މީގެ 25 އަހަރު ކުރިން ރިލީޒްކޮށް އަދިވެސް ގިނަ ބައެއްގެ މެދުގައި އެފަދަ ދެވަނަ އެއް ނެތް ކަމަށް އިއްތިފާގުވާ ޓީވީ ސީރީޒް 'ފްރެންޑްސް'ގެ މައިގަނޑު ކެރެކްޓަރުންގެ ތެރޭގައި ހިމެނޭ ރޭޗަލް ގްރީންގެ ބައްޕަގެ ރޯލުން ފެނިގެންދިޔަ ރޮން ލީބްމަން މަރުވެއްޖެއެވެ.

ލީބްމަންގެ އޭޖެންޓްއާއި އޭނާގެ ގާތް މީހަކާ ހަވާލާދީ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި، އުމުރުން 82 އަހަރުގައި ލީބްމަން މަރުވީ ނިއުމޯނިއާ ޖެހިގެންނެވެ.

މުނިފޫހިފިލުވުމުގެ ދާއިރާއަށް 60 އަހަރަށްވުރެ ގިނަ ދުވަހު ހިދުމަތްކޮށް، މަޝްހޫރު ގިނަ ފިލްމުތަކެއްގައިވެސް މަސައްކަތްކޮށްފައިވާ ލީބްމަންވަނީ މިފަހަކަށް އައިސް ގިނަ އުފެއްދުންތަކެއްގައި ވޮއިސް އާޓިސްޓެއްގެ ގޮތުގައިވެސް މަސައްކަތްކޮށްފައެވެ.