ހޮލީވުޑްގެ މަޝްހޫރު ފިލްމް ޕްރޮޑިއުސާ ހާވީ ވައިންސްޓީންއާ ދެކޮޅަށް ޖިންސީ ގޯނާއާއި ފުރައްސާރައިގެ އިތުރުން ރޭޕްގެ ދައުވާތަކެއް އެމެރިކާގެ 2 ކޯޓެއްގައި އުފުލާ، މައްސަލަ ބަލަން ފަށައިފިއެވެ.

ވައިންސްޓީންއާއި ދެކޮޅަށް އުފުލާފައިވާ ޖިންސީ ގޯނާއާއި ރޭޕްގެ ދައުވާތަކާ ގުޅިގެން އޮތް ޝަރިއަތުގެ އަޑުއެހުންތަކަށް އޭނާ އިއްޔެ ވަނީ ހާޒިރުވެފައެވެ.

އެލްއޭގައި މައްސަލަ ބަލަމުންދަނިކޮށް ހާވީ ވައިންސްޓީންއާއި ދެކޮޅަށް ދައުވާ އުފުލާފައިވަނީ ނިއު ޔޯކްގެ ކޯޓެއްގައެވެ.

ލޮސް އެންޖަލީސް ކޯޓުގައި ބަލަމުންދަނީ 2013 ވަނަ އަހަރު 2 ދުވަހެއްގެ މަތިން 2 އަންހެނަކަށް ހާވީ ވައިންސްޓީން ޖިންސީ ގޯނާއާއި ފުރައްސާރަ ކުރި މައްސަލަތަކެކެވެ. މި ކުށްތައް އޭނާގެ މައްޗަށް ސާބިތުވެއްޖެނަމަ 28 އަހަރުގެ ޖަލު ހުކުމެއް އޭނާގެ މައްޗަށް އިއްވާނެއެވެ.

ނިއު ޔޯކްގައިވެސް ކުރިއަށްދަނީ ޖިންސީ ގޯނާއާއި ރޭޕްގެ މައްސަލަތަކެކެވެ.

ހާވީ ވައިންސްޓީން ބުނާ ގޮތުގައި އޭނާ ކުރިކަމެއް ކޮށްފައިވާނީ އެ ކަމުގައި ހިމެނޭ އަންހެނުންގެ ރުހުމާއެކުގައެވެ. ނަމަވެސް އޭނާގެ ސަބަބުން އެމީހުންނަށް ބޮޑެތި 'އަނިޔާތަކެއް' ލިބިފައިވާނެކަމަށް އޭނާ ވަނީ އިއުތިރާފުވެފައެވެ.

ކަންމިހެން އޮތްއިރު ހާވީ ވައިންސްޓީންގެ ވަކީލުން ވަނީ އޭނާއާއި ދެކޮޅަށް އުފުލާފައިވާ ދައުވާއަށް ވަރުގަދަ ރައްދެއް ދޭނެ ކަމަށް ބުނެފައެވެ.

ފިލްމީ ދާއިރާގެ މަސައްކަތުގެ މައިދާނުގައި ޖިންސީ ގޯނާއާއި ފުރައްސާރައިގެ އިތުރުން ރޭޕްގެ މައްސަލަތައް ހުރިކަން ފާހަގަކޮށް ހޮލީވުޑްއާއި ބޮލީވުޑްއިން އުފެދިގެން އައި "މީޓޫ" ހަރަކާތުގެ ފެށުން އައީވެސް ހާވީސް ވައިންސްޓީންގެ ފަރާތުން އަނިޔާ ލިބުނު ތަރިންނާ ހިސާބުންނެވެ.