ކުޅުދުއްފުށި ސިޓީގެ ދާއިރާތައް ކަނޑައެޅުމަށް މިރޭ އެ ސިޓީގައި އިލެކްޝަންސް ކޮމިޝަނުން ބާއްވާ ބައްދަލުވުމުގައި ބައިވެރިވުމަށް އިދިކޮޅު ކޯލިޝަނުން ފުރައިފިއެވެ.

ޕީޕީއެމްގެ ނާއިބު ރައީސް، ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ މިރޭ ކުޅުދުއްފުށީގައި އިލެކްޝަނުން ބާއްވާ ގުރު ނެގުމުގެ ރަސްމިއްޔާތުގައި ބައިވެރިވުމަށް ޕީޕީއެމް އަދި ޕީއެންސީގެ މެންބަރުން ވަޑައިގަންނަވާނެ ކަމަށެވެ.

ލޯކްލް ކައުންސިލް އިންތިހާބުގެ ކެމްޕޭނަށް ލ. އަތޮޅަށާއި މ. އަތޮޅުގެ އިތުރުން ދ. ކުޑަހުވަދޫ ގައި ޕީޕީއެމް ޕީއެންސީން ވަނީ ޖަލްސާ ބާއްވާފައެވެ.

ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ ޓިކެޓުގައި ލޯކަލް ކައުންސިލް އިންތިހާބަށް ވާދަކުރުމަށް ހުޅުވާލި ފުރުސަތުގެ މުއްދަތު ވަނީ އިތުރު ކޮށްފައެވެ.

ޕީޕީއެމުން ކުރި ޓްވީޓުގައި ބުނެފައިވަނީ، އެ ޕާޓީގެ ޓިކެޓުގައި ކުރިމަތިލުމަށް ބޭނުންވާ ފަރާތްތަކުން އެ މުއްދަތު ޖެނުއަރީ 13 ވަނަ ދުވަހުގެ ހަވީރު 16:00 އަށް އިތުރު ކޮށްފައިވާ ކަމަށެވެ. ޕީޕީއެމްގެ ޓިކެޓުގައި ކައުންސިލް އިންތިހާބުގައި ވާދަކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން އެޕާޓީގެ މައި އޮފީސް ހ.ހުރަފައަށް ނުވަތަ [email protected] އަށް މެއިލްގެ ޒަރިއްޔާއިން ފޯމު ހުށަހެޅުމަށް ވަނީ އެދިފައެވެ.