މިދިޔަ މަހު 160 މީހަކު ރާއްޖެއަށް އެތެރެވިޔަ ނުދީ ފޮނުވާލާފައިވާ ކަމަށް މޯލްޑިވްސް އިމިގްރޭޝަން އިން ބުނެފިއެވެ.

މިގްރޭޝަނުން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ މަހު 2314 ފަރާތަކަށް، އަލަށް ވޯކް ވިސާ ވަނީ ދޫކޮށްފައެވެ. އަދި 160 މީހަކު އަނބުރާ ފޮނުވާލިއިރު، އޮފްލޯޑު ކުރި ފަސިންޖަރުންގެ އަދަދު 149 އަށް އަރައެވެ.

ހަމައެއާއެކު ވަގު މައުލޫމާތު އޮޅުވާލައިގެން ރާއްޖޭން ފުރަން މަސައްކަތްކުރި 7 މައްސަލައެއް މިދިޔަ މަހު ފާހަގަވެފައިވާ ކަމަށް އިމިގްރޭޝަނުން ބުނެ އެވެ.

މީގެ އިތުރުން މިދިޔަ މަހު ޖުމްލަ 164،361 މީހުން ރާއްޖެއަށް އެތެރެވެފައިވާއިރު، އޭގެ ތެރެއިން ފަތުރުވެރިންގެ އަދަދަކީ 138،654 އެވެ.

ރާއްޖޭން ފުރި މީހުންގެ އަދަދު 169،170 އަށް އަރާއިރު، އޭގެ ތެރެއިން ދިވެހިންގެ އަދަދަކީ 22،071 އެވެ.