ހިނގަމުން މިދާ އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމަކީ ގިނަ ވައުދުތަކެއް ވެފައިވާ ވެރި ކަމެކެވެ. ކުދި، ބޮޑެތި ކަންތައްތައް ހިމަނައިގެން ޖުމްލަ 160 ވައުދެއް ވެފައިވެއެވެ.

އިގުތިސޯދީ، ތައުލީމީ، ވިޔަފާރި، ސިއްހަތު، އިޖުތިމާއީ، ދަތުރުފަތުރު، ތިމާވެށި، ދީނާއި އަދުލު އިންސާފާ އަދި ކޮރަޕްޝަނުގެ ދައިރާތައް ހިމެނޭ ގޮތުން ގިނަ ވައުދުތައް ވެފައި ވާއިރު އެ ވައުދުތަކުގެ ތެރެއިން ހާސިލު ކުރެވުނު މިންވަރާއި ހާސިލު ނުވާ މިންވަރު ތިރީގައި އެވަނީއެވެ.

ތައުލީމީ ދާއިރާއިން ވީ ޖުމްލަ 11 ވައުދު ވަނީ ފުއްދާފައި

ހެނދުނުގެ ނާސްތާ ދިނުމުގެ ޕައިލެޓް ޕްރޮޖެކްޓް ފެށުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން / ފައިލް ފޮޓޯ
  1. ޖީސީއީ އޭލެވަލް އިން އެއް ވަނަ ހޯދާ ދަރިވަރުން އިހުތިޔާރު ކުރާ ޔުނިވާސިޓިއަކުން ފުރަތަމަ ޑިގްރީ ހާސިލް ކުރުމަށް ސްކޮލާޝިޕް ދެވެންފެށޭނެ
  2. ރާއްޖޭގައި ފުރަތަމަ ޑިގްރީ އާއި ހަމައަށް ހިލޭ ކިޔެވުމުގެ ފުރުސަތު ހުޅުވާލެވޭނެ
  3. ރާއްޖެއިން ބޭރުގައި ކިޔަވަން ބޭނުންވާ ފަރާތްތަކަށް، އިންޓަރެސްޓް ކުޑަ ލޯނު ސްކީމެއް ތައާރަފް ކުރެވޭނެ.
  4. މިހާރު ކިޔަވާ ލޯނު ދައްކަމުންދާ ފަރާތްތަކުގެ ލޯނު އަނބުރާ ދެއްކުން ތަކުލީފަކަށް ނުވާނެ ގޮތަށް ރިވިއުކުރުމަށްފަހު ރީސްޓަރަކްޗަރ ކުރުމަށް ހުޅުވާލެވޭނެ
  5. ހައިއެޗީވަރސް ސްކޮލަރޝިޕް ސްކީމު މުރާޖަޢާކޮށް، އެސްކީމަކީ އޯ.އީ.ސީ.ޑީ ގައުމުތައް ހިމެނޭގޮތަށް ކަނޑައެޅޭ ދުނިޔޭގެ ފެންވަރުގެ ޕްރޮގްރާމު/ޔުނިވާސިޓީތަކުން ކިޔެވޭ ސްކީމަކަށް ހެދޭނެ
  6. ރާއްޖޭގެ ސްކޫލުތައް އެއްދަންފަޅިއަށް ބަދަލުކުރުމަށް ބޭނުންވާ ވަސީލަތްތައް ދެނެގަތުމުގެ އޮޑިޓެއް ހެދޭނެ
  7. ބުލީކުރުން ހުއްޓުވާ، އަނިޔާ ލިބޭ ފަރާތްތަކަށް އެހީތެރިވާނެ ގޮތުގެ ހަރުދަނާ އުސޫލެއް ކަމާގުޅޭ ފަރާތްތަކުގެ ހިޔާލާއި މަޝްވަރާއާއި އެކު އެކުލަވާލާ ތަންފީޒު ކުރަން ފެށޭނެ
  8. ސްކޫލްތަކުގެ އިތުރުއެހީގެ ނިޒާމު ވަރުގަދަކޮށް ހަރުދަނާކުރާނެ ގޮތުގެ އެސެސްމަންޓެއް ހަދާ އެކަމަށް ބޭނުންވާ ވަސީލަތްތައް ދެނެގަނެވޭނެ
  9. ސްކޫލުތަކުގެ ދަރިވަރުންނަށް ހެނދުނުގެ ނާސްތާ ދޭން ފެށުމުގެ ޕައިލެޓް ޕްރޮގްރާމް ފެށޭނެ
  10. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގެ ހިންގުން ހަރުދަނާކޮށް މަތީ ތަޢުލީމުގެ ފެންވަރު މަތިކޮށް، ދެމެހެއްޓުމަށް ބޭނުންވާ ޤާނޫނީ ބާރުދޭނެ ޤާނޫނެއް ޑްރާފްޓުކޮށް ރައްޔިތުންގެ މަޖިލިހަށް ހުށައެޅޭނެ
  11. ކަރިކިއުލަމް މުރާޖާ ކުރުމަށް ސިންޕޯސިއަމްއެއް ބޭއްވޭނެ ބިކޯކާ ޔުނިވާސިޓީގެ އައުޓްޕޯސްޓް ހިންގަންފެށޭނެ

ކޮރަޕްޝަން ހުއްޓުވުމަށް ވެފައިވާ ޖުމްލަ 10 ވައުދު ވަނީ ފުއްދާފައި

ނުގަވާއިދުން އުލޭ ބިދޭސީން ރެޖިސްޓާވާން ހުޅުވާލުމުން ގަލޮޅު ދަނޑު ފުރާލާފައި
  1. ބިދޭސީންނަށް ކޯޓާ ދޫކުރުމާއި އެ މީހުންނާ ގުޅޭ ކަންކަމުގައި ރިޝްވަތު ނެގުން ހުއްޓުމަކަށް ގެނައުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެޅެން ފެށޭނެ
  2. ވިސްލް ބްލޮވިންގް ޤާނޫނު ރައްޔިތުންގެ މަޖިލިހަށް ފޮނުވޭނެ
  3. ދައުލަތުގެ މުދަލާއި ފައިސާއަށް ވެފައިވާ ހިޔާނާތާއި މަނީލޯންޑަރނިގް މައްސަލަތައް ބެލުމަށް ކޮމިޓީއެއް އުފައްދާ އެކަން ހޯދާ ބަލަން ފެށޭނެ
  4. ނުހައްގު މުއްސަނދިވުން ހުއްޓުވުމަށް ޤާނޫނެއް މަޖިލިހަށް ހުށައެޅޭނެ
  5. ސަރުކާރުގެ އިދާރާތަކާއި ދައުލަތުގެ ކުންފުނިތަކަށް މިނިވަން މުއައްސަސާތަކަށް އައްޔަންކުރާ ހުރިހާ މީހުންގެއާއި އެމީހުންގެ އަނބި/ފިރިންގެ މުދަލާއި މާލީ ބަޔާން ހާމަކުރެވޭނެ އަދި ގަވައިދުން ރިވިއުކުރެވޭނެ
  6. އާންމުންނަށް ޚިޔާލު ހުށައެޅުމާއި ކޮރަޕްޝަނާ ގުޅޭ މައްސަލަތައް ފަސޭހައިން ހުށަހެޅޭނެ ޕްލެޓްފޯމެއް ޤާއިމްކުރެވޭނެ
  7. ޒީރޯ ޓޮލެރެންސް ޓު ކޮރަޕްޝަން ކެމްޕެއިން ފެށޭނެ
  8. މިނިވަން މުއައްސަސާތައް މިނިވަން ކަމާއެކު ހިންގޭނެ ގޮތަށް ޤާނުނުތައް އިސްލާޙްކުރަން މަޖިލިހަށް ހުށައެޅޭނެ
  9. ހުރިހާ އިންތިޚާބީ އަދި އައްޔަންކުރެވޭ މަގާމުތަކަށް ވަޑައިގަންނަވާ ފަރާތްތަކަށް އެންޓިކަރަޕްޝަން އަދި ގުޑްގަވަރނެންސް އާގުޅޭ ޕްރޮގްރާމެއް ހިންގޭނެ
  10. ރިޝްވަތު ހިފާ މީހާއާއި އެއްވަރަށް ރިޝްވަތުދޭ މީހާ ވެސް ކުއްވެރިވާގޮތަށް އެންޓިކޮރަޕްޝަން ޤާނޫނަށް ބަދަލު ގެނެވޭނެ

