އިންޑިއާގެ ވެރިރަށް ނިއު ދިއްލީގެ ރާނީ ޖާންސީ ރޯޑްގައި ހުންނަ ގެއެއްގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއެއްގައި މަރުވި މީހުންގެ އަދަދު 32 އަށް އަރައިފިއެވެ.

އަލިފާނުގެ ހާދިސާ ހިނގި އިމާރާތުގެ ތެރެއިން 50 މީހަކު ސަލާމަތް ކޮށްފައި ވާއިރު، އަދިވެސް ގިނަ ބަޔަކު އެތެރޭގައި ތާށިވެފައި ތިބުމުގެ ބިރުވެރިކަން އެބައޮތް ކަމަށް އިންޑިއާގެ ކަމާބެހޭ ފަރާތްތަކުން ބުނެއެވެ.

އިންޑިއާގެ ވެރިރަށް ނިއު ދިއްލީގެ ރާނީ ޖާންސީ ރޯޑްގައި އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދުގައި ކަމާބެހޭ ފަރާތްތަކުން ހަރަކާތްތެރިވަނީ/ފޮޓޯ: އޭއެންއައި

ހާދިސާ ހިނގައިގެން އުޅޭ ސަރަހައްދުގައި ހަރަކާތްތެރިވާ ބައެއް ފަރާތްތަކުން ބުނާ ގޮތުގައި، އަލިފާނުގެ ހާދިސާ ހިނގުމާއެކު އަލިފާން ނިއްވާ 15 ވަރަކަށް އުޅަނދު ވަނީ އެސަރަހައްދަށް ގޮސްފައެވެ.

އަލިފާނުގެ ހާދިސާއާއި ގުޅޭ އިތުރު ތަފްސީލެއް އަދި ލިބޭ ގޮތެއް ނުވެއެވެ. މީހާ ގިނަ އަދަދަކަށް މީހުން މަރުވީ ކީއްވެ ކަމެއް، ނުވަތަ ހާދިސާ ހިނގީ ކިހިނެތް ވެގެންކަން އަދި ކަށަވަރުވާ ގޮތެއް ނުވެއެވެ.