އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ މަތިގެ – ރާޖް ސަބްހާގެ މެމްބަރުންގެ ރަސްމީ ބޭނުންތަކަށް ހާއްސަކޮށްގެން ބޭނުން ކުރާނެ ތިމާވެއްޓާ ރަހުމަތްތެރި އުޅަނދުތަކެއް ހަމަޖައްސައިފިއެވެ.

މި އުޅަނދުތައް ބޭނުން ކުރުމަށް މަޖިލީހުގެ އަމީން އާންމު ދީޝް ދީޕަކް ވަރުމާ ހުއްދަދެއްވީ 2 ކުންފުންޏަކަށްކަމަށްވާއިރު، ނައިބު ރައީސް ވެންކައްޔަ ނައިދޫވެސް ވަނީ މި އުޅަނދުތައް ބަލާ ފާސްކުރައްވާފައެވެ.

ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުންނަށް ހާއްސަކޮށްގެން ތައާރަފުކުރި ތިމާވެއްޓާ ރަހުމަތްތެރި އުޅަނދުތަކާ ބެހޭ ގޮތުން ވާހަކަދައްކަވަމުން ވަރުމާ ވިދާޅުވީ، ވެރިރަށް ނިއު ދިއްލާއަށް ކުރިމަތިވެފައިވާ ވައި ނުސާފުވުމާ، ތަޣައްޔަރު ކަމާ ދުނިޔެއަށް ކުރިމަތިލާންޖެހިފައިވާ މޫސުމީ ނޭދެވޭ ބަދަލުތަކަށް ރިއާޔަތްކޮށް، މިފަދަ އިސްލާހީ ބަދަލުތަކެއް ގަނައުން ކޮންމެހެންވެސް ބޭނުންވެފައިވާ ކަމަށެވެ.

މަޖިލިސް މެމްބަރުންގެ ރަސްމީ ބޭނުންތަކަށް ހާއްސަކޮށްގެން ތައާރަފުކުރި ތިމާވެއްޓާ ރަހުމަތްތެރި އުޅަނދުތަކުގެ ފްލީޓް އޮޕަރޭޓް ކުރަމުންދާނީ އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ އިދާރާގެ އެކި ހިސާބުތަކުގައި ކަމަށް މައުލޫމާތު ލިބެއެވެ.