34 ވަނަ "އިންފޯފިޝް ގަވާނިން ކައުންސިލް" ބައްދަލުވުން ރާއްޖޭގައި ފަށައިފިއެވެ.

ޗަމްޕާ ސެންޓްރަލް ހޮޓަލުގައި މިމަހުގެ 16 އިން 19 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މިބައްދަލުވުމުގައި ފިޖީގެ "މިނިސްޓަ އޮފް ފިޝަރީޒް ހިޒް އެކްސެލެންސީ ސެމީ ކޮރޮއިލަވެސައު" ވަނީ ބައިވެރިވެ ވަޑައިގެންފައެވެ. އެމަނިކުފާނު ރާއްޖެ ވަޑައިގެންފައި ވަނީ މިމަހުގެ 14 ވަނަ ދުވަހުއެވެ.

އިފޯފިސިން ގަވާނިން މީޓިން" ގައި ފިޝަރީޒް މިނިސަާޓާ ޒަހާ ވަޙިދު ބަިެިވެރިވެ ވަޑައިން / ފޮޓޯ: ހަސަން އަތޫފް | ދަ ފްރެސް"

ރާއްޖޭގައި މިބާއްވާ ކައުންސިލްގެ ބައްދަލުވުމުގައި އިންފޯފިޝްގެ 7 މެންބަރު ގައުމަކުން ބައިވެރިވާނޭ ކަމަށް ފިޝަރީޒް މިނިސްޓްރީން މައުލޫމާތު ދެއެވެ. މިއަހަރުގެ އިންފޯފިޝް ގަވާނިން ކައުންސިލްގެ ރިޔާސަތު ބަލަހައްޓަމުން ގެންދަނީ ދިވެހިރާއްޖޭން ކަމަށްވެސް އެ މިނިސްޓްރީން މައުލޫމާތު ދެއެވެ. މިއަހަރު ރާއްޖޭގައި މި ބާއްވާ އިންފޯފިޝްގެ ބައްދަލުވުމުގައި އެފް.އޭ.އޯގެ މަންދޫބުންގެ އިތުރުން، އިންޓަނޭޝަނަލް 2 އޮބްސާވަރުން ބައިވެރިވާނޭ ކަމަށްވެސް ފިޝަރީޒް މިނިސްޓްރީމް މައުލޫމާތު ދެއެވެ.

"އިންފޯފިޝް" އަކީ، ދުނިޔޭގެ ކާބޯތަކެއްޗާއި ބެހޭ ޖަމިއްޔާ (އެފް.އޭ.އޯ) ގެ އެހީތެރިކަމާއެކު ހިންގާ، ސަރަހައްދީ މެންބަރު ގައުމުތައް ތަމްސީލުކުރާ ޖަމިއްޔާއެކެވެ. މިޖަމްއިއްޔާގައި 13 މެންބަރު ގައުމު އެކުލެވެއެވެ.

އިންފޯފިޝް ގަވާނިން ކައުންސިލް" ބައްދަލުވުން ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން / ފޮޓޯ: ހަސަން އަތޫފް | ދަ ޕްރެސް"

"އިންފޯފިޝްއިން އޭޝިޔާއާއި ޕެސިފިކް" ގައުމުތަކުގެ މަސްވެރިކަމާ އެކުއާކަލްޗާ ކުރިއަރުވާ ބައިނަލްއަގްވާމީ ވިޔަފާރި ފުޅާކުރުމަށް އެހީތެރިވެދީ މާކެޓްތަކާއި ގުޅުވައިދިނުމަށް މަގު ފަހިކޮށްދެއެވެ.

ދުނިޔޭގައި ކަނޑުމަހުގެ މަސްވެރިކަމާ ގުޅޭގޮތުން ބާއްވާ އެންމެ ބޮޑު ކޮންފަރެންސް އިންތިޒާމް ކުރަނީ އިންފޯފިޝްއިންނެވެ. އިންފޯފިސް ޓޫނާ ކޮންފަރެންސް އަކީ ކޮންމެ 2 އަހަރަކުން އެއް އަހަރު އިންތިޒާމު ކުރަމުން ގެންދާ އިވެންޓެކެވެ. މީގެއިތުރުން އިންފޯފިޝް އިން މަސްވެރިކަމާއި އެކުއާކަލްޗާ ގެ ބައެއް ޕްރޮޖެކްޓްތައް، އެހީ ދޭ ބައެއް ޖަމްއިއްޔާ ތަކާ ގުޅިގެން ހިންގަމުން ގެންދެއެވެ. އިންފޯފިޝް މެދުވެރިކޮށް މަސްވެރިކަމާއި އެކުއާކަލްޗާގެ ވިޔަފާރި މާކެޓް ކުރުމާގުޅޭ ފަންނީ ލަފަޔާ މަޝްވަރާ، އިންފޯފިޝް މެދުވެރިކޮށް މެންބަރު ގައުމުތަކަށް ލިބޭނޭ ނިޒާމެއްވެސް ވަނީ ހަމަޖެހިފައެވެ.