13 އަހަރުގެ ކުޑަކުއްޖަކު ބަލިވެއިން މައްސަލަ އަދާލާތު ޕާޓީން ދިފާއު ކުރާ ކަމަށް ވިދާޅުވެ، އެ ޕާޓީއަށް ނިސްބަތްވާ ދެ މިނިސްޓަރުންގެ "ސްޓޭންޑް" އަކީ ކޮބައިތޯ އައްސަވާ ކުރީގެ ބަންޑާރަ ނައިބު ފާތިމަތު ދިޔާނާ ސައީދު ސުވާލު އުފައްދަވައިފިއެވެ.
13 އަހަރުގެ ކުޑަކުއްޖަކު ބަލިވެ އިން މައްސަލަ އެއް ފެންމަތިވެފައިވާ އިރު އެ މައްސަލަ މިހާރު ދަނީ ފުލުހުންނާއި ޖެންޑާ މިނިސްޓްރީން ބަލަމުންނެވެ. މިކަމާ ބެހޭ ގޮތުން ގިނަ ބަޔަކު ބަހުސް ކުރަމުންދާ އިރު އެއްބަޔަކު އަންނަނީ އެ މައްސަލަ ވަރަށް ބޮޑަށް ކުށްވެރި ކުރަމުންނެވެ.
މި މައްސަލައާ ގުޅޭ ގޮތުން ދިޔާނާ ވިދާޅުވީ، ކުޑަކުއްޖަކާ މެދު ހިންގާފައިވާ "ޖަރީމާ" އަދާލަތު ޕާޓީއަށް ނިސްބަތްވާ ބައެއް އިލްމުވެރިން ސޯޝަލް މީޑިއާގައި ދިފާއު ކުރައްވާފައި ވާ ކަމަށެވެ. ނަމަވެސް އެ އިޝާރާތް ކުރައްވަނީ ކޮން ބަޔަކަށް ކަމެއް، އެ ބަޔަކު ދެއްކެވީ ކޮން ވާހަކައެއް ކަމެއް ދިޔާނާ ވިދާޅެއް ނުވެއެވެ.
މި މައްސަލައިގައި ފިޔަވަޅު އެޅުމުގެ ޒިންމާ އޮތީ ޖެންޑާ މިނިސްޓްރީ އާއި ހޯމް މިނިސްޓްރީއަށް ކަމަށް ދިޔާނާ ވިދާޅުވިއެވެ. އަދި މި ދެ މިނިސްޓްރީގެ ވަޒީރުންނަކީ އަދާލާތު ޕާޓީއަށް ނިސްބަތްވާ ދެބޭފުޅުންކަން ފާހަގަކުރައްވާ ދިޔާނާ ވަނީ މި މައްސަލައިގައި އެ ވަޒީރުންގެ "ސްޓޭންޑް" އަކީ ކޮބައިތޯ އައްސަވާފައެވެ.
"ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ކުރައްވާ އަދި އަދާލަތު ޕާޓީގެ މެންބަރު އަލީ ނަޒީރު ވިދާޅުވީ، އަދާލަތު ޕާޓީއަށް ނިސްބަތްވާ ބައެއް އިލްމުވެރިން ކުޑަކުއްޖަކު، ބަލިވެއިން މައްސަލަ ދިފާއު ކުރެއްވި ކަމަށް ދިޔާނާ ވިދާޅުވި ވާހަކައަކީ ދޮގު ވާހަކައެއް ކަމަށެވެ. އަދި އެ ބަދުނާމު އަދާލާތު ޕާޓީގެ ބޭފުޅުންގެ ބޮލުގައި އަޅުއްވާ ކަމަށް ވާނަމަ އެކަން "ޕްރޫފް" ކޮށްދެއްވަން ވާނެކަމަށް ނަޒީރު ވިދާޅުވިއެވެ.
މީގެ އިތުރުން ނަޒީރު ވިދާޅުވީ، އެފަދަ ބޮޑެތި ކަންކަން ހިނގާއިރު އެކަމަކީ ސަރުކާރުގެ ބޮޑެތި ޒިންމާ އޮންނަން ޖެހޭނެ ކަންކަން ކަމަށެވެ. އެފަދަ ކަންކަމަށް ސަރުކާރުގެ އެއްވެސް ވަޒީރަކު ތަރުހީބު ދެއްވާނެކަމަށް ގަބޫލު ނުކުރައްވާ ކަމަށް ވިދާޅުވަމުން ނަޒީރު ވިދާޅުވީ، ސަރުކާރުން އެފަދަ ކަންކަން ހުއްޓުވުމަށް ކުރަންޖެހޭ ހުރިހާ ކަމެއް ގާނޫނުގެ ތެރެއިން ކުރަމުން ގެންދާނެ ކަމަށެވެ.