ނޫ އިގްތިސޯދުގެ ދަށުން ވެފައިވާ ޖުމްލަ 19 ވައުދު ވަނީ ފުއްދާފައި

ފަތުރުވެރިކަމުގެ ދަށުން ޖުމްލަ 2 ވައުދު

ޑިވްކުރަން އުޅޭ ފަތުރުވެރިންތަކެއް
  1. ދިވެހިރާއްޖޭގެ ޓޫރިޒަމް ހަރުދަނާކޮށް، އިޝްތިހާރުކުރުމާއި ޓޫރިޒަމްގެ އެކި ދާއިރާތައް(ގެސްޓްހައުސް ވިޔަފާރި ހިމެނޭ ގޮތައް) އިޝްތިހާރުކުރުން އިތުރުކޮށް، ގުނަ އިތުރުކުރެވޭނެ
  2. އިޝްތިހާރުކުރުމަށްކުރާ ޚަރަދު މިހާރަށްވުރެ މަދުވެގެން ގެސްޓުހައުސްތަކަށް ސިމްޕޯސިއަމް ބޭއްވޭނެ

ދަނޑުވެރިކަމުގެ ދަށުން ޖުމްލަ 4 ވައުދު

ޏ.ފުވައްމުލަކުގައި ދަނޑުވެރިކަމުގެ ސާވޭ ކުރިއަށް ދަނީ / ފޮޓޯ: މިނިސްޓްރީ އޮފް ފިޝަރީޒް، މެރީން ރިސޯސަސް އެންޑް އެގްރިކަލްޗާ
  1. ދަނޑުވެރިކަން ކުރުމަށް އެތެރެކުރެވޭ ތަކެތިން އިމްޕޯޓް ޑިއުޓީ ކަނޑާލެވޭނެ
  2. ދަނޑުވެރިކަމުގެ މަސައްކަތުގައި އުޅޭ އަމިއްލަ ފަރާތްތަކަށް މާލީ އިދާރާތަކުންނާއި ބޭންކުތަކުން ލޯނު އަދި ކްރެޑިޓް ސްކީމުތަކުގައި ބައިވެރިވެވޭނެ މަގު ތަނަވަސްކޮށްދެވޭނެ
  3. ދަނޑުބިން ދޫކުރާނެ ޤާނޫނީ އޮނިގަނޑެއް އެކުލަވާލައި، ދަނޑުވެރިކަން (އެނިމަލް ފާމިން) ކުރަން ބޭނުންވާ ފަރާތްތަކަށް ދަނޑު ހައްދާނެ ބިން ދޫކުރަން ފެށުން. މިގޮތުން، މީހުން ދިރިއުޅޭ ރަށްރަށުން ދަނޑުބިން ދޫކުރާނެ އުސޫލުތަކާއި، އަދި މީހުން ދިރިއުޅޭ ރަށްރަށާއި ކައިރީގައިވާ ފަޅުރަށް ރަށުގެ ތެރެއިން ދަނޑުވެރިކަން ކުރުމަށް ކަނޑައަޅާ ފަޅުރަށްރަށުން ދަނޑުވެރިކަން ކުރުމަށް ބިންދޫކުރެވޭނެއެވެ
  4. ދަޑުވެރި ކަމުން އުފައްދާ ތަކެއްޗަކީ ސިއްހަތައް ގެއްލުން ނުވާ (އިތުރު ޕެސްޓިސައިޑްސް ނުލާ) ތަކެތިކަން ކަށަވަރުކޮށް ބެލެހެއްޓޭނެ ނިޒާމެއް ހަމަޖެއްސޭނެ

މަސްވެރިކަމުގެ ތެރެއިން 7 ވައުދު:

މަސް ދޯންޏަކުން މަސް ބާނަނީ / ފޮޓޯ: ޒުވާން މަސްވެރިޔާ
  1. ރާއްޖޭގެ ކަނޑުގެ ސަރަހަދަށް ބޭރުގެ މަސްބޯޓުތައް ވަދެ މަސްވެރިކަން ކުރުމަށް ހުއްދަ ދިނުން ހުއްޓާލެވޭނެ
  2. މަސްވެރިކަމަށް ނުކުންނަށް ކުރަންޖެހޭ ޚަރަދު ކުޑަކުރުމުގެ ގޮތުން މަސްވެރިންނަށް ޑީސެލް ގެ އިމްޕޯޓް ޑިއުޓީ ކަނޑާލެވޭނެ
  3. "މަސްދޯނި އެކައުންޓް” ހުޅުވި، ރާއްޖޭގެ ހުރިހާ މަސްވެރިން ބޭންކިން ނިޒާމްގެ ތެރެއަށް ވަދެވޭނެ މަގު ތަނަވަސްކޮށްދެވި، ރަށަށް ވަންނަ ފައިސާ ރަށުގައި ޖަމާކޮށް ނެގޭނެ ވަސީލަތްތައް ޤާއިމްކުރެވޭނެއެވެ.
  4. ބޭންކު ލޯންތަކާއި ކްރެޑިޓް ސްކީމްތައް މަސްވެރިންނަށް ބޭނުންކުރެވޭނެ އިންތިޒާމް ހަމަޖައްސާދެވޭނެ
  5. އުޅަނދުފަހަރުގައި ގާއިމް ކުރާނެ މަސް ފިނިކުރާނެ ނިޒާމު ގަތުމަށް ލުއި ލޯނު ދޫކުރަން ފެށޭނެ
  6. ރާއްޖޭގައި މިހާރު ގާއިމްކޮށްފައިހުރި އައިސް ޕްލާންޓް ތަކުތެރެއިން، އޮޕަރޭޓްނުކޮށް ހުރި ނިޒާމުތައް އޮޕަރޭޓް ކޮށް، މަސްވެރިންނަށް ފަސޭހައިން އައިސް ލިބޭނެގޮތް ހެދޭނެ
  7. ޑައިމަންޑް ބެކް ސްކުއިޑް (ތުތި ބޯވަދިލަމަސް) ގެ މަސްވެރިކަން ދިވެހިރާއްޖެ އަށް ތަޢާރަފު ކުރެވޭނެ މަސްވެރިކަމުގެ ގާނޫނު މުރާޖައާކޮށް ގެންނަންޖެހޭ ބަދަލު ގެނެވޭނެ

