ޖާން ޔަމާންއާއެކު އެއްވެސް މަސައްކަތެއްގެ ލީޑު ރޯލުން ފެންނަން ބޭނުން ނުވާ ކަމަށް ތުރުކީވިލާތުގެ މަޝްހޫރު ބަތޮލާ ޕިނާރު ޑެނީޒް ބުނެފިއެވެ.

ޖާން ޔަމާންއާއިއެކު މީގެ ކުރިންވެސް މަސައްކަތްކޮށްފައިވާ ޕިނާރު ޑެނީޒް މިފަދަ ނިންމުމެއް ނިންމާ، ކުރިއަށް އޮތް ޕްރޮޖެކްޓްގައި ޖާން ޔަމާންއާއިއެކު މަސައްކަތް ނުކުރާނެ ކަން ހާމަކޮށްފައިވަނީ ޖާން ޔަމާންގެ ވާހަކަ ހުރި ގޮތުގެ ސަބަބުން ކަމަށް ބުނެއެވެ.

ބޭރުގެ މީޑިއާއަކަށް ދިން އިންޓަވިއުއެއްގައި ޖާން ޔަމާން ވަނީ، އޭނާއާއިއެކު ލީޑުގައި މަސައްކަތްކުރާ ތަރިއަކީ އޭނާއާއިއެކު 'ޖިންސީ ގޮތުން ގުޅުން' ހިންގޭ 'ފެންވަރުގެ' މީހަކަށް ވާންޖެހޭނެކަމަށް ބުނެފައެވެ. ޕްރޮޖެކްޓްތަކަށް ކާސްޓުން ހޮވަން ވާނީވެސް އެކަންކަމަށް ބަލާފައި ކަމަށް ޖާން ޔަމާން ވަނީ ބުނެފައެވެ.

ތުރުކީވިލާތުގެ ޓީވީ ޝޯތަކުން ގިނަ ބައެއްގެ ހިތް ފަތަހަ ކުރަމުންދިޔަ ޖާން ޔަމާންގެ މި ކޮމެންޓްއާއިއެކު ގިނަ ބައެއްގެ ފާޑުކިއުންތައްވެސް އޭނާއަށް ވަނީ އަމާޒުވެފައެވެ.

ޖާން ޔަމާންއާއިއެކު ލީޑް ރޯލެއްގައި މަސައްކަތް ނުކުރާނެކަން ޕިނާރު ޑެނީޒް ހާމަކުރުމާއެކު، އެ ޕްރޮޖެކްޓް މިވަގުތު އޮތީ މަޑުޖައްސާލާފައި ކަމަށް ޚަބަރު ލިބެއެވެ.