ޑެންގޫ ހުން ޖައްސާ މަދިރީގެ ތެރެއަށް ބެކްޓީރިއާ އިންފެކްޝަނެއް ފޮނުވައިގެން، މި ބަލި ފެތުރޭ މިންވަރު ކޮންޓްރޯލް ކުރެވެމުންދާ ކަމަށް ދިރާސާ ކުރާ ފަރާތްތަކުން ބުނެފިއެވެ.

ވޮލްބެކިއާ ބެކްޓީރިއާގެ ސަބަބުން ޑެންގޫ ޖައްސާ މަދިރީގެ ޒަރިއްޔާއިން މި ބަލި ފެތުރިގެން ދިއުން ކޮންޓްރޯލް ކުރެވެމުންދާ ކަމަށް ދިރާސާ ކުރާ ފަރާތްތަކުން ބުނެއެވެ.

ދުނިޔޭގެ އެކި ހިސާބުތަކުގައި ހަދަމުންދާ ޓެސްޓުތަކުން މި ނަތީޖާ ނިކުންނަކަން ދިރާސާ ކުރާ ފަރާތްތަކުން ވަނީ ފާހަގަކޮށްފައެވެ. މި ގޮތަށް މަދިރީގެ ތެރެއަށް ބެކްޓީރިއާ ފޮނުވައިގެން މަދިރީގެ ޒަރިއްޔާއިން ބަލި ފެތުރުމަށް "އުނދަގޫ" ކުރުވުމަކީ، ބަލި ޖައްސާ މަދިރި މަރާލައިގެން ބަލި ކޮންޓްރޯލް ކުރަން އުޅުމަށްވުރެ އެދެވޭ ނަތީޖާއެއް ނެރެވޭ ކަމެއް ކަންވެސް ދިރާސާ ކުރާ ފަރާތްތަކުން ވަނީ ފާހަގަކޮށްފައެވެ.

ޑެންގޫ ޖައްސާ މަދިރި އާލާވުން ކޮންޓްރޯލް ކުރުމަށް ބައެއް ގައުމުތަކުން އަދިވެސް ބަރޯސާ ވަނީ ފޮގް ކުރުމަށް/ފޮޓޯ: ގެޓީއިމޭޖަޒް

ޑެންގޫ ހުން ޖައްސާ މަދިރީގެ ތެރެއަށް ބެކްޓީރިއާ ފޮނުވައިގެން ހިންގި ތަހުގީގުތަކަށް ބަލާއިރު 70 ޕަސެންޓްގެ ކުރިއެރުމެއް ލިބިފައިވާކަމަށްވެސް ދިރާސާކުރާ ފަރާތްތަކުން ވަނީ ފާހަގަކޮށްފައެވެ.

މަދިރީގެ ތެރެއަށް ފޮނުވާ ބެކްޓީރިއަކީ މަދިރީގެ ހަށިގަނޑު ތެރޭގައި ޑެންގޫ ވައިރަސް އުފެދުން ކޮންޓްރޯލް ކޮށްދޭ ބެކްޓީރިއާއެކެވެ. މިއީ ފޮގް ކުރުމަށްވެސް ތިމާވެއްޓާ ރައްޓެހި ގޮތެއް ކަމަށްވެސްވެއެވެ.