އިންޑިއާގެ އުއްތަރަ ޕްރަދޭޝްގައި މުސްލިމުންނަށް އަނިޔާކުރާ ކަމަށް ވިދާޅުވެ، ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ހާން ސޯޝަލް މީޑިއާއަށް ދޫކުރައްވާފައިވާ ޕޯސްޓްގައި ހިމެނޭ މަންޒަރުތަކަކީ، މީގެ 7 އަހަރު ދުވަސް ކުރިން ބަންގްލަދޭޝްގައި ހިންގި ހަމަނުޖެހުންތަކެއްގެ މަންޒަރުތަކެއް ކަމަށް ވިދާޅުވެ، އިންޑިއާއިން އދއަށް ކަނޑައަޅާފައިވާ ހުންނަވާ ދާއިމީ މަންދޫބު ސައްޔިދު އަކްބަރުއްދީން، ޕާކިސްތާނުގެ ބޮޑުވަޒީރަށް ބަހުގެ ވަރުގަދަ ހަމަލާތަކެއް ދެއްވައިފިއެވެ.

އިންޑިއާގެ އެކްސްޓާނަލް އެފެއާ މިނިސްޓްރީގެ ތަރުޖަމާޏު ރަވީޝް ކުމާރުވެސް ވަނީ، ހަގީގަތާ ހިލާފަށް، އަސްލެއް ނެތް ވީޑިއޯތައް އިންޓަނެޓްއަށް ދޫކުރައްވާކަމަށް ތުހުމަތުކުރައްވާ، އިމްރާންއަށް ފާޑުވިދާޅުވެފައެވެ.

އިންޑިއާގެ އުއްތަރަ ޕްރަދޭޝް ކަމަށް ވިދާޅުވެ އިމްރާން ކުރެއްވި ޕޯސްޓްގައި ހިމެނޭ ވީޑިއޯގައި، ބަންގްލަދޭޝްގެ އެންޓި-ޓެރަރިޒަމް ގޮތްޕެއްގެ އައްޑަނަތަކެއް ސާފުކޮށް ފެންނަ ކަމަށް އިންޑިއާއިން ބުނެއެވެ. އަދި އެއީ ބަންގްލަދޭޝްގައި ހިނގާދިޔަ ކަމެއް ކަން ސާފުވާ ކަމަށްވެސް އިންޑިއާއިން ވަކާލާތުކުރެއެވެ.

ކަންމިހެން އޮތްއިރު، އިމްރާން ހާން ވަނީ އެ ވީޑިއޯ ހިމެނުނު ޕޯސްޓް ޑިލީޓްކުރައްވާފައެވެ.