ސްރީލަންކާ ވައިގެ އަސްކަރިއްޔާއިން ފޯރިމެރުމުގެ އޮޕަރޭޝަންއެއްގައި ބޭނުންކުރަމުންދިޔަ ހެލިކޮޕްޓަރެއް ވެއްޓި، 4 މީހުން މަރުވެއްޖެއެވެ.
މިހާތަނަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު، އޫވާ ޕްރޮވިންސްގެ ހައްޕުޓާލޭ ސަރަހައްދަށް ހެލިކޮޕްޓަރު ވެއްޓުނު ހާދިސާގައި މަރުވެފައިވަނީ ސްރީލަންކާ އެއާފޯސްގެ 2 ޕައިލެޓުންނާ، ފްލައިޓްގައި ތިބި އޮބްޒާވަރުން ކަންވަނީ ހާމަވެފައެވެ.
ވެއްޓިފައިވަނީ އަސްކަރީ ހެލިކޮޕްޓަރެއްކަން، ސްރީލަންކާގެ އަސްކަރިއްޔާއިންވެސް ވަނީ ކަށަވަރުކޮށްދީފައެވެ.
މިހާދިސާގައި އެކި މީހުންނަށް އެކި ވަރުގެ އަނިޔާތައް ލިބިގެންވެސް ވަނީ ރިޕޯޓްކޮށްފައެވެ.
މިހާދިސާ ހިނގާފައިވަނީ ސްރީލަންކާ ގަޑިން ހެނދުނު 09:00 އާއި 10:00 އާއި ދެމެދު ވަގުތެއްގައި ކަމަށް ބެލެވެއެވެ. ނަމަވެސް ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އަދި ސާފުވާ ގޮތެއް ނުވެއެވެ.