ވިޔަފާރީގެ ތެރެއިން 6 ވައުދު

ޑީ 11 ވަނަ ގޮޅީގައި ވިޔަފާރިކުރާ ފަރާތުން ސާމާނުތަކެއް ކޮތަޅަށް އަޅަނީ / ފޮޓޯ: ދަ ޕްރެސް
  1. ވިޔަފާރިތަކަށް ދަތިވާގޮތަށް ސަރުކާރުން/އެކިއެކި މުއައްސަސާތަކުން ހަދާފައިހުރި ޤަވައިދުތައް ބަދަލުކުރެވި، ގަވައިދުން ރިވިއުކުރެވެމުން ގެންދެވޭނެ
  2. 24 ގަޑި އިރު ވިޔަފާރި ހުޅުވޭ އުސޫލު ކަނޑައެޅޭނެ
  3. ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ޚާއްސަކޮށްގެން އުފައްދާ އެސްއެމްއީ ބޭންކުގެ ޚިދުމަތް ދޭންފެށޭނެ
  4. ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ފަހި މާހައުލެއް ޤާއިމްކުރުމުގެ ގޮތުން ހާއްސަ އުސޫލެއް އެކުލަވާލެވޭނެ
  5. ކޮންސިއުމަރ ޕްރޮޓެކްޝަން ގާނޫނު މަޖިލިހަށް ހުށައެޅޭނެ
  6. އެންޓިޓްރަސްޓް ގާނޫނު މަޖިލިހަށް ހުށައެޅޭނެ

ސިއްހަތު ދާއިރާއަށް 15 ވައުދު ވެފައިވާއި 14 ވައުދު ފުއްދުނު، 1 ވައުދު ނުފުދޭ

ދ. އަތޮޅު ކުޑަހުވަދޫ ހޮސްޕިޓަލުގައި ދަތުގެ ފަރުވާގެ ހިދުމަތް ފައްޓަވައިދެއްވި ރަސްމިއްޔާތުގެ ތެރެއިން ފޮޓޯ: ރައީސް އޮފީސް
  1. ސްކޫލު ނިޒާމުގެ ތެރެއިން ގަވާއިދުން ކުޑަކުދިންގެ ސިއްހަތުބެލޭނެ ނިޒާމެއް ހަމަޖެއްސޭނެ
  2. ސިއްހަތަށް ރަނގަޅުނޫން ބާވަތްތަކާޢި (ދުންފަތް، ސުޕާރީ، އެނާޖީ ބުއިންތައް، ހަކުރުގިނަ ބުއިންތައް) ދުރުވުމަށް އާންމުން ހޭލުންތެރިކުރުމަށް ކުރާ ހޭދަ އިތުރުކުރެވޭނެ
  3. ރާއްޖޭގެ އެކިކަންކޮޅުގައި ތިބި ތެލެސީމިއާ ކުދިންނަށް ބޭނުންވާ ބޭހާއި އެހެނިހެން ފަރުވާތައް ފަސޭހަކަމާއެކު އެކުއްޖަކު ދިރިއުޅޭ ސަރަހައްދުތަކުން ލިބޭނެ ގޮތް ހަމަޖައްސާދެވޭނެ
  4. ސިއްހީ ޚިދުމަތް ދޭ ސަރުކާރުގެ ހުރިހާ ތަނެއް އެއް ވިޔުގައަކުން ގުޅާލެވޭނެ
  5. މުޅި ރާއްޖޭގައި މަދިރި، މީދާ އަދި ވާ މަދުކުރުމުގެ ޕްރޮގްރާމް ގަވައިދުން ހިންގަން ފެށޭނެ
  6. ދިވެހި ބޭސްވެރިކަން އަދި އޯލްޓެނޭޓިވް މެޑިސިން ކުރިއެރުވުމާ ގުޅޭ މަހާސިންތާ ބޭއްވޭނެ
  7. އާންމު ސަރަހައްދުތަކުގައި ކަސްރަތު ކުރެވޭނެ އިންތިޒާމް ހަމަޖެއްސޭނެ
  8. ނެޝަނަލް މެންޓަލް ހެލުތު އިންސިޓިޓިއުޓް އުފައްދާ، ނަފްސާނީ ބަލިތަކަށްދެވޭ ފަރުވާ އާސަންދައިގެ ދަށުން ކަވަރުކުރެވޭނެ
  9. އިންތިޒާމު ހަމަޖެއްސޭނެ ރާއްޖޭގައި ލިބެން ހުންނަ ބޭހަކީ ފެންވަރު ރަނގަޅު ދުނިޔޭގެ ފެންވަރުގެ އިތުބާރު ލިބިފައިވާ ބޭސް ކަމުގައި ހެދުމުގެ ގޮތުން ފުޑް އެންޑް ޑްރަގްސް އޮތޯރިޓީގެ އުސޫލުތައް ހަރުދަނާކޮށް ރާއްޖެ އެތެރެކުރާ ބޭސް މޮނިޓަރކުރަން ފެށޭނެ
  10. އައިޖީއެމްއެޗުގައި ޚިދުމަތުގެ ކިޔޫއަށް ލުޔެއް ލިބިގެންދާނެގޮތަކަށް ނިޒާމަށް ބަދަލުތަކެއް ގެނައުން
  11. މުޅި ރާއްޖެއަށް އަމާޒުކޮށްގެން ހަކުރު ބަލީގެ މީހުންނަށް ހަރުދަނާ ނިޒާމެއްގެ ދަށުން ފަރުވާދެވޭނެ ނިޒާމެއް އައިޖީއެމްއެޗާއި ގުޅިގެން އަތޮޅުތެރޭގައި ޤާއިމުކުރުން
  12. ދިވެހިރާއްޖެއިން ޓީބީ ނައްތާލުމަށްޓަކައި ރާއްޖޭގެ ދެ ސަރަހައްދެއްގައި ޖީން އެކްސްޕާޓް މެޝިން ބަހައްޓައިގެން ސްކްރީންކޮށް ފަރުވާގެ ނިޒާމު އިތުރަށް ހަރުދަނާކުރުން
  13. 9 އަހަރާއި 13 އަހަރުގެ ޢުމުރުފުރާގެ އަންހެން ކުދިންނަށް އެޗްޕީވީ ވެކްސިން ތަޢާރަފުކުރެވޭނެ (ސަވައިކަލް ކެންސަރ އާއި ދެކޮޅަށް ކުރާ މަސައްކަތުގެ ދަށުން)
  14. ނަފްސާނީ ދުޅަހެޔޮކަމުގެ ޤައުމީ ސިޔާސަތާއި ސްޓްރެޓީޖިކް ޕްލޭން ތަންފީޒުކުރެވޭނެ

ސިއްހީ ދާއިރާއިން ނުފުއްދޭ ވައުދު

ޖަޕާނު ސަރުކާރުން އެހީގެ ގޮތުގައި ދިން އެމްބިއުލަންސްތައް / ފޮޓޯ: މިނިސްޓްރީ އޮފް ހެލްތު
  • އަތޮޅުތަކުގައި ޞިއްޙީ ނިޒާމުގެ ތެރެއިން މިވަގުތަށް އެންމެބޮޑު އިސްކަމެއް ދޭންޖެހޭ އިމަޖެންސީ ކެއަރ އަދި އެމްބިއުލޭޓަރީ ޚިދުމަތުގެ މަސައްކަތް ރައްޔިތުންނާއި ގާތުން ދެވޭނެ އިންތިޒާމެއް ޤާއިމުކުރެވި، ހުރިހާ ރަށަކަށް އެމްބިއުލޭންސް ހަމަކުރެވޭނެ

