އަހަރު ރާއްޖެ ޒިޔާރަތްކުރި 1.5 މިލިއަން ވަނަ ފަތުރުވެރިޔާ އަށް އެމްއެމްޕީއާރުސީ އާއި ޓޫރިޒަމް މިނިސްޓްރީން ހޫނު މަރުހަބާއެއް ކިޔައިފިއެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ބާއްވާފައިވާ މި ހާއްސަ ހަރަކާތަކި ރާއްޖެ އައި 1.5 މިލިއަން ވަނަ ފަތުރުވެރިޔާ ފާހަގަ ކުރުމަށް ބޭއްވި ހަރަކާތެކެވެ. ރާއްޖެއަށް އައި 1.5 މިލިއަން ވަނަ ފަތުރުވެރިޔާއަކީ ރަޝިޔާގެ ފަތުރުވެރިއެއް ކަމަށްވާ މެރީނާއެވެ.

މިއަހަރުގެ އޮކްޓޫބަރު މަހުގެ ނިޔަލަށް ރާއްޖެ އަށް 1.4 މިލިއަން ފަތުރުވެރިން އައިސްފައިވެއެވެ. މިއީ މިދިޔަ މަހު ރާއްޖެ އަށް އައި ފަތުރުވެރިންނާ އަޅާ ބަލާއިރު 15.4 ޕަސެންޓް އިތުރު އަދަދެކެވެ. ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މި އަހަރުގެ ޖެނުއަރީން އޮކްޓޫބަރު މަހުގެ ނިޔަލަށް ޔޫރަޕުން 665،545 މީހުން އައިސްފައިވެއެވެ. މިއީ މިދިޔަ އަހަރާ އަޅާ ބަލާއިރު 14.9 ޕަސެންޓުގެ އިތުރުވުމެކެވެ.

ރާއްޖޭގެ ޓޫރިޒަމްގެ ރެކޯޑަކާއެކު 1.5 މިލިއަން ވަނަ ފަތުރުވެރިޔާއަށް މިއަދު މަރުހަބާ ކިޔާފައި ވާއިރު މިއީ ރާއްޖޭގެ ފަތުރުވެރިކަން އިސްތިހާރު ކުރުމަށް ޓޫރިޒަމް މިނިސްޓްރީ އާއި ސަރުކާރު އަދި އެމްއެމްޕީއާރުސީ އިން ގިނަ މަސައްކަތްތަކެއް ކުރަމުން ދާކަމުގެ ފުރިހަމަ ހެއްކެކެވެ. ފަތުރުވެރިކަމުގެ ސީޒަން ފެށިފައިވާއިރު މިއަހަރު ރެކޯޑު އަދަދަކަށް ރާއްޖެ އަށް ޓޫރިސްޓުން އަންނާނެ ކަމަށް ލަފާކުރެވެއެވެ.