ކުރީގެ ރައީސް އަބްދުﷲ ޔާމީން، ސައުދީ ސަރުކާރާ ގުޅިގެން ފ އަތޮޅުގައި ހިންގަން ރޭވި މަޝްރޫ ކުރިއަށް ދިޔަނަމަ ބޮލަކަށް 20 ހާސް ޑޮލަރު ޖެހޭނެ ކަމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި ޕީއެންސީގެ ނައިބް ރައީސް މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ކުރީގެ ރައީސް ޔާމީނަށް އިއްވާފައިވާ ޖަލު ހުކުމާ ދެކޮޅަށް އަޑުއުފުލުމަށް ލ.ފޮނަދޫގައި ބާއްވާ ޖަލްސާގައި ވާހަކަ ދައްވަކަމުން ސައީދު ވިދާޅުވީ ސައުދީ ސަރުކާރާ ގުޅިގެން ފ އަތޮޅުގައި އެ މަޝްރޫ ހިންގުނު ނަމަ ރާއްޖޭގެ ކޮންމެ ރައްޔިތެއްގެ ބޮލަށް 20 ހާސް ޑޮލަރު ޖެހޭނެ ކަމަށެވެ.
މީގެ އިތުރުން ސައީދު ވިދާޅުވީ ރައީސް ޔާމީނުގެ ސަރުކާރުގައި ދިވެހިރާއްޖޭގެ ކޮންމެ އަތޮޅަކަށް އިގްތިސޯދީ ހައްލެއް އޮތް ކަމަށާއި ކޮންމެ އަތޮޅަކަށް ތަސައްވުރެއް އޮތް ކަމަށެވެ. އޭގެ ތެރެއިންވެސް ފާހަގަ ކޮށްލެވޭ އެންމެ ބޮޑު މަޝްރޫއަކީ ފ އަތޮޅުގެ މަޝްރޫއު ކަމަށް އެނާ ވިދާޅުވިއެވެ.
އެގޮތުން އެ މަޝްރޫއުއާ ދެކޮޅަށް އެމްޑީޕީން ތެދުވި ކަމަށާއި އެކަމާ ދެކޮޅަށް ކެމްޕޭނުވެސް ކުރި ކަމަށެވެ.
މުޅި ސައުތު އޭޝިޔާގައި އުފެދޭނެ އެންމެ ބޮޑު އިންވެސްތްމަންޓް ފ އަތޮޅުގައި ހަދަން ބޭނުންވި ނަމަވެސް އެމްޑީޕީން ވަނީ އެކަން ކާމިޔާބު ވިޔަ ނުދިނުމަށްޓަކައި ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކޮށް އެކަމަށް ރާއްޖޭގެ ހުރިހާ ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފައްދާފައި ކަމަށްވެސް ސައީދު ވަނީ ބުނެފައެވެ.
އަދި ފ އަތޮޅުގެ މަޝްރޫ އަކީ ދުނިޔޭގެ ފެންވަރުގެ ފައިނޭންޝަލް ޕްރޮޖެކްޓެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އަދި މި މަޝްރޫއުއަކީ ދިވެހި ދައުލަތުގެ ފައިސާއިން ހިންގަން އުޅުނު މަޝްރޫއުއެއް ނޫން ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ.
ޔާމިންގެ ސަރުކާރުގައި ފ އަތޮޅުގެ މައްސަލަ ބޮޑުވީ މުޅި އަތޮޅު ވިއްކާލަން އުޅުނުކަމަށް ބުނެއެވެ.
ތިބުނާ އެމް ޑީޕީން އިދިކޮޅު ހެދި އެހެންޕްރޮޖެކްޓްތައް ނުހުއްޓި ކުރިޔަށް ދިޔައީ ކީއްވެކަން އަދި ކިހިނެއްކަން ސައީދު އިޙްލާސްތެރި ކަމާއި އެކުގައި ރައްޔިތުންނަށް ބުނެދިނުން ވަރަށް މުހިންމު ތީގަ އިބޮއޮތް އަަޑި ނޭގޭ ކިތަންމެ ކަމެއް........ ރައްޔިތުން ގުބޯ ނުހައްދަމާ..........