އިޖުތިމާޢީ މަސައްކަތާއި ކުޅިވަރު ޖުމްލަ 10 ވައުދު ވެފައިވާ އިރު 9 ވައުދު ފުއްދުނު 1 ވައުދު ނުފުއްދޭ

ރައީސް ސޯލިހު އަދި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހުމަދު ރާއްޖެއިން އައިއޯއައިޖީގައި ރާއްޖެއިން ބައިވެރިވި ބައެއް ކުޅުންތެރިންނާ އެކު / ފޮޓޯ: ރައީސް އޮފީސް
  1. ކުޅިވަރާއި ކަސްރަތަށް އަހުލުވެރިކުރުމަށާއި ރޫފަ ރަނގަޅު މުޖުތަމައެއް ބިނާކުރުމަށް ކޮންމެ ރަށެއްގައި ހުނަރު ލިބިފައިވާ ސްޕޯޓްސް ކައުންސިލަރެއް ހަމަޖެއްސޭނެ
  2. ގައުމީ ހުރިހާ ކުޅިވަރު އެސޯސިއޭޝަނަކަށް މަދުވެގެން 500000 ރުފިޔާގެ ބަޖެޓެއް ސަރުކާރުން ހަމަޖައްސޭނެ
  3. މުޅި ރާއްޖޭގެ ކުޅިވަރު އޯޑިޓެއް ހެދޭނެ
  4. އަންހެން އަދި ފިރިހެން ގައުމީ ޓީމަށް ދެވޭ އެލެވަންސްގައި ހުރި ފަރަގާއި ޤައުމީ ޓީމުތަކަށް ދެވޭ އެލަވަންސްގެ ފަރަގު ނައްތާލެވޭނެ
  5. މޫދު ކުޅިވަރުގެ ކޮންވެންޝަން ބޭއްވޭނެ
  6. ދުޅަހެޔޮ ހަށިހެޔޮ އީދު މުޅި ރާއްޖޭގައި ބޭއްވެން ފެށޭނެ
  7. އިޖްތިމާއީ ހަރަކާތްތަކުގައި މަސައްކަތްކުރަން ބޭނުންވާ ފަރާތްތަކަށް ކަންކަމުގައި ބައިވެރިވުމަށް ފަސޭހަވާނޭހެން މަދަނީ ޖަމިއްޔާތަކުގެ މައުލޫމާތު އޮންލައިންކޮށް އެއްތަނަކުން ލިބެންހުންނާނެ
  8. މަދަނީ ޖަމިއްޔާތަކުގެ މަސައްކަތް އާންމުންނަށް ހިއްސާކޮށް، އާ މެމްބަރުން ހޯދާ، ކުންފުނިތަކަށް ދައުވަތު ދީގެން އެއްތަނަކުން އެޖަމިއްޔާތަކުގެ އެކި މަޝްރޫއުތަކަށް ފަންޑް ހޯދުމަށް ޕްރޮޕޯސަލް ހުށަހެޅުމަށް މަގުފަހިކޮށްދިނުމަށް މަދަނީ މުޖުތަމައުގެ ފެއަރ ބޭއްވޭނެ
  9. އެންޖީއޯ ޤާނޫނު މަޖިލިހަށް ހުށައެޅޭނެ

އިޖުތިމާއީ އަދި ކުޅިވަރުގެ ދާއިރައިން ނުފުއްދުނު ވައުދު

  • އޮލިމްޕިކް ސައިޒް ސްވިމިންގް ޕޫލް ކޮމްޕްލެކްސް މާލެ ސަރަހައްދުގައި ހަދަން ފެށޭނެ

އިންސާފަށް ކަން ކުރެވުމަށް 13 ވައުދު ވެފައިވާއިރު 11 ވައުދު ފުއްދައިދިން، 2 ވައުދު ނުފުއްދޭ:

ޑރ. އަފްރާޝީމް އަލީ / ފޮޓޯ: މަޖިލިސް
  1. ސިޔާސީ ލީޑަރުން ފުރަތަމަ ދުވަހު މިނިވަންކުރެވޭނެ
  2. ދައުލަތުގެ މަޤާމުގެ ނުފޫޒުގެ ބޭނުންކޮށްގެން ހިންގާފައިވާ ޤާނޫނާ ޚިލާފު ޢަމަލުތަކާއި، މަޤާމުގެ ޒިންމާ ނޫފުލުމުގެ ސަބަބުން ރައްޔިތުންނަށް ލިބިދީފައިވާ ރައްކާތެރިކަމާ ހިމާޔަތް ނުލިބުމުގެ މައްސަލަތައް ބެލެންފެށޭނެ
  3. ވަކިމީހަކަށް ނުވަތަ ވަކި ބަޔަކަށް ގެއްލުމެއް ދިނުމަށް ނުވަތަ ވަކިމީހަކަށް މަންފާއެއް ހޯދުމަށް، ބަދަލުކޮށް/ފާސްކޮށްފައިވާ ޤާނޫނުތައް ބަލައި މުރާޖަޢާކުރަން ފެށޭނެ
  4. އަނިޔާދީ، މަރާލާ، ގެއްލުވާލާ، ޖަލަށްލާ، އަރުވާލެވެން މަޖުބޫރުކުރުވާ އަދި މުދަލަށް ގެއްލުން ދެވިފައިވާ ހުރިހައި ރައްޔިތުންނަށް އިންސާފު ލިބިދިނުމުގެ މަސައްކަތްފެށޭނެ
  5. ފްލެޓްތައް ދޫކުރުމުގައި ބޭއިންސާފުން ކޮރަޕްޝަން ހިމެނޭގޮތަށް ދޫކުރުމުގެ ސަބަބުން ފްލެޓް ޙައްޤުވެ އެހެންނަމަވެސް ނުލިބިވާ ފަރާތްތަކަށް ފްލެޓް ދޫކުރުމުގެ ނިޒާމެއް ކަނޑައެޅި އެކަން ކުރި ފަރާތްތަކާމެދު ފިޔަވަޅު އެޅޭނެއެވެ. އަދި ހަމަހަމަ އުޞޫލުން ފްލެޓްތައް ދޫކުރެވޭނެ ނިޒާމެއް ކަށަވަރުކުރެވޭނެ
  6. އަދުލު އިންސާފުގެ ނިޒާމު އިސްލާހުކުރުމަށް ޖޭއެސްސީ އަށާއި ފަނޑިޔާރުގެއަށް ގެންނަށް ޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތް ފެށޭނެ
  7. ޖުވެނައިލް ޖަސްޓިސް ޤާނޫނު މަޖިލިހަށް ހުށައެޅޭނެ
  8. ޕޭކޮމިޝަން މެދުވެރިކޮށް ސަރުކާރު މުސާރައިގެ އޮނިގަނޑު މުރާޖަޢާކޮށް ގެންނަން ފެންނަ ބަދަލުތައް ދެނެގަނެވޭނެ
  9. ނުހައްގުން ވަޒީފާއިން ވަކިކުރެވިފައިވާ ފަރާތްތަކަށް އެފަރާތްތަކުގެ ވަޒީފާ އަންބުރާ އިޔާދަކޮށްދިނުމުގެ މަސައްކަތް ފެށޭނެ. އަދި ވަޒީފާ އަދާކުރަމުން ދިޔަ ތަންނޫން އެހެން ތަންތަނަށް ނުހައްގުން ބަދަލުކުރެވިފައިވާ ފަރާތްތަކުގެ ވަޒީފާ ބަދަލުކުރެވުމުގެ މަސައްކަތް ފެށޭނެ
  10. ސިޔާސީ ހައްޔަރީންނާއި ސިޔާސީ ނުވަތަ ޒާތީ ސަބަބުތަކަށްޓަކައި ހައްޔަރުކުރެވިފައިވާ ފަރާތްތަކުގެ މައްސަލަތައް ބަލަން ފެށޭނެ
  11. ޔޫއެންގެ UNWGEID އަދި UNHRC ގައިވާ ރާއްޖޭގެ މައްސަލަތައް ހުރި ހިސާބެއް ބަލައި މައްސަލަތައް އަވަހަށް ނިއްމުމަށް ބާރުއެޅޭނެ

