މޯލްޑިވްސް އިމިގްރޭޝަން އިން ކޯލް ސެންޓޜެއް ހުޅުވައިފިއެވެ.

އިމިގްރޭޝަނުން ބުނީ އެ އޮފީހުން ފޯރުކޮށްދޭ ހުރިހާ ހިދުމަތްތަކެއް މި ސެެންޓަރުގެ ނަމްބަރު 1434 އަށް ގުޅުމުން ލިބިގެން ދާނެ ކަމަށެވެ.

އިމިގްރޭޝަންގައި ކޯލް ސެންޓަރެއް ނެތުމުން އެތަނުގެ ހިދުމަތްތަކާ ގުޅޭ މައުލޫމާތު ހޯދަން ގުޅާ ފަރާތްތަކުގެ ޝަކުވާ ގިނަ ކަމަށް އެތަނުގެ ކޮންޓްރޯލާ ޖެނެރަލް މުހައްމަދު އަހުމަދު ހުސެއިން (ހަނަފީ) ކޯލް ސެންޓާ ހުޅުވުމުގެ ރަސްމިއްޔާތުގައި ވަނީ ވިދާޅުވެފައެވެ. އަދި އެ އުނދަގޫތަކައް ހައްލެއް ލިބުނީ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އިއްޔެ އިމިގްރޭޝަންގައި ބޭއްވި ރަސްމިއްޔާތެއްގައި މި ކޯލް ސެންޓަރު ހުޅުއްވައިދެއްވީ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީއެވެ.

މާރިޔާ ވިދާޅުވީ މި ކޯލް ސެންޓަރާ އެކު ރައްޔިތުންނަށް ގިނަ ފައިދާތަކެއް ލިބޭނެ ކަމަށެވެ. އަދި ރާއްޖޭގެ ކޮންމެ ތަނެއްގައި ހުރި ދިވެއްސަކަށް ވެސް އިމިގްރޭޝަނުން ފޯރުކޮށްދޭ މައުލޫމާތު ފަސޭހައިން ލިބުމަކީ ރަނގަޅު ފެށުމެއް ކަމަށް ވެސް ވިދާޅުވިއެވެ.