި
ކަލޭ އަނގައޭ ކިޔާބަލަ. މީދެން މާ މޮޅުވެގެން އުޅޭ މީހެއް. ކަލެއާ ހުރެ ސޯލިހަށް އެއުޅެނީ ހިންދަމާނުލެވިގެން.