އިންސާފުގެ ދަށުން ފުއްދާ ނުދެވެނީ 2 ވައުދެއް

  • 12. ހުރިހާ މިނިވަން މުއައްސަސާ ތަކުގައި މިހާރު ކަންހިގާ ގޮތުގެ އޯޑިޓެއް ހެދި އަދި އެތަނެއް އެފިޝަންޓް ކުރަން ފެށޭނެ
  • 13. މުޅި ޝަރުއީދާއިރާގެ އޯޑިޓެއް ހެދި އަދި އެތަންތަން އެފިޝަންޓް ކުރަން ފެށޭނެ

އިޖުތިމާއީ ރައްކާތެރިކަން 11 ވައުދުގެ ތެރެއިން 9 ވައުދު ފުއްދުނު، 2 ވައުދު ނުފުއްދޭ

އޯޓިޒަމް ދުވަސް ފާހަގަކުރުމުގެ ގޮތުން އޯޓިޒަމް ސެންޓަރުގައި ބޭއްވެވި އާއިލީ ނާސްތާ ހަފްލާގެ ތެރެއިން / ފޮޓޯ: ރައީސް އޮފީސް
  1. ދިވެހި ރާއްޖެއަށް އުފަންވާ ކޮންމެ ކުއްޖަކީވެސް ތުއްތު އިރުއްސުރެ އާއިލީ ލޯބި ލިބޭނެ ކުދިންކަން ކަށަވަރު ކުރުމުގެ ގޮތުން ދައުލަތުން ބަލަހައްޓާ ކުޑަކުދިން ބަލަން ބޭނުންވާ އާއިލާތަކާ ފަސޭހައިން ހަވާލުވެވޭނެ ގޮތްތައް ހަމަޖައްސާދެވޭނެ
  2. ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ބޭނުންވާ ތަފާތު ތެރަޕިއުޓިކް ޚިދުމަތްތަކަކީ އާސަންދައިގެ ތެރެއިން ހިލޭ ފޯރުކޮށްދޭ ޚިދުމަތްތަކަކަށް ހެދޭނެ
  3. ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާގެ ބާޒާރުގައި ހުޅުވާލެވިފައިވާ ވަޒީފާތަކަށް އަމިއްލަ އިޚްތިޔާރުގައި ކުރިމަތިލާ އެމަސައްކަތުން ތިމާގެ ދިރިއުޅުން .ބައްޓަންކުރުމުގެ ފުރުޞަތު ހޯދައިދެވޭނެއެވެ
  4. އަންހެނުންނަށް ބޭނުންވާ ޕެޑު އަދި ޓެމްޕެކްސް ފަދަ ޒަރޫރީ ބާވަތްތަކުން ނަގާ ޖީއެސްޓީ އުވާލެވޭނެ
  5. ކުޑަކުދިންގެ ހައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނު މަޖިލިހަށް ހުށައެޅޭނެ
  6. ކޮންމެ ރަށެއްގައި ތިބި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި ޑްރަގްގެ ވަބާއިން ސަލާމަތްވާން ބޭނުންވާ ފަރާތްތަކާއި، އިޖްތިމާއީ އެހީއަށް ބޭނުންވާ ފަރާތްތަކުގެ މައުލޫމާތު އެއްކޮށް އަދި ޤަވާއިދުން ހާލުބަލާ އެހީތެރިވެދޭނެ ނެޓްވާކް އެއްގެ ގޮތުގައި ސީބީއާރ ނެޓްވާކް އެއް އުފައްދާ ރަށުފެންވަރުގައި މީހުން ތަމްރީނު ކުރެވޭނެ
  7. އިންޑިޔާ، ލަންކާ އަދި މެލޭޝިޔާ ގައި ދިރިއުޅޭ ދިވެހިންނަށް އާސަންދައިގެ ޚިދުމަތް ހޯދައިދެވުމުގެ މަސައްކަތް ފެށޭނެ
  8. ވިޔަވަތި އަދި ކުޑަކުދިންގެ ހިޔާ، އަމާން ހިޔާގެ ހާލަތު ދެނެގަނެ ހައްލުކުރަން ހުރި ކަންތައް ރަނގަޅުކުރެވޭނެ
  9. ދުވަސް ވުމުގެ ސަބަބުން އާއިލާއިން ނުބަލައި ގުރާދޫ މަރުކަޒުގައި ތިބި ފަރާތްތަކަށް އެކަށީގެންވާ ތަނެއް ހަމަޖެއްސުމުގެ މަސައްކަތް ފެށޭނެ
ޖެންޑާ މިނިސްޓަރު ޝިދާތާ (ކ) އައިޖީއއެމްއެޗްގައި އާސަންދައާއި އެންސްޕާގެ ކައުންޓަރު ހުޅުވައިދެއްވަނީ

އިޖުތިމާއީ ރައްކާތެރިކަމު ވައުދުތަކުގެ ތެރެއިން ނުފުއްދޭ 2 ވައުދު

  • ރާއްޖޭގެ ކޮންމެ ރަށެއްގެ ކޮންމެ އާއިލާއަކުން އުފަންވާ ކޮންމެ ކުއްޖަކަށް ދައުލަތުގެ ފަރާތުން ހާއްސަ ހަދިޔާއެއްގެ ގޮތުގައި ތަންމަތި ފޮއްޓަކާއެކު، އުފަންވާ ތުއްތުކުއްޖާއަށް ބޭނުންވާ އެންމެ އަސާސީ ތަކެއްޗާއި، ގާތުން ދިނުމާ ބެހޭ މުހިންމު ސިއްހީ މައުލޫމާތުތަކުގެ ލުއިފޮތެއް ހިމެނޭ “ބޭބީ ބޮކްސް” ފޯރުކޮށްދެވެން ފެށޭނެ
  • ގުރައިދޫ މަރުކަޒުގެ ހާލަތު ދެނެގަނެ ހައްލުކުރަން ހުރި ކަންތައްތައް ރަނގަޅުކުރެވޭނެ

