ނިމިގެން މިދާ 2019 ވަނަ އަހަރު އެންމެ ގަޔާވެވަޑައިގެންނެވުނު ލަވައަކީ، އިންޑިއާގެ ޒުވާން މިއުޒީޝަން ޕްރަތީކް ކުހަދުގެ "ކޯލްޑް/މެސް"ކަމަށް ވިދާޅުވެ، އެމެރިކާގެ ކުރީގެ ރައީސް ބަރާކް އޮބާމާ، މިއުޒިކީ ދުނިޔެ ސިއްސުވާލައްވައިފިއެވެ.

އޮބާމާއަށް ކުހަދުގެ ލަވަ ކަމުދިޔަ ކަމުގެ ޚަބަރާއެކު މުޅި އިންޑިއާވެސް ވަނީ އެކަމުގެ އުފާފާޅުކުރަން ފަށާފައެވެ. އެގޮތުން ޚުދު ކުހަދުވެސް ވަނީ، ވެގެންދިޔަ ކަންތައް ގަބޫލުކުރަން ދަތި ކަމަށާ، އޮބާމާއާއި ހިސާބަށް އެ ލަވަ ދިޔަ ގޮތަކާ މެދުވެސް ހައިރާންވާ ކަމަށް ބުނެފައެވެ.

2015 ވަނަ އަހަރުން ފެށިގެން މިއުޒިކީ ދާއިރާގައި ހަރަކާތްތެރިވަމުން އަންނަ ކުހަދުގެ މަސައްކަތްކުރަމުން އަންނަނީ އިންޑިޕެންޑެންޓް މިއުޒީޝަނެއްގެ ގޮތުގައެވެ.