ޖެންޑާ މިނިސްޓަރު ކަމުގައި ހުންނެވީ ޝިދާތާ ޝަރީފެވެ. އަދި ހޯމް މިނިސްޓަރުގެ މަގާމުގައި ހުންނެވީ އިމްރާން އަބްދުﷲ އެވެ. މި ދެބޭފުޅުންނަކީ ވެސް އަދާލަތު ޕާޓީއަށް ނިސްބަތްވާ ދެބޭފުޅުންނެވެ.
މި މައްސަލައާ ގުޅިގެން ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، އަދި 13 އަހަރުގެ ކުޑަ އަންހެން ކުއްޖެއްގެ ނާޖާއިޒު ބޭނުން ހިފާ ޖިންސީ ގޯނާކޮށް، އޭގެ ނަތީޖާއިން އެކުއްޖާ ބަލިވެ އިނދެ، އެކުއްޖާއަށް ދިން އަނިޔާ އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާ ކަމަށެވެ. އަދި އެކަމުގައި އިހުމާލު ވާ އިދާރާތަކާއި ހިތްވަރުދިން ފަރާތްތަކަށް އަދަބު ލިބެންޖެހޭ ކަމަށެވެ.
ކުޑަކުއްޖަކު ބަލިވެއިން މައްސަލަ ފެންމަތިވެފައި މިވަނީ، އިއްޔެ ލަނޑާ ނަގާ ދޯންޏެއްގައި ހިނގި މާރާމާރީއެއްގައި ޒުވާނަކު ކަނޑަށް އެއްލާލި މައްސަލައަށް ފަހުއެވެ. އެ މާރާމާރީގައި ކަނޑަށް އެއްލާލި ރ. މަޑުވައްރީ މީހާއަކީ 13 އަހަރުގެ އަންހެން ކުއްޖަކާ ކޯޓުން ބޭރުން ކައިވެނި ކޮށްގެން އުޅޭ މީހެއް ކަމަށާއި އެކުއްޖާ ބަލިވެއިން މައްސަލައެއް ޖެންޑާއިން ބެލިކަމަށް ވަނީ މައުލޫމާތު ލިބެއެވެ.
މިހާރު އެކުއްޖާ އިނީ އެކުއްޖާގެ މަންމަގެ ބެލުމުގެ ދަށަށް ދޫކޮށްލާފައި ކަމަށްވެސް މައުލޫމާތު ލިބެއެވެ.
ނަމުގަ މިއީ 100% މުސްލިމް ގައުމެއް. އެކަމު އިސްލާމީ ޝަރީއަތައް އެންމެން ވެގެން ބިރެއްނެތި ފާޑު ކިޔަމުން ތިދާ ދިޔުން މަށަކަށް ހަމަ ބަލައެއް ނުގަނެވޭ. ހަރާމާއި ހަލާލާއި އޮންނަނީ ވަކި ކަންކަމުގައި. އަންހެނަކު ފިރިހެން ހެދުން އަޅައިގެން އުޅޭތީވެ އެކަން ގިނަބަޔަކު ކުއްވެރި ކުރުމުން ވަރަށް އުފާވި އެއްކަމަކު އެ ހެޔޮދެން ގޮސް މިއުޒިކާއި ލަވައާ ޖަހައިގެން ނަށަން ވެސް؟ ހަމަ އެެއީވެސް ހަރާމް ދޯ؟ އަމިއްލަމީހާ ބޭނުންވާ ގޮތައް ގާނޫނެެއް ބަދަލެއް ނުކުރެވޭނެ. ކުޑަ ކުއްޖަކު ބަލިވެއެއް ނުއިންނާނެ. 13 އަހަރުގެ ކުޑަ ކުއްޖެއްގެ ގަޔައް އެރީއޭ ކިޔާ ތިޔަ ފާޑު ކިޔެނީ ލޮބުވެތި ރަސޫލާގެ ސުންނަތައް. ޢެކަލޭގެފާނުން ޢާއިޝަތުގެ ފާނާ ކައިވެނި ބައްލަވައި ގަތްއިރު އެކަމަނާގެ އުމުރު ފުޅަކީ އެންމެ 7 އަހަރުކަން ހަނދާން ނައްތާލާފަ ތިބުނަނީ މިއީ މުސްލިމުންނޭ. އެކަމަނާ އަށް 9 އަހަރުފުޅުގައި ފުރިހަމަ އަންހެނަކަށް ވުމުން ކައިވެނީގެ ގުޅުން ކުރިޔަށް ގެންދިޔަ ވާހަކަ އޮތީވެސް އިސްލާމީ ތަރުބިއްޔަތު ފޮތުގައި. ދެންކޮން ފާޑެއް ކިޔާކަށް؟ ތިކަހަލަ ކިތަންމެ ދެބަސްވުމަކާއި ކުރިމަތިލާން ޖެހޭނެ މުސްލިމް ގައުމެއްގައި އިސްލާމީ ޝަރީއަތައް ތަންނުދީ ޝަރީއަތް އެމީހަކު ބޭނުންހާ ގޮތަކަށް ބަދަލުކޮއްގެން އުޅެންޔާ.