ދަތުރުފަތުރު 15 ވައުދުވެފައިވާ އިރު ފުއްދުނީ 11 ވައުދު، 4 ވައުދު ނުފުއްދޭ

އެމްޕީއެލް ބަސް/ ފޮޓޯ: އެމްޕީއެލް
  1. ޓެކްސީ ބޯޑު ގެ ފީ ކަނޑާލެވޭނެ
  2. އެތެރޭގެ އުދުހުންތަކުގެ އަގު މިހާރަށްވުރެ ކުޑަކުރެވޭނެ
  3. މާލެ އާއި ހުޅުމާލެ އާއި ދެމެދު ދުއްވާ ބަސް މާލެ އާއި ހުޅުމާލޭގެ އެކި ހިސާބުތަކަށް މަޑުކުރުމަށް ބަސް ސްޓޮޕްތައް ހެދޭނެ
  4. މާލެ ވަށައިގެން ދުއްވޭ ގޮތަށް ރިންގްރޯޑް ހެދޭނެ
  5. މާލޭގެ މަގުތަކުގެ މުޅި ޓްރެފިކް ފްލޯ އެނަލައިޒްކޮށް ގެންނަން ޖެހޭ ބަދަލު ގެނެސް ހުޅުވަން ޖެހޭ މަގުތައް ހުޅުވާލެވޭނެ
  6. މާލެ ފަޅުތެރޭން ދައުލަތުގެ ބޭނުމަށް ނެގިފައިހުރި ބައެއް ސަރަހައްދު އާންމުންނަށް ލުއިފަސޭހަވާނެ ގޮތަށް ހުޅުވާލެވޭނެ
  7. މާލޭގެ މަގުތަކުގައި ބޭނުން ނުކޮށް ހުންނަ ވެހިކަލްތައް ޤަވައިދުން ނަގަން ފެށޭނެ
  8. އެއަރޕޯޓްގައި މަސައްކަތްކުރާ މުއައްޒަފުންނަށް ހިލޭ ސައިކަލު ޕާކްކުރާނެ ސަރަހައްދެއް ކަނޑައެޅޭނެ
  9. ހުޅުލެ ފެރީތަކަށް މާލެ-ހުޅުމާލެ ފެރީ ޓާރމިނަލް ބޭނުން ކުރަން ފެށޭނެ
  10. މާލޭގައި ސައިކަލާއި، ކާރަށާއި، ޕިކްއަޕް އަދި ލޮރީތަކަށް ޕާކިން އޭރިއާ ޒޯންކުރެވޭނެ
  11. އެއްގަމު ދަތުރުފަތުރާއި ބެހޭ ގާނޫނާއި ޤަވާޢިދު ހަރުދަނާ ކުރެވޭނެ
މާލެ މަގުމަތީގައި ދުއްވާފައިދާ ޓެކްސީއެއް / ފޮޓޯ: ހަސަން އަތޫފް | ދަ ޕްރެސް

ދަތުރުފަތުރުގެ ދަށުން ފުއްދައި ނުދެވޭ 4 ވައުދު

  • މުޅި ރާއްޖޭގެ ޓްރާންސްޕޯޓް މާސްޓަރޕްލޭން ހެދޭނެ
  • މާލޭގައި ޕަބްލިކް ޓްރާންސްޕޯޓް ފެށުމަށް މިނީބަސް ތައާރަފްކުރެވޭނެ
  • އެއްރަށުން އަނެއް ރަށަށް ދާން ބޭނުންވާ ފަސިންޖަރުންނަށް މުޅި ރާއްޖޭގެ ދަތުރުފަތުރުގެ ވިޔުގަ އެކުލެވިފާވާ ގޮތް އެޕެއް މެދުވެރިކޮށް ތާވަލެއްގައި ފެންނާން ބެހެއްޓޭނެ
  • މާލޭގެ އެކި މަގުތަކުގައި ލޯޑިން އަންލޯޑިން އޭރިއާ ކަނޑައެޅޭނެ

އިޖްތިމާއީ ހަމަޖެހުމުގެ ބައިން ވެފައިވާ 27 ވައުދުގެ ތެރެއިން 18 ވައުދު ވަނީ ފުއްދާފައި، 9 ވައުދު ނުފުއްދޭ

އައްޑޫ ސިޓީ ހުޅުދޫގެ ފްލެޓް ސަރަހައްދު މަތިން ފެންނާނެ ހެން ނަގާފައިވާ ފޮޓޯއެއް / ފައިލް ފޮޓޯ: ސޯޝަލް މީޑިއާ
  1. ފްލެޓަށް އެދެން ކިއުގައި ޖެހެން ނުޖެހޭނެ
  2. ބޯފެނަށް ކުރަންޖެހޭ ޚަރަދާ އުފުލަންޖެހޭ ތަކުލީފް ކުޑަކޮށް ޕްލާސްޓިކް ފުޅި ބޭނުންކުރުން މަދުކުރުމުގެ ގޮތުން ފެންކުންފުނިތަކުން ފޯރުކޮށްދޭ ފެނަކީ ބޯން އެންމެ އެކަށީގެންވާ ފެނަށް ހެދޭނެ
  3. ކަރަންޓުގެ އަގު ހެޔޮކުރެވޭނެ
  4. މަގުމަތީގެ ރައްކާތެރިކަމަށް ރައްޔިތުން އަހުލުވެރިކުރުމުގެ ގޮތުން މައުލޫމާތު ފޯރުކޮށްދޭ ކެމްޕޭން ފެށީ 5000 ހެލްމެޓް ހިލޭ ބެހޭނެ
  5. އެންވަޔަރޮމެންޓް އެންޑް ރޯޑް ސޭފްޓީ ޕޮލިސްގެ ޚިދުމަތް ފެށޭނެ
  6. ފުލުހުންނާ އާމުންގެ ހިޔާލު ލިބިގެން އެކުލަވާލެވޭ ޕޮލިސް ރިފޯމު ޕްރޮގްރާމެއް އެކުލަވާލެވޭނެ
  7. ފުލުހުން މާލެތެރެ ބެލެހެއްޓުމުގެ މަސައްކަތް ހަރުދަނާކުރެވި ގަވައިދުން ޕެޓްރޯލް ކުރަން ފެށޭނެ
  8. 6 މަސްދުވަހުގެ މެޓަރނިޓީ ލީވް މުސާރައާއެކު ސަރުކާރުގެ ވަޒިފާ އަދާކުރާ މަންމައަށްލިބޭނެ. އަދި ބައްޕައަށް 1 މަސްދުވަހުގެ ޕެޓަރނިޓީ ލީވް މުސާރައާއެކު ލިބޭނެ
  9. ވަޒީފާ ހުރި ދާއިރާތަކުން މީހުން ބިނާކުރުމަށް ބޭނުންވާ މައުލޫމާތު އެއްކޮށް، ފުރިހަމަ ޓްރެއިނިން ނީޑް އެނަލިސިސްއެއް ގައުމީ ފެންވަރުގައި ހެދޭނެ
  10. ވަކި އަދަދެއްގެ ރައްޔިތުންގެ ޕެޓިޝަނަކުން ރައްޔިތުންގެ ކަންބޮޑުވާ ކަންކަމަށް ރައްޔިތުންގެ މަޖިލީހުގައި ވޯޓަށް އެހޭނެ ފުރުޞަތު ފަހިކޮށްދެވުމުގެ މަސައްކަތް ކުރެވޭނެ
  11. މާލެ ސިޓީގެ ރައްޔިތުން ހަފްތާ ބަންދުގައި އާއިލާ އާއި އެކު ދަތުރު ދިޔުމަށް މާލެއާ ގާތުން ރަށެއް ހާއްސަކުރެވޭނެ
  12. ޕިކްނިކް ދާނެ ސަރަހައްދެއް ނެތް ރަށްރަށުގެ ރައްޔިތުން ޕިކްނިކް ދިޔުމަށް ސަރަހައްދެއް ނުވަތަ ރަށެއް ކަނޑައެޅޭނެ
  13. ހަފްތާ ނިންމުމުގެ ގޮތުން ވީކެންޑް މާރކެޓް އާއި މުނިފޫހި ފިލުވުމުގެ ޕްރޮގަރާމް ފެށޭނެ
  14. ވަކި އަދަދެއްގެ ރައްޔިތުން އެދުމުން ކައުންސިލްތަކުގެ ޓައުންހޯލް ބައްދަލުވުންތައް ބޭއްވޭނެ
  15. ފުވައްމުލަކު ސިޓީ ސްކޫލް މަގު ފުޅާކުރުމުގެ މަސައްކަތް ފެށޭނެ
  16. ފުވައްމުލަކު ސިޓީ މަގުތައް ރަނގަޅު ފެންވަރަކަށް ހަދަންފެށޭނެ
  17. މާލޭގައި ކަޑައެޅޭ މަގުތަކެއް ހުކުރު ދުވަހު ހެދުނު ބަންދުކޮށް އާއިލާ އާއި ކުޑަ ކުދިނަށް ޖަޒީރާ މާހައުލެއް ހޯދައިދެވޭނެ
  18. މާލޭން ބޭރުން 3 ސަރަހައްދެއްގައި ޑްރަގް ރީހެބިލިޓޭޝަން ސެންޓަރ ޤާއިމު ކުރެވޭނެ
ސިނަމާލެ ބްރިޖް

