ލައިގެން ހުންނަ އަންނައުނުންވެސް ޓެކްސް ނަގާނެ ކަމަށް ވިދާޅުވެ ޕީއެންސީގެ ނައިބް ރައީސް އަދި ބާރަށު ދާއިރާގެ ކުރީގެ މެންބަރު އިބްރާހީމް ޝުޖާއު މި ސަރުކާރަށް ފާޑުވިދާޅުވެއްޖެއެވެ.
ޝުޖާއު މިހެން ވިދާލުވެފައި ވަނީ މޯލްޑިވް ގޭހުގެ ހިދުމަތްތަކުން ޖީއެސްސީ ނަގަން ނިންމާފައި ވާކަން އެކުންފުނިން މުވައްޒަފުންނަށް އެންގުމާ ގުޅިގެން ފޮނުވި މެމޯއެއް ޓްވީޓާގައި ހިއްސާކުރަމުންނެވެ.
މޯލްޑިވް ގޭސް އިން ނެރެފައިވާ އިންޓާނަލް މެމޯއެއްގައި ބުނެފައި ވަނީ ހަ ޕަސެންޓް ޖީއެސްޓީއެއް ނަގަން ނިންމާފައި ވަނީ މޯލްޑިވް ގޭސް އިން އެލްޕީޖީ ރަޖިސްޓްރޭޝަން ފީގެ ގޮތުގައި ނަގަމުންދާ ފައިސާއިންނެވެ.
އެލްޕީޖީ ރަޖިސްޓްރޭޝަން ފީގެ ގޮތުގައި ނަގަމުންދާ ފައިސާއިން ޖީއެސްޓީ ނަގަން ފަށާނީ މާދަމާ އިން ފެށިގެން ކަމަށްވެސް އެ މެމޯގައި ބުނެއެވެ.
އެލްޕީޖީ ރަޖިސްޓްރޭޝަން އިން ޖީއެސްޓީ ނަގަން ނިންމި ނަމަވެސް މޯލްޑިވް ގޭސްގެ އެއްވެސް ހިދުމަތެއްގެ އަގަށް ބަދަލެއް އަންނާނެކަން ނުވަތަ ނޫންކަން އަދި މޯލްޑިވް ގޭހުން ހާމަކޮށްފައެއް ނުވެއެވެ.
ނަގަން ކެރެއްންޔާ ދޭނަން