އިންޑިއާގެ ޓްރިވެންޑްރަމުގައި ހިނގި ނުރައްކާތެރި އެކްސިޑެންޑެންޓެއްގައި ދިވެހި އަންހެނަކަށް އަނިޔާވެއްޖެއެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި އެކްސިޑެންޓު ހިނގާފައިވަނީ، މިއަދުގެ ހެދުނުގެ ވަގުތެއްގައި އިންޑިއާގެ ޓްރިވެންޑްރަމްގެ މެޑިކަލް ކޮލެޖު ސަރަހައްދުގައެވެ. އެ އެކްސިޑެންޓުގައި އަނިޔާވެފައިވަނީ ފ. ނިލަންދޫ، ރާހި ފާތިމަތު އަހުމަދަށެވެ. އަދި އެކްސިޑެންޓުގައި އޭނާގެ ކަނާތު ފައި ބިންދައިގެން ގޮސްފައިވާކަމަށް ވެސް މައުލޫމާތު ލިބިއެވެ. މައުލޫމަތު ލިބޭގޮތުގައި އެކްސިޑެންޓު ހިނގާފައިވަނީ އެ އަންހެން މީހާ ހިނގާފައި ދަނިކޮށް، ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ކާރެއް އޭނާގެ ގައިގައި ޖެހުމުގެ ސަބަބުން ނެވެ.

މި އެކްސިޑެންޓު ހިނގައި ދިއުމުން ކާރު ދުއްވަން އިން މީހާ ވަނީ ފިލާފަ އެވެ. އަދި އިންޑިއާގެ ފުލުހުން މެދުވެރިކޮށް، އެ މައްސަލަ ތަހުގީގު ކުރުމަށް ޓްރިވަންޑްރަމްގައި ހުންނަ ކޮންސިއުލޭޓްގެ އެހީތެރިކަމަށް އެދިފައި ވެއެވެ. އަދި އެކަމުގައި ކޮންސިއުލޭޓުން މިހާތަނަށް އެހީތެރިކަން ފޯރުކޮށްދީފައި ނުވާކަމަށްވެސް އާއިލާއިން ބުނެއެވެ.

އިންޑިއާ ފުލުހުން އަންނަނީ މައްސަލަ ތަހުގީގުކުރަމުންނެވެ.