އިޖްތިމާއީ ހަމަޖެހުމުގެ ބައިން ފުއްދާ ނުދެވޭ 9 ވައުދު

  • ހުޅުމާލޭގައި ޕަބްލިކް ޓޮއިލެޓް ގާއިމްކުރެވޭނެ
  • މުނިސިޕަލް އިންސްޕެކްޓަރސް އުފެއްދޭނެ
  • ފުރުޞަތު ފަހިކޮށްދެވޭނެ އައްޑޫ ސިޓީ ސްކުއެއަރ އަލުން ހަދާ ކުލަގަދަ ރަސްމިއްޔާތަކާއެކު ކޯއްޓޭއަށް ޤައުމީ ދިދަ ނެގޭނެ
  • ހުޅުމާލޭގައި ރޭގަނޑު މޫދަށް އެރެވޭނެ ގޮތް ހަދާ، އެ ސަރަހައްދުގައި ސާފު ފެން ލިބޭނެ ގޮތް ހެދޭނެ
  • މާލެ ރާޅުގަޑު، އާޓިފިޝަލް ބީޗް، ރަސްފަންނު، އުސްފަސްގަޑު، ސިޓީ ޕާކް، ލޮނުޒިޔާރަތް ސަރަހައްދު ހިތްފަސޭހަ ތަނަކަށް ހެދުން
  • ބްރިޖްގައި ސީސީޓީވީ އަދި ސްޕީޑް ކެމެރާތައް ހުރުކުރެވޭނެ
  • މާލެ، ހުޅުމާލެ، ވިލިގިލި މަގުތައް ރައްކާތެރިކުރުމުގެ ގޮތުން ލެޑް ސޯލާ ލައިޓްއިން ދިއްލާ އަލިކުރެވޭނެ
  • ނިޒާމެއް ޤާއިމްކުރެވޭނެ ރާއްޖޭގެ އެކި ރަށްރަށުގައި ހަދާ ނިމިފައި ނަމަވެސް ހަވާލުނުކޮށް ހުރި ފްލެޓްތައް ހައްޤުވާ ފަރާތްތަކާއި ހަވާލުކުރެވޭނެ
  • ރާއްޖޭގައި ބޯހިޔާވަހިކަން ބޭނުންވާ ފަރާތްތަކުގެ އަދަދެއް ކައުންސިލްތައް މެދުވެރިކޮށް އޮޅުންފިލުވާ މުޅި ރާއްޖޭގެ ހައުސިން ނީޑް އެސެސްމަންޓެއް ހަދައި އެންމެނަށް ބޯހިޔާވަހިކަން ފޯރުވައިދިނުމުގެ މަޝްރޫއު ފެށޭނެ

ހެޔޮ ވެރިކަމުގެ ބައިން ޖުމްލަ 11 ވައުދު ވެފައިވާއިރު ފުއްދުނީ 7 ވައުދު، ނުފުއްދޭ 4 ވައުދު:

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ގއ. ވިލިނގިއްޔަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ވިލިނގިލި ކައުންސިލްގެ ބައެއް މެންބަރުންނާއި ސަލާމް ކުރައްވަނީ / ފައިލް ފޮޓޯ
  1. ދަރަނިވެރިވެ، ގައުމުގެ ސިޔާދަތައް ގެއްލުންވާނެ އުސޫލުން ނެގިފައިވާ ލޯނުތަކާއި، ކޮންޓްރެކްޓްތައް އަލުން ރީނެގޯޝިއޭޓް ކުރަން ފެށޭނެ
  2. ރަށުގައި ފަތުރުވެރިކަމާ ގުޅޭ ކަންކަން ބެލެހެއްޓުމާ، ރަށުން ލިބެންހުންނަ ހުރިހާ ހިދުމަތެއް އެކުލެވޭ ރަށު ވެބްސައިޓް ބަލެހެއްޓުމާ، ރަށް މާކެޓްކުރާ ފަރާތަކީ ރަށު ކައުންސިލްގެ އިދާރާ (ރަށު ފްރަންޓް އޮފީސް) ކަމުގައި ކަނޑައެޅޭނެ
  3. 5 އަހަރު ކައުންސިލްތަކަށް ލިބިފައިވާ ބާރުތަކާއި މަސައްކަތްތަކުގެ ތެރެއިން ވޭތުވެދިޔަ ރައީސުލް ޖުމްޙުރިއްޔާ ހިފަހައްޓާފައިވާ ހުރިހާ ބާރަކާއި މަސައްކަތްތައް އަނބުރާ ކައުންސިލްތަކަށް ދޫކޮށްލެވޭނެ
  4. ލާމަރުކަޒީ ޤާނޫނަށް ގެންނަން ޖެހޭ ބަދަލު ގެނެސް ރައްޔިތުންގެ މަޖިލިހަށް ހުށައެޅޭނެ
  5. ޖަލުތަކުގެ އޯޑިޓް ހެދޭނެ
  6. ސިއްހީ ޚިދުމަތް ހޯދުމުގައި އައިޑީ ކާޑްއަކީ މުއްދަތު ހަމަނުވާ އެއްޗަކަށް ހެދޭނެ
  7. ދިވެހިރާއްޖެއިން އަލުން އަބުރާ ‘ކޮމަންވެލް އޮފް ނޭޝަންސް’ ގައި ބައިވެރިވުމަށް ހުށައެޅޭނެ

