ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕޭނަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، މާލެ އަތޮޅު ގުރައިދޫއަށް ވަޑައިގެންފިއެވެ.

ރައީސް، ގުރައިދޫއަށް ވަޑައިގަތުމުން އެރަށުގެ ރައްޔިތުން ވަނީ އެމަނިކުފާނަށް ހޫނު މަރުހަބާއެއް ދަންނަވާފައެވެ. އެމަނިކުފާނަށް މަރުހަބާ ދެންނެވުމަށް މަޖިލިސް ރައީސް މުހައްމަދު ނަޝީދުވެސް ހުންނެވިއެވެ. ރައީސް ނަޝީދު އެރަށަށް ވަޑައިގެންފައިވަނީ މިއަދު ހަވީރުގެ ވަގުތެއްގައިއެވެ.

ރައީސްގެ މި ދަތުރުފުޅަކީ އެރަށުގައި ގާއިމް ކޮށްފައިވާ އެމްޑީޕީގެ ހަރުގެ ހުޅުވައިދެއްވުމަށް ކުރައްވާ ދަތުރުފުޅެކެވެ. މިދަތުރުފުޅުގައި އެމްޑީޕީގެ އިސްވެރިންވެސް ބައިވެރިވެވަޑައިގެންފައިވެއެވެ.

ލޯކަލް ކައުންސިލް އިންތިހާބަށް އެމްޑީޕީން ވަނީ ކެމްޕޭންތައް ފަށާފައެވެ. އެގޮތުން އެމްޑީޕީގެ އުތުރުގެ މާހަސިންތާގައި ރައީސް ސޯލިހާއި ނަޝީދު ބައިވެރިވެވަޑައިގެންނެވިއެވެ. އުތުރު މަހާސިންތާ ބާއްވާފައިވަނީ ހދ. ކުޅުދުއްފުށީގައެވެ.