ހެޔޮ ވެރިކަމުގެ ބައިން ނުފުއްދޭ 4 ވައުދު

  • އިންޓަނޭޝަނަލް ޑޯނާރސް ކޮންފަރެންސް އެއް ބޭއްވޭނެ
  • މުޅި ސަރުކާރު އޮފީސްތަކާއި ދައުލަތުގެ ކުންފުނިތަކުގައި ކޮރަޕްޝަނަށް ހުޅުވިފައިހުރި ދޮރުތައް ދެނެގަނެވި، މިހާރު ކަންހިގާ ގޮތުގެ އޯޑިޓެއް ހެދި، އެތަންތަން އެފިޝަންޓް ކުރެވޭނެ
  • ބަލިބައްޔާއި ސިއްހީ މައްސަލަތަކާއި، އިޖްތިމާއީ މައްސަލަތަކާއި، އިގްތިސާދީ ކަންކަމާއި، ތިމާވެއްޓާއި، ޓެކްނޮލޮޖީ ބޭނުންކޮށްގެން އުފެއްދުންތެރިކަން ކުރިއެރުވުމަށް ގައުމީ ތިންކް ޓޭންކްއެއް އުފެއްދޭނެ
  • ޒުވާނުންނާ ގުޅުންހުރި ސިޔާސަތުތަކާއި މަޝްރޫއުތައް ވިލަރެސްކުރުމުގައި ސަރުކާރަށް ލަފާދިނުމައްޓަކައި ތަފާތު އެކި ދާއިރާތައް ހިމެނޭގޮތަށް އެކުލެވިފައިވާ މިނިވަންކަމާއިއެކު މަސައްކަތްކުރެވޭނެ ޒުވާނުންގެ ކައުންސިލެއް އުފެއްދޭނެ

ދީނާއި ތަގާފަތުގެ ބައިން ޖުމްލަ 6 ވައުދު ވެފައިވާ އިރު، ފުއްދާފައި ވަނީ 4 ވައުދު، ނުފުއްދޭ 2 ވައުދު:

ކިންގް ސަލްމާން މިސްކިތް ބިނާ ކުރުމުގެ މަސައްކަތް ހިނގަނީ
  1. އިންތިޒާމް ހަމަޖެއްސޭނެ ފަރްޟު ހައްޖުވުމަށް ޕެންޝަން ފައިސާ ބޭނުންކުރެވޭނެގޮތް ހަމަޖެއްސޭނެ
  2. އިޔާދަކުރެނިވި ހަކަތަ ބޭނުންކޮއްގެން މިސްކިއްތައް އޭސީ ކުރުމުގެ މަޝްރޫއު ފެށޭނެ
  3. މިސްކިއްތަކުގައި ގުރުއާން ކިޔަވާދޭން ފެށޭނެ
  4. ކޮންމެ ރަށެއްގައިވެސް ހުރި ތަރިކައާއި، ދުވަސްވީ ބިނާތަކާއި، އާސާރު އެކުލެވޭ ތަންތަނާއި، ތާރީޚާ ގުޅިފައިވާ ތަކެއްޗަކީ އެރަށެއްގެ އެންމެ މުހިންމު އައިޑެންޓިޓީކަމުން، މިފަދަ ތަންތަނާއި ތަކެތި ހިމާޔަތްކުރުން އެންމެހާ ފަރާތްތަކަށް ލާޒިމްވާގޮތަށް ގާނޫނީ ޒިންމާ ކަނޑައެޅި، ތަރިކައިގެ ލިސްޓެއް އެކުލަވާލެވި، ހަރުދަނާ އުސޫލަކުން އާސާރުބެލެހެއްޓޭން ފެށޭނެ
ރޯދައަށް މާލޭ ހުކުރު މިސްކިތް އާބާތުރަފިލުވައި ޒީނަތްތެރިކުރުމުގެ މަސައްކަތުގެ ތެރެއިން / ފޮޓޯ: ހެރިޓޭޖް މިނިސްޓްރީ

ދީނާއި ތަގާފަތުގެ ބައިން ނުފުއްދޭ 2 ވައުދު:

  • ކަޅުވަކަރު މިސްކިތް ހޯދާ، އަލުން އެ މިސްކިތް ރޭވޭނެ
  • ކަނޑައެޅޭ ވަކި މިސްކިތްތަކުގައި އަންހެނުންނަށް ފަސޭހަކަމާއެކު ނަމާދުކުރެވޭނެ

ތިމާވެށި ބައިގެ ދަށުން 12 ވައުދުވެފައިވާ އިރު 10 ވައުދު ފުއްދި، 2 ވައުދު ނުފުއްދޭ:

ބ.މާޅޮސް މަތިން ނަގާފައިވާ ފޮޓޯއެއް
  1. ހުރިހާ އިންތިޚާބީ އަދި އައްޔަންކުރެވޭ މަގާމުތަކަށް ވަޑައިގަންނަވާ ފަރާތްތަކަށް ތިމާވެށި ރައްކާތެރިކުރުމާ ގުޅޭ ޕްރޮގްރާމްތައް ފެށި ދާއިމީގޮތެއްގައި ހިންގޭނެ
  2. ކޮންމެ އަތޮޅެއްގައި ބައިނަލް އަގްވާމީ މިންގަނޑުތަކަށް ފެތޭ ގޮތަށް ހިމާޔަތްކުރުމުގެ ޕްރޮގްރާމެއްގެ ދަށުން މަދުވެގެން 1 ރަށާ، 1 ފަރާ، 1 ކަނޑޫފާ ހިމެނޭ ގޮތަށް ރައްކާތެރިކުރެވޭނެ
  3. މުޅި ރާއްޖޭގައި ގަސް އިންދުމުގެ ޕްރޮގްރާމްތައް ހިންގަން ފެށޭނެ
  4. އީޕީއޭ ބާރުވެރިކުރުވާ، ރައްޔިތުންނާ ކަމާ ބެހޭ މާހިރުންގެ ބައިވެރިވުމާއެކީ ތިމާވެށި ރައްކާތެރިކުރުމުގެ މަސައްކަތްކުރެވޭނެ
  5. ތިމާވެއްޓާ ބެހޭގޮތުން ކުރެވޭ ދިރާސާތައް އޮންލައިންކޮށް ޕަބްލިޝްކުރެވި ރައްޔިތުންނަށް ފެންނަން ބެހެއްޓޭނެ
  6. ގްރީން ޓެކްސް ނެގޭނެ ގޮތާ އެފައިސާ ހަރަދު ކުރެވޭނެ ގޮތް ތަފްސީލުކޮށް ދެފުށްފެންނަ ގޮތަކަށް ހާމަކުރެވޭނެ
  7. ތިމާވެށި ރައްކާތެރިކުރުމުގެ ގޮތުން ހިމާޔަތްކުރަންޖެހޭ ސަރަހައްދުތައް ގާނޫނުގެ ތެރެއިން ހިމާޔަތްކުރެވޭނެ
  8. ޕްލާސްޓީކް ފުޅިއާއި ޕްލާސްޓިކް ކޮތަޅު މަދުކުރުމުގެ ޤައުމީ ކެމްޕެއިން ފަށޭނެ
  9. މުޅި ރާއްޖެ ސާފުކުރުމުގެ ޕްރޮގްރާމް ފެށޭނެ
  10. COP24 ގައި އަލުން ރާއްޖެ ވަކާލާތުކުރަން ފެށާ، މުޅި ދުނިޔޭގެ ސަމާލުކަމަށް ރާއްޖެ ގެނެވޭނެ
ފުވައްމުލަކު ރަށުގެ ގޮނޑުދޮށުގެ ރަށް ގިރަމުންދާ ސަރަހައްދު

ތިމާވެށި ބައިގެ ދަށުން ނުފުއްދޭ 2 ވައުދު

  • ފުވައްމުލަކު ސިޓީ ގިރާ ސަރަހައްދު ހިމާޔަތްކުރުމުގެ މަސައްކަތް ފެށޭނެ
  • ރަށްރަށުގެ މަގުތައް ސާފުކޮށް މަރާމާތުކޮށް ބެލެހެއްޓޭނެ ފުރިހަމަ ނިޒާމެއް ކަނޑައެޅޭނެ